ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ނާޒިމްގެ ބަންދަށް އިތުރު ހަތް ދުވަސް!

އެއްޖިންސުން ގުޅުން ހިންގި އަލްމަގިރި އާއި ނާޒިމް ސައްތާރު/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އަލަމްގިރި އާއި އެކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއްގައި ހިމެނޭ ކުރީގެ މުހައްމަދު ނަޝީދުގެ ކޮއްކޮ، ނާޒިމް ސައްތާރުގެ ބަންދަށް އިތުރު ހަތް ދުވަސް ޖަހައިފި އެވެ.

އަލަމްގިރި ނަމަކަށް ކިޔާ ބިދޭސީއަކާއި އެކު އެއް ޖިންސުން ގުޅުން ހިންގައި، ހަޑިމުޑުދާރު އަމަލު ހިންގާ ނާޒިމްގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވީއިރު އޭނާއަކީ ގާނޫނީ ވަކީލެކެވެ. އައިއީޑީއެއް ގޮއްވާލައި ރައީސް ނަޝީދު އަވަހާރަކޮށްލުމަށް މަސައްކަތް ކުރި މައްސަލައިގައި އެމަނިކުފާނުގެ ވަކީލެއްގެ ގޮތުގައި ވެސް މަސައްކަތް ކުރާ ނާޒިމް ބުނާ ގޮތުގައި ލީކުކޮށްލާފައިވާ ވީޑިއޯއަކީ އެޑިޓެކެވެ. އަދި ބުނީ މިއީ އޭނާ ހަރުކަށި ފިކުރާއި ދެކޮށް މަސައްކަތް ކުރާތީ ބަޔަކު އެޅުވި ތުހުމަތެއް ކަމަށެވެ.

އެއްޖިންސުން ގުޅުން ހިންގައި އެ މީހުންގެ ވީޑިއޯ ނެގުމަށް ފަހު ބްލެކްމެއިލް ކުރަމުން ދިޔަ މައްސަލައިގައި އަލަމްގިރި މިވަގުތު ހުރީ ފުލުހުންގެ ބަންދުގަ އެވެ. އަދި އެ މައްސަލައިގައި އޭނާ ދިރިއުޅެމުން ދިޔަ އެޕާޓްމަންްޓާއި، އަދި ގުޅުން ހިންގިކަމަށް ބެލެވޭ ތަން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ބަލާ ފަސްކޮށްފަ އެވެ.

ނާޒިމް ހައްޔަރު ކުރީ ވީޑިއޯ އާއްމުވިތާ މަހެއް ފަހުންނެވެ.

ލިވާތު ކުރުން ފަދަ ހަޑިމުޑުދާރު އަމަލު ހިންގާ މީހުންނަށް އެންމެ ހަރުކަށި އަދަބު ދޭން އާއްމުން ދަނީ ގޮވާލަމުންނެވެ. އެއްޖިންސުން ގުޅުން ހިންގި ބައެއް މީހުންނަށް ބްލެކްމެއިލް ކުރަމުންދާ މައްސަލައެއް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އެނގިފައިވާ ގޮތުގައި އޭގެ ތެރޭގައި ސިޔާސީ އެކި މީހުންނާއި، ފުލުހުންނާއި އަދި މަޝްހޫރު ބައެއް މީހުން ހިމެނެ އެވެ.

މީގެ ކުރިން މައުލޫމާތު ލިބުނީ އަލަމްގިރި 50 މީހަކާއި އެކު ގުޅުން ހިންގުމަށް ފަހު އެ މީހުންނަށް ބްލެކްމެއިލް ކުރަމުން ދިޔަކަމަށެވެ. ބްލެކްމެއިލްކޮށް، ބިރު ދެއްކުމުގައި އެހެން ބައެއްގެ ނުވަތަ ދިވެހިންތަކެއްގެ ބައިވެރިވުން އޮތްކަމަށް ބެލެވެ އެވެ. އެކަމަކު ފުލުހުންގެ ތަހުގީގަށް މިހާތަނަށް ހޯދި ހޯދުންތަކަށް އެނގޭ ގޮތުގައި އަލަމްގިރިއާއި އެކު އެއްޖިންސުން ގުޅުން ހިންގައި ފާހިޝް އަމަލުތައް ހިންގި މީހުންގެ އަދަދު 250 އަށް އަރަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: