ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝިއާ މަރާލި ވަގުތު ޝާހިލް ހުރީ މަސްތުގެ ހާލަތުގައި: ފުލުހުން

ފ. ނިލަންދޫ، ފިނިފެންމާގެ، އަލީ ޝާހިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު ޝިއާގެ ގާތިލު އަލީ ޝާހިލް ހުރީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން ހާމަކޮށްފި އެވެ.

ހާދިސާގެ މައުލޫމާތުތައް ހިއްސާ ކުރުމަށް ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފުލުހުން ބުނީ ޝިއާ މަރާލި ވަގުތު ޝާހިލް ހުރީ މަސްތުގެ ހާލަތުގައިކަމަށެވެ.

ނޫސްވެރިއެއްގެ ސުވާލަށް، މޭޖާރ ކްރައިމް އިންވެސްޓިގޭޝަންސްގެ ވެރިޔާ، ޗީފް ސުޕްރިންޓެންޑެންޓް ހަސަން ޝިފާއު ވިދާޅުވީ މައްސަލައިގައި ތުހުމަތު ކުރެވެނީ ޝާހިލްގެ މައްޗަށް އެކަނިކަމަށެވެ. އަދި މިހާތަނަށް ބެލި ބެލުމުން ޝާހިލްގެ އެއްވެސް ކުށުގެ ރެކޯޑެއް ނެތްކަމަށް މައުލޫމާތު ދިނެވެ.

މިއީ މައްސަލައިގެ ވަރަށް ކުރީކޮޅުކަން ފާހަގަކޮށް ޝިފާއު ވިދާޅުވީ، ޝިއާއު މަރާލުމަށް ބޭނުން ކުރި ހަތިޔާރުތައް ކްރައިމް ސީން އިން ހޯދާފައިވާކަމަށެވެ. އަދި އިތުރު ހެކިތައް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވި އެވެ.

ޝާހިލްގެ ބަންދު ޖެހުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން، ޝަރީއަތް ނިމެން ދެން ބަންދުގައި ބެހެއްޓުމަސް ވަނީ އަމުރުކޮށްފަ އެވެ. އެނާ މިހާތަނަށް ކުށަށް އިއުތިރާފު ވެފައި ނުވާކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.

އަނިޔާވެރި ގޮތަކަށް ޝިއާއު މަރާލާފައި ވަނީ އޭނާގެ ބޮލާއި އަދި އަތްފައި ވަކިކޮށްގެންނެވެ. ހާދިސާ ހިނގަން މެދުވެރިވީ ސަބަބު އަދި ސާފު ނުވާއިރު ރޭ ގަތުލު ހިނގުމުގެ ކުރިން އެ ސަރަހައްދުގައި އުޅޭ މީހުންނަށް ވަނީ އެ ދެ މީހުންގެ ޒުވާބުގެ އަޑު އިވިފަ އެވެ.

މައްސަލައިގައި ޝާހިލް ހައްޔަރު ކުރީ ކުށުގެ ވެށީންނެވެ. އޭނާ ހައްޔަރު ކުރިކަން ހިއްސާ ކުރުން ފިޔަވައި އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ނުދެ އެވެ. ނަމަވެސް ފުލުހުން އެކަން ކަށަވަރުކޮށް ނުދެ އެވެ. މީޑިއާތަކުގެ ސުވާލުތަކަށް ވިދާޅުވީ، މައްސަލައިގެ ވަރަށް ކުރީކޮޅުކަމުން އިތުރު މައުލޫމާތެއް ދެވެން ނެތް ކަމަށެވެ.

ހަށިގަނޑު ދުށް ބައެއް މީހުން ބުނާ ގޮތުގައި ޝާހިލް ވަނީ ޝިއާއުގެ ހަށިގަނޑު ނައްތާލުމަށް މަސައްކަތްކޮށްފަ އެވެ.

އޭނާ ހައްޔަރުކޮށްގެން ފުލުހުންގެ ވެހިކަލަށް އެރުވިއިރު ހުރީ ހަޒްމެޓް ސޫޓް ލައިގެންނެވެ. އެއީ އޭނާ ހުރީ ލެއިން ތަތްތެޅިގެން ކަމަށް ވުމާއި އެކު، ހެކި ނެގުމަށެވެ.

ވަރަށް ގަދަ
4%ވަރަށް ގަދަ 4%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 7%ވަރަށް ދެރަ 85%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: