ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލަމްގިރި އާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ވަޒީރެއްގެ މައްޗަށް ތުހުމަތެއް ނުކުރެވޭ: ފުލުހުން

އެއްޖިންސުން ގުޅުން ހިންގާ ވީޑީއޯތަކުގައި ފެންނަ ކޮޓަރި
ޝެއާރކޮށްލާ ކަހަލަދޯ؟

އަލަމްގިރި އާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައާ ގުޅިގެން ހިންގަމުންދާ ފުލުހުންގެ ތަހުގީގުގައި ވަޒީރެއްގެ މައްސަލަ ނުހިމެނޭ ކަމުގައި ފުލުހުން ބުނެފިއެވެ.

ފުލުހުން އެކަން ހާމަކޮށްފައިވަނީ މިދުވަސްވަރު ލީކުވެގެން އުޅޭ ވީޑިއޯ ތަކާއިގުޅިގެން މައްސަލަ ބަލާ މީހުންގެ ލިސްޓުގައި ވަޒީރެއް ހިމެނޭ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެންނެވެ.

އެގޮތުން އާއްމުވެފައިވާ ލިސްޓުގައި ވަޒީރެއްގެ ނަމާއި ފޯނު ނަމްބަރުވެސް ހިމެނެއެވެ. ފުލުހުން ބުނީ މިއީ ކާކުކަން ނޭނގޭ މީހަކު ފަތުރަމުންދާ ލިސްޓެއްކަމުގައެވެ. އެ ލިސްޓުގައި ވީޑިއޯތަކާއި ގުޅިގެން ތަހުގީގު ހިނގާ މިހާތަނަށް އާއްމު ވެފައިވާ ބައެއް ނަންތަކާއި ފުލުހުން ބަލާ މައްސަލަތަކުގައި ނުހިމެނޭ ނަންތައް ހިމެނޭ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވިއެވެ. އަދި މިހާތަނަށް ބަލަމުންދާ މައްސަލަތަކުގައި ވަޒީރެއްގެ ނަމެއް ނެތް ކަމުގައި ކޮމިޝަނަރު ވިދާޅުވިއެވެ.

އެއް ޖިންސުން ގުޅުން ހިންގި މައްސަލައާ ގުޅިގެން 18 މީހެއްގެ ޕާސްޕޯޓް ވަނީ ހިފެހެއްޓިފައެވެ. ނަމަވެސް މިކަމާއި ގުޅިގެން ފުލުހުން ބަލަމުންދަނީ ކިތައް މީހުންގެ މައްސަލައެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

އަލަމްގިރިއާ އެކު އެއްޖިންސުން ގުޅުން ހިންގި ވީޑިއޯ އާއްމުވާނެ ކަމކުގެ އިންޒާރުތަކަަށް ފަހު ފުރަތަމަ ލީކުކޮށްލާފައިވަނީ ނާޒމް ސައްތާރުގެ ވީޑިއޯ އެވެ. އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ފުލުހެއްގެ ވީޑިއޯ ވަނީ އާއްމުވެފައެވެ. މިތިން މީހުން މިހާރު ވަނީ ހައްޔަރު ކޮށްފައެވެ.

މީގެ އިތުރުން ނޫސްވެރިޔާ އަބްދުﷲ ނަސީރުގެ ވީޑިއޯއެއް ލީކުވުމާއި ގުޅިގެން ތަހުގީގަށް އޭނާ ވެސް ވަނީ ހައްޔަރުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އެކަމަކު ގިރިއަށް އެރި ލިސްޓުގައި ކޮންމެވެސް ޗަބީއެއްގެ ނަން އެބަ އޮތޯ ނުސީދާ މަސްދަޅުތަކުން ހަބަރު އެބަ ލިބެޔޯ 🤣

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: