ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނާޒިމް ސައްތާރުގެ ބަންދަށް 7 ދުވަސް!

ގާނޫނީ ވަކީލު ނާޒިމް ސައްތާރު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބަނގްލަދޭޝްގެ ރައްޔިތެއްކަމުގައިވާ 25 އަހަރުގެ އަލަމްގިރިއާއެކު އެއްޖިންސުން ގުޅުންހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރުގެ ބަންދަށް 7 ދުވަސް ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.

ނާޒިމްގެ ބަންދަށް ގޮތެއް ނިންމުމަށް ހާޒިރުކޮށްފައިވަނީ އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓަށެވެ.

އެއްޖިންސުން ގުޅުންހިންގުމުގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރުމަށް ކޯޓު އަމުރެއްގެ ދަށުން  ފުލުހުން އޮޕަރޭޝަނެއް ފެށުމާއި އެކު ނާޒިމް ވަނީ ފުރައިގެން ރިސޯޓަކަށް ގޮސްފަ އެވެ. ނަމަވެސް އޭގެ ކުޑައިރުކޮޅެއްގެ ފަހުން ނާޒިމްވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް  ހައްޔަރުކޮށްފައެވެ.

ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނުގެ ދަށުން ނާޒިމްގެ އިތުރުން ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު ކާނަލް މުޙައްމަދު ނަޝީދުގެ އިތުރުން ފުލުހެއް ވަނީ ހައްޔަރުކޮށްފަ އެވެ.

އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ނާޒިމްގެ ވީޑިއޯ އާއްމުވީއިރު އޭނާއަކީ ގާނޫނީ ވަކީލެކެވެ. އައިއީޑީއެއް ގޮއްވާލައި ރައީސް ނަޝީދު އަވަހާރަކޮށްލުމަށް މަސައްކަތް ކުރި މައްސަލައިގައި އެމަނިކުފާނުގެ ވަކީލެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާ، ނާޒިމަކީ ސޯޝަލް މީޑިއާގައި ސިޔާސީ އެކި ފަރާތްތަކަށާއި ގާނޫނީ ދާއިރާގެ އިސް މަގާމުތަކުގައި ތިއްބަވާ އަދި ކޯޓުތަކުގެ ފަނޑިޔާރުންނާއި ގާނޫނީ ވަކީލުންނާއި ޒާތީ ގޮތުން ދިމާ ކުރައްވައި ހަޑި ހުތުރު ބަސްތައް ބޭނުންކޮށް ޓްވީޓު ކުރައްވާ ބޭފުޅެއްކަން ފާހަގަ ކުރެވެ އެވެ.

ވީޑިއޯ އާއްމުވުމުން ނާޒިމް ވަނީ، މިއީ އޭނާގެ އަގު ވައްޓާލުމަށް ބަޔަކު ކުރަމުންދާ މަސައްކަތެއްގެ ގޮތުގައި ވިދާޅުވެފަ އެވެ. އަދި ވީޑިއޯއެއް އެޑިޓު ކުރުމަށް ފަހު އާއްމު ކުރީ، އޭނާ ހަރުކަށި ފިކުރުގެ މީހުންނާއި ދެކޮޅަށް ވާހަކަ ދައްކައި މޭއި ހައެއްގެ ހަމަލާގެ ހަގީގަތް ހާމަ ކުރާތީކަމަށް ވިދާޅުވި އެވެ. އަދި އޭނާ ހައްޔަރު ކުރުމަށް ގޮވާލި މީހުންނަށް ވެސް ރައްދު ދިނެވެ.

މީގެ ކުރިން މައުލޫމާތު ލިބުނީ އަލަމްގިރި 50 މީހަކާއި އެކު ގުޅުން ހިންގުމަށް ފަހު އެ މީހުންނަށް ބްލެކްމެއިލް ކުރަމުން ދިޔަކަމަށެވެ. ބްލެކްމެއިލްކޮށް، ބިރު ދެއްކުމުގައި އެހެން ބައެއްގެ ނުވަތަ ދިވެހިންތަކެއްގެ ބައިވެރިވުން އޮތްކަމަށް ބެލެވެ އެވެ. އެކަމަކު ފުލުހުންގެ ތަހުގީގަށް މިހާތަނަށް ހޯދި ހޯދުންތަކަށް އެނގޭ ގޮތުގައި އަލަމްގިރިއާއި އެކު އެއްޖިންސުން ގުޅުން ހިންގައި ފާހިޝް އަމަލުތައް ހިންގި މީހުންގެ އަދަދު 250 އަށް އަރަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: