ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޅުވެތިކަމުގެ ދަންތުރައިން ސަލާމަތްވުމަށް ޑރ މުއިއްޒަށް ވޯޓް ދެއްވާ: ކާނަލް ނާޒިމް

މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމް/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ މިހާރު ޖެހިފައި މިއޮތީ އަޅުވެތިކަމުގެ ދަންތުރައެއްގައި ކަަމަށާއި، އެ ދަންތުރައިން ސަލާމަތްވުމަށް މާދަމާ ލެވޭ ވޯޓްގައި ޑރ. މުހައްމަދު މުއިއްޒަށް ފާހަގަ ޖެއްސެވުމަށް، އެމްއެންޕީގެ ރައީސް ކާނަލް ނާޒިމް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފިއެވެ.

ނާޒިމް ރައްޔިތުންނާއި މުހާތަބުކޮށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، ރިޔާސީ އިންތިހާބުގައިލާ ވޯޓަކީ ކުރިއަށްއޮތް ފަސްއަހަރަށް ނިންމޭ ބޮޑު ނިންމުމެއް ކަމަށެވެ. އަދި އެއީ މުޅިގައުމުގެ މުސްތަގުބަލު ހިމާޔަތް ކުރުމަށް ނިންމޭ ބޮޑު ނިންމުމެއް ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން ފަސް އަހަރަށް ނިންމޭ މި ބޮޑު ނިންމުން ނިންމަވާއިރު، ދިވެހިރާއްޖެ ދިވެހިންގެ އަތުގައި ބޭއްވޭނެ ވިސްނުން އިސްކުރަންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

“މާދަމާ އަޅުގަނޑުމެން ވޯޓަށް ނުކުންނަވާއިރު ގައުމު މިއޮތީ އަމިއްލަ މިނިވަންކަންނެތި މިނިވަންކަން ގެއްލޭ ހިސާބުގަ. ދަރަނި ބޮޑުވެގެންގޮސް ދަރަނި ނުދެއްކޭ ހިސާބުގަ. އުފަންވާ ކޮންމެ ކުއްޖެއްގެ ބޮލުގަ ދެ ލައްލައެއްހާ ރުފިޔާގެ ދަރަންޏެއް އެޅިފަ.” ނާޒިމް ވިދާޅުވިއެވެ.

މޮޅާއި ދެރައިގެ ތަފާތު ފެތުރި ގައުމުގެ މާލީ ހަލަތަށް ވަނީ ބޮޑުބަދަލުތަކެއް އައިސްފައި ކަމަށާއި، އަދި މުދާތައް ނުއަގުގައި ވިއްކާ ރަށްތަކާއި ފަޅުތަކުގެ ސްޓޮކް ވިއްކާ ހުސްވެއްޖެ ކަމަށް ވިދާޅުވަމުން ފާހަގަކުރެއްވީ އިޖްތިމާއީ އަދާލާތު ވެސް ރާއްޖޭގައި ނުހިނގާކަމަށެވެ.

އެގޮތުން ބޮޑެތި ހުކުމް ކޮށްފައިތިއްބަވާ ފަރާތްތައް ސިޔާސީ ބޭނުމައްތަކަށް ދޫކުރަމުންދާ ތަން ފެންނަމުންދާ ކަމަށްވެސް ވިދާޅުވިއެވެ. ކުޑަކުދިންނާއި އަންހެނުންގެ އިއްފަތް ފޭރިގަންނަ މައްސަލަތަކަކީވެސް މި ސަރުކާރުން ރުހޭ ކަމަކަށްވެފައިވާ ކަމަށާއި، މިގޮތުން މުޖުރިމުންނަށް މިގައުމުގައި މިނިވަންކަމާއިއެކު، އުޅެވޭ މަގު ފަހިކޮށްދެއްވާފައިވާ ކަމަށެވެ. އަދި އިންސާފަށް ބޭނުންވާ ފަރާތްތަށް އިންސާފު ލިބޭނެ ގޮތެއް ނެތްކަމަށާއި ގާނޫނުއަސާސީގެ ބާރުވަނީ ކަނޑުވާލާފައި ކަމަށް ވެސް ވިދާޅުވިއެވެ.

އެހެންކަމުން ވޯޓް ލުމުގައި ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއިއެކު ވިސްނުން އިސް ކުރަންޖެހޭ ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަބުރުގައި ކުރިމަތި ލެއްވި އަށް ކެންޑިޑޭޓުންގެ ތެރެއިން އެންމެ މަދުން ވޯޓް ލިބިލެއްވި ފަރާތަކީ ނާޒިމް އެވެ. ނަމަވެސް ލިބިލެއްވި ވޯޓާއި އެކު ޕީޕީއެމް/ޕީއެންސީ އާއިއެކު އެންމެ ފުރަތަމަ ކޯލޝަން ބައިވެރިއެއްގެ ގޮތުން އެޕާޓީ އާއި ގުޅިވަޑައިގެންނެވީވެސް ނާޒިމްގެ ޕާޓީ އެމްއެންޕީއިންއެވެ.

ނާޒިމް އޭރުވެސް ވިދާޅުވީ އިސްކުރަންވީ ގައުމުގެ މުސްތަގުބަލް ކަމަށާއި، ކުރިއަށްދާންވީ އަމާނާތްތެރި ކަމާއިއެކުގައި ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: