ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިރިހެނުންގެ ރައްކައުތެރިކަން ކަށަވަރު ކުރުމަށް ނާޒިމް ހައްޔަރު ކުރަން މޮސްޓާ ގޮވާލައިފި!

ޝެއާރކޮށްލާ ކަހަލަދޯ؟

ފިރިހެނުންނާއި، ފިރިހެން ކުދިންގެ ރައްކައުތެރިކަމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ، ލޯޔަރު ނާޒިމް ސައްތާރު ހައްޔަރު ކުރުމަށް މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު(މޮސްޓާ) ގޮވާލައިފިއެވެ.

އަލަމްގިރިއާއި އެކު، އެއްޖިންސުން ގުޅުހުން ހިންގި ކަމުގެ ތުހުމަތުގައި ނާޒިމް ސައްތާރާއި، ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދުގެ އިތުރުން ފުލުހުންގެ މުއައްސަސާއަށް ނިސްބަތްވާ މީހެއް ހައްޔަރު ކުރެވުމާއި އެކު، ރައީސް ނަޝީދުވަނީ، ރައީސް ސާލިހާއި ސަރުކާރަށް ގިނަ ފާޑުކިޔުންތަކެއް އަމާޒު ކުރައްވާފައެވެ.

ނާޒިމްގެ ހައްޔަރާއެކު، ރައީސް ނަޝީދު ސަރުކާރަށާއި، ރައީސް ސާލިހަށް ތުހުމަތު ތަކެއް އަމާޒު ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، ރައީސް ސާލިހު އުޅުއްވަނީ، ސިޔާސީ މަގުސަދެއް ހާސިލު ކުރައްވުމަށްޓަކައި، ނުފޫޒުގެ ބޭނުންކޮށް، ގާނޫނީ އިމުން ބޭރުން، ވަކި ފަރާތެއް ހައްޔަރު ކުރައްވައިގެންކަމަށެވެ. އަދި އެ މަނިކުފާނު ސިޔާސީ ގޮތުން ބާރުގަދަ ހަރުކަށި ފިކުރުގު ފަރާތްތަކާއިއެކު، މަސައްކަތްކުރައްވަމުންދާ ކަމަށް ދޭހަވާ މޭރުމަކުންވެސް ރައީސް ނަޝީދުވަނީ ތުހުމަތު ތަކެއް ކުރައްވާފައެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް، ރައީސް ނަޝީދު އިންގިރޭސިން އަމާޒު ކުރެއްވި ތުހުމަތު ތަކުގެ މަގުސަދަކީ، ނާޒިމް ދޫކޮށްލުމަށް ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ ޕްރެޝަރު ސަރުކާރަށް ފޯރުވުންކަމަށް، މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ފާހަގަކޮށްފައިވަނިކޮށް، ބައިނަލްއަގުވާމީ ޖަމިއްޔާއެއްގެ އެއްޖިންސުން ގުޅުން ހިންގާ ފަރާތްތަކުގެ ހައްގުތަކަށް ވަކާލާތު ކުރާ ޕްރޮގްރާމެއްގެ ޑިރެކްޓަރެއްވަނީ އަލަމްގިރިއާއި އެކު، އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރެވިފައިވާ ފަރާތްތައް ދޫކޮށްލުމަށް ގޮވާލާފައެވެ.

އެއްޖިންސުން ގުޅުން ހިންގި ފަރާތްތައް ދޫކޮށްލުމަށް ބައިނަލްއަގުވާމީ ޖަމިއްޔާއަކުން ގޮވާލާފައިވަނިކޮށް، ބަންދުގެ މުއްދަތު އިތުރު ކުރުމުގެ ބަދަލުގައި ނާޒިމް ސައްތާރު ބަންދުން ދޫކޮށްލުމާއި އެކު، ކަންބޮޑުވުން ފާޅުކުރައްވާ، މޮހައްމަދު ނަޝީދު (މޮސްޓާ) ވިދާޅުވީ، މިއަދު ފުލުހުންގެ މުއައްސަސާއަކަށް ދިވެހި މުޖުތަމައުގެ ސަލާމަތާއި ރައްކައުތެރިކަން މުހިންމު ނުވިކަމަށެވެ. އަދި ނާޒިމް ސައްތާރު ދޫކޮށްލާފައިވަނީ، އެނާއަކީ، ރައީސް ނަޝީދުގެ އާއިލީ ފަރާތަކަށް ވުމުންތޯވެސް މުހައްމަދު ނަޝީދު(މޮސްޓާ) ސުވާލު ކުރެއްވިއެވެ.

ނާޒިމް ދޫކޮށްލާފައިވުމުން، ކަންބޮޑުވުން ފާޅުކުރައްވާ، މޮސްޓާ ވިދާޅުވީ، ފިރިހެނުންނާއި، ފިރިހެން ކުދިންގެ ރައްކައުތެރިކަން ކަށަވަރު ކުރުމަށްޓަކައި، މިހާރުން މިހާރަށް ނާޒިމް ސައްތާރު ހިފާ ހައްޔަރު ކުރަން ޖެހިފައިވާކަމަށެވެ. އެހެން ނޫންކަމަށް ވާނަމަ، އެތައް ފިރިހެން ކުދިންނެއްގެ މުސްތަގުބަލު ބަނަވެގެން ހިންގައިދާނެކަމަށްވެސް އެނާ ވިދާޅުވިއެވެ.

ގިނަ އަދަދެއްގެ ދިވެހި ފިރިހެނުން، އަލަަމްގިރި އާއި އެކު، އެއްޖިންސުން ގުޅުން ހިންގާ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތަކެއް ލީކުވުމާއި އެކު، ދިވެހި މުޖުތަމައުގެ ތެރޭގައި ވަނީ، ބަލިތަކެއް ފެތުރިފައި އޮވެދާނެކަމުގެ ބިރު ހީވެފައެވެ. އެގޮތުން މި ކަން ފެންމަތިވި ދަނޑިވަޅާއި، އެއްޖިންސުން ގުޅުން ހިންގާ ފަރާތްތަކުގެ ދެމެދުގައި ހަލުވި ރޭޓެއްގައި ފެތުރޭ ބައްޔެއް ކަމަށްވާ މަންކީ ފޮކްސް ދުނިޔެމަތީ ފެތުރެން ފެށި ދުވަސްވަރާ ދިމާވުމުން، ރައްޔިތުން ވަނީ އެކަމުގެ ބިރުވެރިކަމުގެ ތެރޭގައިކަން ފާހަގަކުރެވެއެވެ.

 

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ބައްލަވާ މަނިކުފާނު! ނާޒިމް ހައްޔަރުގަ ހުއްޓާ ނޫން ތޯ އެންމެ ފަހުން ނޮޅިވަރަމްގަ ތިކުޅި ކުޅެގެން ބަޔަކު ހައްޔަރުކުރީ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: