ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުވާ ސާބިތު ނުވުމުން، ސްޓޭޓް މިނިސްޓަރު ސޯލިހު އެނބުރި ވަޒީފާއަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ޓޫރިސަމްމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަޙުމަދު ޞާލިޙުގެ މައްޗަށް އުފުލި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކުރުމާއެކު ދެ އަހަރުގެ ސަސްޕެންޝަނަކަށްފަހު ސޯލިހު އެނބުރި ވަޒީފާއަށް ނިކުންނަވަން ފައްޓަވައިފިއެވެ.

ޑރ ސޯލިހުގެ މައްޗަށް އުފުލާފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅިގެން އެސްޓް ރިކަވަރީ ކޮމިޝަނުން ތަހުގީގު ކުރާކަމަށް ބުނާ ބައެއް ރަށްތަކުގެ ތަހުގީގެއް ނުކުރާކަމަށްބުނެ، ސޯލިހު ސޮއިކުރައްވާ ބަޔަކަށް ފޮނުވާފައިވާ ސިޓީތަކަކާއި ގުޅިގެންނެވެ.

ސޯލިހުގެ ދިފާއީ ވަކީލުން މައްސަލައިގައި ވިދާޅުވީ، އޭނާގެ މައްޗަށް އުފުލި ދައުވާތަކަށް ދައުލަތުން ބުނާ ސިޓީތަކުން ވަކި ބަޔަކަށް ނާޖައިޒު ފައިދާއެއް ހޯދައިދޭން އޭނާ ކުރި މަސައްކަތެއް ފެންނަން ނެތްކަމަށެވެ. އަދި ސިޓީތަކުގައި ބަޔާންކޮށްފައިވާ ރަށްތަކުގެ ތަހުގީގެއް ކޮމިޝަނުން ކުރިއަށް ގެންގޮސްފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ. މައްސަލައިގައި މީގެ ކުރިން ގެންދިޔަ އަޑުއެހުންތަކުގައި ސޯލިހުގެ ފަރާތުން ބުނެފައިވަނީ، މި ދައުވާ ގާނޫނީ ގޮތުން ކުރިޔަށް ނުގެންދެވޭނެ ކަމަށެވެ. ރިޔާސީ ކޮމިޝަނުގެ އެންގުމެއް އޮއްވައި އެއް ރަށާއި ތިން ފަޅުގެ ހެޑް ލީސްގެ އެއްވެސް ތަހުގީގެއް ނުހިނގާކަމަށް ބުނެ ސޯލިހު ބައެއް ފަރާތްތަކަށް ސިޓީ ފޮނުވީ އޭރުގެ ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އަލީ ވަހީދާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިކޮނޮމިކް ކައުންސިލުން ނިންމާފައިވާ ނިންމުމެއް ތަންފީޒު ކުރުމަށް ކަމަށް ބުންޏެވެ.

އެ ވާހަކައިގެ ރައްދަށް ދައުލަތުން ބުނަމުން ދިޔައީ އެކަން ސާބިތުވާ އެއްވެސް ހެއްކެއް ސޯލިހުގެ ފަރާތުން ހުށަހަޅާފައި ނެތްކަމަށެވެ. އަދި ގާނޫނާއި ހިލާފު އެންގުމަކަށް ސޯލިހު ތަބާ ވާން ނުޖެހޭނެކަމަށް ބުންޏެވެ. ކޯޓުގެ އަމުރެއް ނެތި، ރިޔާސީ ކޮމިޝަނަށް އެފެދަ އެއްވެސް އެންގުމެއް ނޭންގޭނެކަން ފާހަގަކޮށް ސޯލިހުގެ ގާނޫނީ ވަކީލު މަހުފޫޒު ސައީދު ވިދާޅުވީ މުދަލުން މުއާމަލާތު ކުރުމުގެ ހައްގު ގާނޫނު އަސާސީން މިނިސްޓްރީއަށް ލިބިދީފައިވާ ކަމަށެވެ. އަދި ރިޔާސީ ކޮމިޝަނަކީ މިފަދަ އެންގުން އެންގުމުގެ ބާރު ލިބޭ ކޮމިޝަނަކަށް ނުވާއިރު، އެތަނުގެ ނިންމުމަކަށް ތަބާވެފައި ނުވާކަމަށް ބުނެ ދައުވާ ނުކުރެވޭނެކަމަށް ވިދާޅުވި އެވެ. އެކަމަކު ރައްދުގައި ދައުލަތުން ބުނީ ދައުވާ ކުރަނީ އެއްވެސް ހާލަތެއްގައި ރިޔާސީ ކޮމިޝަނުގެ އެންގުމާއި ހިލާފުވެގެން އެ މައްސަލައިގައި ނޫން ކަމަށެވެ. ރަށްތަކާއި ގުޅޭ ތަހުގީގެއް ކުރިޔަށް ދާކަން އެނގި ހުންނަވައި އެފަދަ އެއްވެސް ކަމެއް ކުރިޔަށް ނުދާކަމަށް ބުނެ ސޯލިހު ސިޓީ ފޮނުވުން ގޯސްކަމަށާއި ދައުވާ ކުރަނީ އެ ސަބަބާއި ހުރެކަމަށް ދައުލަތުން ބުންޏެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން ބައެއް ރަށްތަކާ ގުޅިގެން ކަންކަން ނުކުރުމަށް އަންގާފައިވަނިކޮށް އެންގުމާ ހިލާފުވެފައިވާ ކަމަށް ދައުލަތުން ޝަރީއަތުގައި މައުލޫމާތުދީފައިވެ އެވެ. އެކަމާއި ގުޅިގެން ދިފާއުގައި ވަކީލުން ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީން މިހާރުވެސް އެކަންކުރަމުންދާ ކަމުގައެވެ.

މައްސަލައިގައި މިދިޔަ މާޗް މަހު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ ދައުލަތުން ހުށަހެޅި ހެކިތަކުން ގާނޫނުއަސާސީގެ 51 ވަނަ މާއްދާގައި ބުނާ އެކަށީގެންވާ ޝައްކެއް ނެތް މިންގަނޑުން ކުށް ސާބިތުވާ ވަރުގެ ހެކި ލިބިފައި ނެތް ކަމަށެވެ. އަދި މައްސަލައިގައި ދައުލަތުން ހުށަހެޅި ހެކިން ވެސް ހެކިބަސް ދީފައި ވަނީ ސޯލިހު ފޮނުއްވި ސިޓީތަކުގައި ވެސް، ރަށްތަކުގެ ލީސް ބަދަލު ކުރުމާއި ގުޅޭ ކަމެއް ނެތްކަމަށް ހުކުމުގައި ވެއެވެ.

އެހެންކަމުން، ސޯލިހުގެ މައްޗަށް ދައުވާ ސާބިތުވެފައިނުވަނީ ދައުލަތުން ހުށަހެޅި ހެކިބަހުން ވެސް އޭނާގެ ދިފާއުއަށް ބާރުލިބުމުންނެވެ.

ޑރ ސޯލިހުވަނީ ޓުއަރިސަމް މިނިސްޓްރީގައި 25 ވަރަކަށް އަހަރު މަސައްކަތް ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: