ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓޭޓް މިނިސްޓަރު ސޯލިހަށް ކުރާ ދައުވާގެ ހުކުމް ކުރުން މި މަހު 29 ގައި!

ސްޓޭޓް މިނިސްޓަރު ސޯލިހް: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ތޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ޑރ އަހުމަދު ސޯލިހުގެ މައްޗަށް އުފުލާފައިވާ ދައުވާ އާއި ގުޅިގެން މިމަހުގެ 29 ވަނަ ދުވަހު ހުކުމް ކުރުމަށް ނިންމައިފިއެވެ.

ދައުލަތުން ސޯލިހުގެ މައްޗަށް ދައުވާ އުފުލާފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން އެސެޓް ރިކަވަރީ ކޮމިޝަނުން ތަހުގީގު ކުރާ ކަމަށް ބުނާ ބައެއް ރަށްތަކުގެ ތަހުގީގެއް ނުކުރާ ކަމަށް ބުނެ ސޯލިހު ސޮއިކުރައްވާ ބަޔަކަށް ފޮނުވާފައިވާ ސިޓީތަކަކާއި ގުޅިގެންނެވެ.

މި މައްސަލައިގައި ދެފަރާތުންވެސް ހުލާސާ ބަޔާން އިއްވާފައިވާތީ ދެން އޮންނާނީ ހުކުމް ކުރުން ކަމުގައި އިއްޔެ އޮތް ޝަރީއަތުގައި ހާމަކޮށްފައިވެއެވެ.

ސޯލިހުގެ ދިފާއީ ވަކީލުން އޭނާގެ ދިފާއުގައި ވިދާޅުވީ ދައުލަތުން ބުނާ ސިޓީތަކުން ވަކި ބަޔަކަށް ނާޖައިޒު ފައިދާއެއް ހޯދައިދޭން އޭނާ ކުރި މަސައްކަތެއް ފެންނަން ނެތްކަމަށެވެ، އަދި ސިޓީތަކުގައި ބަޔާންކޮށްފައިވާ ރަށްތަކުގެ ތަހުގީގެއް ކޮމިޝަނުން ކުރިއަށް ގެންގޮސްފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.މައްސަލައިގައި މީގެ ކުރިން ގެންދިޔަ އަޑުއެހުންތަކުގައި ސޯލިހުގެ ފަރާތުން ބުނެފައިވަނީ، މި ދައުވާ ގާނޫނީ ގޮތުން ކުރިޔަށް ނުގެންދެވޭނެ ކަމަށެވެ. ރިޔާސީ ކޮމިޝަނުގެ އެންގުމެއް އޮއްވައި އެއް ރަށާއި ތިން ފަޅުގެ ހެޑް ލީސްގެ އެއްވެސް ތަހުގީގެއް ނުހިނގާކަމަށް ބުނެ ސޯލިހު ބައެއް ފަރާތްތަކަށް ސިޓީ ފޮނުވީ އޭރުގެ ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އަލީ ވަހީދާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިކޮނޮމިކް ކައުންސިލުން ނިންމާފައިވާ ނިންމުމެއް ތަންފީޒު ކުރުމަށް ކަމަށެވެ.

އެ ވާހަކައިގެ ރައްދަށް ދައުލަތުން ބުނީ އެކަން ސާބިތުވާ އެއްވެސް ހެއްކެއް ސޯލިހު ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި ދައުލަތުން ބުނެފައި ވަނީ ގާނޫނާއި ހިލާފު އެންގުމަކަށް ތަބާ ވާން ނުޖެހޭނެ ކަމަށެވެ.

ކޯޓުގެ އަމުރެއް ނެތި، ރިޔާސީ ކޮމިޝަނަށް އެފެދަ އެއްވެސް އެންގުމެއް ނޭންގޭނެކަން ފާހަގަކޮށް ސޯލިހުގެ ގާނޫނީ ވަކީލު މަހުފޫޒު ސައީދު ވިދާޅުވީ މުދަލުން މުއާމަލާތު ކުރުމުގެ ހައްގު ގާނޫނު އަސާސީން މިނިސްޓްރީއަށް ލިބިދީފައިވާ ކަމަށެވެ. އަދި ރިޔާސީ ކޮމިޝަނަކީ މިފަދަ އެންގުން އެންގުމުގެ ބާރު ލިބޭ ކޮމިޝަނަކަށް ނުވާއިރު، އެތަނުގެ ނިންމުމަކަށް ތަބާވެފައި ނުވާކަމަށް ބުނެ ދައުވާ ނުކުރެވޭނެކަމަށް ވިދާޅުވި އެވެ.

ރައްދުގައި ދައުލަތުން ބުނީ ދައުވާ ކުރަނީ އެއްވެސް ހާލަތެއްގައި ރިޔާސީ ކޮމިޝަނުގެ އެންގުމާއި ހިލާފުވެގެން އެ މައްސަލައިގައި ނޫން ކަމަށެވެ. ރަށްތަކާއި ގުޅޭ ތަހުގީގެއް ކުރިޔަށް ދާކަން އެނގި ހުންނަވައި އެފަދަ އެއްވެސް ކަމެއް ކުރިޔަށް ނުދާކަމަށް ބުނެ ސޯލިހު ސިޓީ ފޮނުވުން ގޯސްކަމަށާއި ދައުވާ ކުރަނީ އެ ސަބަބާއި ހުރެކަމަށް ދައުލަތުން ބުންޏެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން ބައެއް ރަށްތަކާ ގުޅިގެން ކަންކަން ނުކުރުމަށް އަންގާފައިވަނިކޮށް އެންގުމާ ހިލާފުވެފައިވާ ކަމަށް ދައުލަތުން ޝަރީއަތުގައި މައުލޫމާތުދީފައިވެއެވެ. އެކަމާއި ގުޅިގެން ދިފާއުގައި ވަކީލުން ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީން މިހާރުވެސް އެކަންކުރަމުންދާ ކަމުގައެވެ.

އެގޮތުން ދެން އެ މައްސަލައިގައި އޮންނާނީ ހުކުމް ކުރުން ކަމުގައި ވިދާޅުވަމުން ގާޒީ ވަނީ ޝަރީއަތުގެ މަޖިލިސް ނިންމަވާލައްވާފައެވެ. އަދި ހުކުމް ކުރުމަށް ބޭއްވޭ ޝަރީއަތުގެ މަޖިލިސް މިމަހުގެ 29 ވަނަ ދުވަހު މެންދުރު 1:30 ގައި ބޭއްވުމަށް ވަނީ ތާވަލުކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: