ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު، ރައީސް ސޯލިހަށް ކުރި ޒިނޭގެ ތުހުމަތުގެ ރާގަށް ބަދަލެއް، ވާހަކައިން ދޭހަވީ ފޮޓޯއެއް ނެތްކަމަށް!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ކައިވެނިން ބޭރުން ހިލޭ އަންހެނަކާއި އެކު ޒިނޭ ކުރަނިކޮށް ފޮޓޯތަކެއް ލިބިފައިވާކަމަށް ވިދާޅުވެ، ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކައިގެ ރާގު ކުއްލިއަކަށް ބަދަލުވެއްޖެ އެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ނާޒިމް ސައްތާރު ހައްޔަރު ކުރުމުން އެކަމަށް ނުރުހުން ފާޅުކުރައްވައި ޓުވީޓެއް ކުރެއްވުމަށް ފަހު ރައީސް ނަޝީދު ވަނީ އެކަމުގެ ޝަކުވާތަކުގެ މެސެޖުތަކެއް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕަށް ފޮނުވާފަ އެވެ. އަދި ރައީސް ސޯލިހު ބޭނުންފުޅުވީ ކޯލިޝަނުގައި ތިބި ހަރުކަށި ފިކުރުގެ މީހުން ހިތް ރުއްސުމަށް ކަމަށް ވިދާޅުވެ، އެމަނިކުފާނަށް ރައީސް ސޯލިހުގެ ހަތަރު ގަނޑު ފޮޓޯ ލިބިވަޑައިގެންފައިވާކަމަށް މެސެޖު ކުރެއްވި އެވެ. އެ ފޮޓޯތައް ފުލުހަށް ފޮނުވަން ވީތޯ ސުވާލުކޮށް ރައީސް ނަޝީދު ވިދާޅުވީ، އަންހެން ކުއްޖާއަކީ އާއިލީ ގާތް ކުއްޖެއްކަމަށާއި، އެ ކުއްޖާއަށް ހަމްދަރުދީވާ ކަމަށެވެ.

އެކަމަކު އޭގެ މާ ގިނަ ދުވަސްތަކެއް ނުވަނީސް، އިނގިރޭސިވިލާތުގެ ރެސްޓޯރެންޓެއްގައި ދަރިކަނބަލުން މީރާ ލައިލާ ނަޝީދާއި އެކު އިންނަވަނިކޮށް މީހަކު ފޯނު ޖަހައިގެން ގޮސްފައިވާކަމަށް މީޑިއާތަކުގައި ފެތުރުނެވެ. އަދި އެކަން މަޖިލީހުގެ އިދާރާއަށް އެންގެވީ، މީރާ އާއި ހަވަލާދެއްވައި އީވާ އަބްދުﷲ އެވެ.

ރައީސް ސޯލިހަށް ބޮޑެތި ތުހުމަތުތަކެއް ރައީސް ނަޝީދު ކުރެއްވުމާއި އެކު އެމަނިކުފާނު މަގާމުން ދުރު ކުރުމުގެ މަސައްކަތް ވެސް އެމްޑީޕީޕީ ޕާލިމަންޓު ގުރޫޕުން ވަނީ ފަށާފަ އެވެ. އަދި ރައީސް ނަޝީދާއި އަރިސް މެމްބަރުން ސިފަ ކުރީ މިއީ ފޮޓޯތައް ނައްތާލަން ބަޔަކު ރާވައިގެން ހިންގި އަމަލެއްގެ ގޮތުގަ އެވެ. ރައީސް ސޯލިހާއި އަރިސް މެމްބަރުން ސިފަ ކުރެއްވީ މިއީ ރައީސް ނަޝީދު ކުޅުއްވި ޑްރާމާއެއްގެ ގޮތުގަ އެވެ.

އަންނަ ހުކުރު ދުވަހު ބާއްވާ އެމްޑީޕީގެ ކޮންގްރެސްގައި ރައީސް ނަޝިދުގެ ފަރާތުން ބަހުސް ކުރުމަށް ބޭނުންވާ ހުށަހެޅުންތަކާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި އެ ފޮޓޯތަކާއި ގުޅޭގޮތުން އެކި ގޮތްގޮތަށް ސުވާލު ކުރެވުނެވެ. މަޒާޖީ ގޮތެއްގައި ރައީސް ނަޝީދު ވިދާޅުވީ އެކުގައި އުޅެ ބޮޑުވި ބައެއްކަމުން ދެބޭފުޅުންގެ އަތުގައި ވެސް ވަރަށް ގިނަ ފޮޓޯތައް ހުންނާނެ ކަމަށެވެ.

މިއީ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ޒަމާނެއްކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު ގެންގުޅުއްވަނީ “އެޕަލް އައިފޯން” ކަމަށެވެ. އެހެންކަމުން “އައި ކްލައުޑް” ގައި ފޯނުގައި ހުންނަ ހުރިހާ އެއްޗެއް ރައްކާ ކުރެވިފައި ހުންނާނެކަމަށް ވިދާޅުވި އެވެ. އަދި އައިފޯނެއް ވަގަށް ނަގައި އެހެން މީހަކަށް ކުރެވޭނެ އެއްވެސް ކަމެއް ނެތްކަމަށާއި، އެ ފޯނެއް ހުޅުވައި އޭގައި ހުރި އެއްޗެއް ނުބެލޭނެކަމަށް ވެސް ވިދާޅުވި އެވެ.

“ބޮޑު އަލްބަމެއް އެބައޮތް އަޅުގަނޑުގެ، ރައީސްގެ އަތްޕުޅުގައި ވެސް އޮންނާނެ އަޅުގަނޑުގެ ވަރަށް ގިނަ ފޮޓޯ. އަޅުގަނޑުމެންނަކީ އެކީގައި އުޅެ ބޮޑުވި ބައެއް. އަޅުގަނޑުމެންގެ ފޮޓޯ އެކަކު، އަނެކަކު އަތުގައި ނެތި ނުހުންނާނެ.” ރައީސް ނަޝީދު

ކޮންމެ މީހެއްގެ ފޮޓޯތަކެއް ވިޔަސް އެ މައްސަލައެއް ތަހުގީގު ކުރަން ޖެހޭނީ ގާނޫނީ ތަރަހައިގެ ތެރެއިންކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި އިތުރަށް އެ މައުޟޫގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަން ދެކޮޅު ހައްދަވައި، ސުވާލުތައް ފުރިހަމަ ކުރުމަށް ވެސް ޖާގައެއް ނުދެއްވި އެވެ.

“މި މައުޟޫއުގައި އަަޅުގަނޑު ތިޔަ ބޭފުޅުންނަށް ދެން ދަންނަވާނެ އިތުރު ވާހަކައެއް ނެތް” ރައީސް ނަޝީދު

އޭގެ ފަހުން ދެން ނޫސްވެރިން ސުވާލު ކުރުމުން، ދެން ރައީސް ނަޝީދު ވިދާޅުވީ މީޑިއާތަކުގެ ހެޑްލައިން ގޯހީކަމަށެވެ. ރައީސް ނަޝީދު މިގޮތަށް ވިދާޅުވުމުން ނޫސްވެރިއަކު ވަނީ އެރޭ ރައީސް ނަޝީދު ގައުމީ މަޖިލީހަށް ފޮނުވި މެސެޖު ކިއުމަށް ފަހު އޭގެ މާނައަކީ ދެން ކޮބައިތޯ ސުވާލުކޮށްފަ އެވެ. ނަަވެސް ރައީސް ނަޝީދު އެ ނޫސްވެރިއާގެ ސުވާލު އިތުރަށް ކުރިޔަށް ގެންދަވަން ފުރުސަތު ނުދެއްވި އެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: