ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެނިފެސްޓޯގައި ގިރިތަކާއި، ފަޅުތައް ހިމާޔަތްކުރުމުގެ ވާހަކަ ހިމެނީ ސައިންސްގެ މައްޗަށް ބިނާކޮށް: ރައީސް ނަޝީދު

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ ރަށެއްގެ އެއް ފަޅާ، އެއް ގިރިއާއި، އެއްތަން ހިމާޔަތް ކުރުމަށް އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނާފައިވަނީ ސައިންޓިފިކް ހޯދުންތަކެއްގެ މައްޗަަށް ބިނާކޮށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކޮންގްރެސް ބައްދަލުވުމުގައޮ، ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަން ހިމާޔަތްކޮށް ދެމެހެއްޓުމާއި މެދު ވާހަކަދައްކަވަމުން، ރައީސް ނަޝީދު ވިދާޅުވީ، އެންމެހާ ރަށްތަކުގެ ގިރިތަކާއި ފަރުތައް ހިމާޔަތްކޮށްގެން އެތައް މަންފާއެއް ވެގެންދާނެކަން ކަށަވަރުވާކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ފަރުތަކުގައި މަސްތައް އުޅެނީ “ލާޗާރު ބިޗާރުކަން” މަތީގައި ނޫންކަން، އެކި މީހުން ކުރަމުންދާ ދިރާސާތަކުން ސާފުވާކަމަށެވެ. އަދި މަސްތައް ދިރިއުޅެމުންދަނީ ވަކި އިންތިޒާމެއްގެ މަތީގައިކަމަށް ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، އެއް ސަރަހައްދު ހިމާޔަތްކުރުމުގެ ސަބަބުން، ޖެހިގެން އޮންނަ ސަރަހައްދުގެ މަސްވެރިކަން އެތައް ގުނައަކަށް ރަނގަޅުވެގެންދާކަމަށެވެ

ރައީސް ނަޝީދު ވިދާޅުވީ، ކޮންމެ މީހަކުވެސް އެމީހެއްގެ ރަށާއިމެދު، ހުރިހާ ކަމެއް އިންގޭނެކަމަށް ހީކުރާނެކަމަށެވެ. އެހެންކަމުން، ބަނދަރު އިތުރަށް ތަރައްގީ ކުރުމަށާއި، ކަންކަން ކުރުމުގައި ކަންކަން ކުރަމުންދަނީ އެ ބަޔަކަށް ފެންނަ ގޮތަކަށްކަމަށް ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، ކުރިން ރީތިކަމަށް މަޝްހޫރު ތަނެއްކަމަށްވާ ހއ ކެލާގެ ބީޗަށްވަނީ މިހާރު އަކިރި އަރާފައިކަމަށެވެ. އަދި އެކަމަކީ އެކި ގޮތްގޮތަށް ވިސްނުމަކާއި ނުލާކަންކަން ކުރުމުގެ ނަތީޖާކަމަށްވެސް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، މިހާރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްތައް ކުރިން ކުރަމުން އައި ގޮތަށް ކުރެވެން ނެތްކަމަށެވެ. އަދި ތަރައްގީ ގެނައުމަށާއި، އާންމު ހާލަތު ރަނގަޅުކުރުމަށްވެސް ބޭނުންވާކަމަށް ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ، ދިރުއުޅެމުންދާ މާހައުލު ހިފަހައްޓައިގެން ބަލަހައްޓައިގެންވެސް އެ ތަރައްގީތައް ހާސިލުކުރެވެން އޮތްކަމަށް ވުމުން، ކަމާއި ބެހޭ ވުޒާރާތަކުގެ ވިސްނުންތަކާއި އެއްގޮތްވާގޮތުގެ މަތިން އެ މަސައްކަތްތައް ކުރުމަށް އިލްތިމާޒް ކުރައްވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: