ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑު ހަރަދުކޮށްގެން އެމްޑީޕީން ބޭއްވި ކޮންގްރެސް ދިޔައީ ފަނުފުލުން: ރުކުމާ

ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ).
ޝެއާރކޮށްލާ ކަހަލަދޯ؟

ބޮޑު ހަރަދު ކޮށްގެން އެމްޑީޕީ ބޭއްވި ކޮންގްރެސް ދިޔައީ ފަނުފުލުހުންކަމަށް މީގެ ކުރީގައި އެމްޑީޕީގައި މަސައްކަތްކުރައްވާފައިވާ، ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) ވިދާޅުވެއްޖެއެވެ.

މި މަހުގެ 19 ގައި ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ކޮންގްރެސްގައި މުހިންމު ނިންމުންތައް ނިންމާނެކަމަށް ބެލެވުނު ނަމަވެސް އެފަދަ، ނިންމުމެއް ނިންމާފައި ނުވެ އެވެ. ހާއްސަކޮށް 2023 ގެ ރިޔާސީ އިންތިހާބާއި، ރިޔާސީ ކެނޑިޑޭޓަކު ކަނޑައަޅާނެ ގޮތެއް ނިންމާފައި ނުވެ އެވެ. މީގެ ކުރިން އެމްޑީޕީގައި އިސްކޮށް އުޅުއްވައި، ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ތަމްސީލު ކުރި އަބްދުލްކަރީމް “ސަންގު ޓީވީ” ގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ވިދާޅުވީ މިއީ އެއްވެސް އޮއްޓަރެއް ހުރި ބައްދަލުވުމެއް ނޫން ކަމަށެވެ.

ރިޔާސީ ޓިކެޓާއި މެދު ގޮތެއް ކަނޑައެޅުމާއި، އަދި 2023 އާއި ކުރިމަތިލާނީ ކޯލިޝަނަކާއި އެކުތޯ ނުވަތަ ނޫންތޯ ނިންމާފައި ނުވާތީ އެކަމަށް އަބްދުލްކަރީމް ފާޑުވިދާޅުވި އެވެ.

ކޮންގްރެސްއަށް ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން އިސްލާހުތަކާއި ގަރާރުތަކެއް ހުށަހަޅުއްވާފައި ވީ ނަމަވެސް އެންމެ ފަހު ވަގުތު އެމަނިކުފާނު އެ ހުށަހެޅުންތައް އަނބުރާ ގެންދަވަން ޖެހުނީ މަޖުބޫރު ކަމެއްގެ ތެރެއިންކަމަށް އޭނާ ސިފަ ކުރެއްވި އެވެ. އަބްދުލްކަރީމް ވިދާޅުވީ ގަރާރަށް ރައީސް ނަޝީދު ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރެއްވި ނަމަވެސް ޕާޓީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ޗެއާޕާސަން މަސައްކަތް ކުރެއްވީ އެމަނިކުފާނާއި ދެކޮޅަށް ކަމަށެވެ.

ކޮންގްރެސްގައި މުހިންމު އެއްވެސް ނިންމުމެއް ނިންމާފައި ނުވާކަން، ބައިވެރިން ވެސް ފާހަގަ ކުރިކަމަށް އޭނާ ވިދާޅުވި އެވެ. އަދި އުންމީދު ކުރި ގޮތަށް މިއީ ކާމިޔާބު ބައްދަލުވުމެއް ނޫންކަމަށް އެބޭފުޅުން ވިދާޅުވެފައިވާކަމަށް އަބްދުލްކަރީމްގެ ވާހަކައިގައި ވިދާޅުވި އެވެ.

“ވަރަށް އުތުރު ކޮރިއާގެ ގޮތަކަށް އެ ކޮންގްރެސް ނިމިގެންއެދިޔައީ. އަޅުގަނޑުވެސް ވަރަށް ގާތް އެކުވެރިން އޭގެ ތެރޭގައި އެބައުޅޭ، ހަގީގަތުގައި އެބޭފުޅުން މާލެ އައިސް ފާއިތުވެ ދިޔަ ތިން ދުވަހުގެ ތެރޭގައި އެބޭފުޅުން އުއްމީދުކޮށްގެން ތިބީ އެއްވެސް ތާކުން ތާކު ނުޖެހޭ ޖަލްސާއެއް ނިމިގެންދާ ގޮތަކަށް ނޫން، އުއްމީދުތައް ވެއްޔާއި މޮޑެވިގެން އެދިޔައީ”

މިކަންތައްތައް ފާހަގަކުރައްވާ، މިހާރު ޕީޕީއެމްގެ ސެނެޓުގައި މަސައްކަތްކުރައްވަމުންގެންދަވާ އަބްދުލް ކަރީމް ވިދާޅުވީ އެހެންކަމުން ދެން އުފެދިގެން އަންނާނީ ޕީޕީއެމްގެ ވެރިކަމެއްކަން އެބޭފުޅުންނަަށް ޔަގީންކަމަށެވެ. އަދި ވެރިކަން ހޯދުމަށޤްޓަކައި 2023 ވަނަ އަހަރުގެ ވެރިކަމުގައި ވާދަކުރައްވަން ތިބީ ދިވެހިން ބަލައިގަންނަ ބަޔަކު ނޫންކަމަށް އަބްދުލް ކަރީމް ވިދާޅުވިއެވެ.

ސަރުކާރަށް ފާޑުކިޔުން އަމާޒުކުރައްވާ އަބްދުލް ކަރީމް ވިދާޅުވީ މިހާރު ސަރުކާރު ހިންމުގައި ތިބީ ރާއްޖޭގެ މިނިވަންކަމަށްވެސް ބުރޫ އަރާފަދައިން ކަންތައްކުރައްވާ ބައެއްކަމަށާއި އަދި މި ސަރުކާރަށް ރާއްޖޭގެ އިގްތިސާދީ ހާލަތު މެނޭޖުނުކުރެވުމުގެ ސަބަބުން ވަނީ ދަރަނީގެ ދަންތުރައެއްގައި ޖެހިފައިކަމަށެވެ. އެމްޑީޕީ އިތުރަށް ވެރިކަމުގައި އޮވެއްޖެނަމަ ރާއްޖޭގެ ވަރަށް މުހިންމު ސްޓްރެޓްޖިކް އެސެޓްސްތަކެއް ގެއްލިދާނެކަމުގެ ބިރު އެބަ އޮތްކަމަށް އަބްދުލް ކަރީމް ވިދާޅުވިއެވެ.

މިހާރު މިއޮތްހާލަތުން ދިވެހިރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ގެނެދެވޭނެ ހަމައެކަނި ފޯމިއުލާއަކީ 2023 ވަނަ އަހަރު ވެރިކަމަށް ރައީސް ޔާމީން ގެނައުންކަމަށް އަބްދުލް ކަރީމް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
20%ވަރަށް ގަދަ 60%ވަރަށް ގަޔާވޭ 10%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 10%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: