ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްކޫލު ދަރިވަރަކަށް ބުލީ ކުރާ މަންޒަރު ފެންނަ ވީޑިއޯ ދައުރު ނުކުރުމަށް ފުލުހުން އެދިއްޖެ

ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުދިންގެ ކަރާމާތަށް އުނިކަމެއް އަންނާނެ ފަދަ، ކުޑަކުދިންގެ ޒާތީ މައުލޫމާތު ނުވަތަ ތަސްވީރާއި ވީޑިއޯތައް އާއްމު ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

ރާއްޖޭގެ ރަށެއްގެ ސްކޫލެއްގައި ދަރިވަރުންތަކެއް، އެހެން ކުއްޖަކަށް ގަނާކޮށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އަދި އެ މައްސަލަ ތަހުގީގުކޮށް، ފިޔަވަޅު އެޅުމަށް ގިނަ ބަޔަކު ދަނީ އެޑިއުކޭޝަން މިނިސްޓްރީއަށް ގޮވާލަމުންނެވެ.

މި މައްސަލައިގައި ފުލުހުން ބުނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ޤާނޫނުގެ 33 ވަނަ މާއްދާގައި ކުޑަކުދިންގެ ކަރާމާތަށް އުނިކަމެއް އަންނާނެ ފަދަ، ކުޑަކުދިންގެ ޒާތީ މައުލޫމާތު ނުވަތަ ތަސްވީރުތައް އާއްމު ކުރުމަކީ އެއީ ކުށެއް ކަމަށެވެ. އަދި އެކަން ގާނޫނުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވުމާއި އެކު އެފަދަ ކަމެއް ނުކުރުމަށް އިލްތިމާސް ކުރާކަމަށެވެ. ސްކޫލެއްގެ ކްލާސްރޫމެއްގައި އެފަދަ މަންޒަރެއް އާއްމުވުމަކީ އެއީ ރަނގަޅު ކަމެއް ނޫންކަން ފާހަގަކޮށް ފުލުހުން ބުނީ މިއީ ކުޑަކުދިންގެ ކަރާމާތަށް އުނިކަމެއް އަންނާނެ ފަދަ ކަމަކަށްވާތީ އެއްވެސް މީޑިއާ އަކުން ނުވަތަ އެއްވެސް މީހަކު އެއްވެސް ގޮތަކަށް އެ ވީޑިއޯ ދައުރު ނުކުރުމަށް އެދޭ ކަމަށެވެ.

މި މައްސަލައިގައި އެޑިއުކޭޝަން މިނިސްޓްރީގެ ރަސްމީ ބަހެއް އަދި ނުލިބެ އެވެ. އަދި ސްކޫލުގެ ބަހެއް ވެސް ވަނީ ލިބޭ ގޮތް ނުވެފަ އެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި ދަރިވަރަކު އެހެން ކުއްޖަކަށް އަނިޔާ ކުރި މައްސަލައެއް އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށް އައުމާއި ގުޅިގެން އެ މައްސަލަ ބަލައި ދަނީ ތަހުގީގު ކުރަމުންނެވެ.

އާއްމުވެފައިވާ ވީޑިއޯއިން ފެންނަނީ ސްކޫލުގެ ކްލާސްރޫމުގައި ދަރިވަރަކު އިށީނދެގެން ހުއްޓައި އެހެން ކުއްޖަކު ގޮސް ގަނާ ކުރާ މަންޒަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: