ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އިސްތިއުފާ ދެއްވައިފި

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އިސްތިއުފާ ދެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އޮފީހުގެ ތަރުޖަމާނުކަމުން މުހައްމަދު މަބްރޫކް އަޒީޒު އިސްތިއުފާ ދެއްވައިފި އެވެ.

މަބްރޫކް އިސްތިއުފާ ދެއްވި ސިޓީ، ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާފައި ވަނީ މިއަދުގެ ވަގުތެއްގަ އެވެ.

މިކަމާއި ގުޅޭގޮތުން އަދި ރަސްމީ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ. އަދި “ސަންގު” އިން މަބްރޫކަށް ގުޅުމުން ފޯނަށް ޖަވާބެއް ނުދެއްވަ އެވެ. އަދި މެސެޖު ކުރުމުން ވެސް އެއްވެސް ޖަވާބެއް ދެއްވާފައި ނުވެ އެވެ. ނަމަވެސް ރައީސް އޮފީހުން އެ މައުލޫމާތު ހޯދުމަށް ގުޅުމުން، ވަނީ އެފަދަ ސިޓީއެއް ލިބިފައި ނުވާކަމަށް ބުނެފަ އެވެ. އަދި އެކަން ކަށަވަރު ނުކުރެވޭކަމަށް ބުންޏެވެ.

ކޮވިޑު-19 ގެ ތެރޭގައި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނެއްގެ ގޮތުގައި މީޑިއާތަކަށް މައުލޫމާތު ދިން މަބްރޫކް އާއްމުންގެ ތެރޭގައި ވަރަށް ބޮޑަށް މަޝަހޫރުވި އެވެ. އަދި އޭނާ ތަރުޖަމާނުކަމަށް އައްޔަނު ކުރީ އޭގެ ފަހުންނެވެ.

އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ފެލިދޫ ދާއިރާއަށް ވެސް މަބްރޫކް ވާދަ ކުރެެއްވި އެވެ. އޭނާ މަތީ ތައުލީމް ހާސިލު ކުރެއްވީ ޕޮލިޓިކަލް ސައިންސްގެ ދާއިރާއިންނެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 13%ވަރަށް ގަޔާވޭ 19%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 19%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: