ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަރުލަމާނީ އަކީ ޖާދުވީ ވަޒަނެއް ނޫން: ޝަރީފް

ޝެއާރކޮށްލާ ކަހަލަދޯ؟

ބަރުލަމާނީ ނިޒާމަކީ، ދިވެހި މުޖުތަމައުގެ ތެރޭގައި ފެންމަތިވެފައިވާ ނޭދެވޭ ކަންކަން ނައްތާލުމަށް އޮތް ހައްލެއް ނޫންކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ސިފަ ކުރައްވައިފިއެވެ.

ދިވެހި މުޖުތަމައުގެ ތެރޭގައި އެއްޖިންސުން ގުޅުން ހިންގުމާއި، މީހުން މެރުން ފަދަ ކުށްތަކަށް އަރައިގަތުން ގިނަވެފައިވާ ދަނޑިވަޅެއްގައި، ކަންބޮޑުވުން ފާޅުކުރައްވާ ވާހަކަދައްކަވަމުން، ޝަރީފް ވިދާޅުވީ ބަރުލަމާނީ އަކީ އެކަންކަން ހައްލު ކުރުމަށް ބޭނުން ކުރާ ޖާދުލުގެ ވަޒަނެއް ނޫންކަމަށެވެ. އަދި އެ ނިޒާމަށް ދިވެހިރާއްޖޭގެ ވެރިކަން ބަދަލު ކުރިނަމަވެސް، މުޖުތަމައުގެ ތެރޭގައި ހިނގަމުންދާ ނޭދެވޭ ކަންކަން ހުއްޓުމަކަށް ނުގެނެވޭނެކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

ޝަރީފް ވިދާޅުވީ، ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސޯދީ، ސިޔާސީ އަދި ސަރުކާރުގެ ހިންގުންތެރިކަމުގެ މައްސަލަތަކަކީ، އެއް ދުވަހުގެ މަތިން ހައްލު ކުރެވޭނެ ކަންކަމެއް ނޫންކަމަށެވެ. އަދި އެކަން ކުރުމަށް ބޭނުންވަނީ، ހިންގުންތެރި ގާބިލު ސަރުކާރެއް ކަމަށްވެސް އެނާ ވިދާޅުވިއެވެ. އަދި ކުރިއަރާފައިވާ ދިމަކްރާތީ ދިވެހިރާއްޖެއެއް ބިނާ ކުރެވޭނީ އެފަދަ ސަރުކާރެއްގެ ބެލުމުގެ ދަށުންކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: