ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިކުރެއްގެ ދިރުމާއި ޕީޕީއެމްގައި ތިބީ ވެސް ކޮރަޕްޓް މީހުން : ޝަރީފް

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ފިކުރެއްގެ ދިރުމާއި ޕީޕީއެމްގައި ތިބީ ކޮރަޕްޝަނުން ސަލާމަތްވެގެން ތިބި ބައެއް ނޫން ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ދިވެހި ރާއްޖެއިން ގްލޯބަލް އޯގަނައިޒޭޝަން އޮފް ޕާލިމެންޓަރީ އެގެއިންސްޓް ކޮރަޕްޝަން (ގޯޕެކް) ގައި މަޖިލީހުން ބައިވެރިވުމާއި ގުޅޭ މައްސަލައިގައި ޝަރީފް ވިދާޅުވީ މަޖިލީހުގައި ތިބެގެން ކޮރަޕްޝަންގެ ވާހަކަ ދައްކަވާ ބޭފުޅުންނަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ ބޭފުޅުން ކަމަށެވެ.

ހަމަސީދާ އެކަމުގައި ބައިވެރިވަނީ ދެ ބޭފުޅުން. އެއީ އަދީބާއި އެކު ޖަލުން ސަލާމަތްވުމަށް ޑީލް ހެއްދެވި އަޅުގަނޑުމެންގެ ރައީސް މުހައްމަދު ނަޝީދާއި ޔާމީން އަބްދުލް ގައްޔޫމް އާއި ދެމީހުން. މިދެބޭފުޅުން މީގައި ޒިންމާ ވާން ޖެހޭނީ.

ޝަރީފް ވިދާޅުވީ އެމްޑީޕީ މެމްބަރުންގެ ބޮލުގައި ކޮރަޕްޝަންގެ ތުހުމަތު އަޅުވާއިރު އެމްޑީޕީގެ އެއްވެސް މެމްބަރަކީ އެ ދުވަސްވަރު އަދީބާއި އެކު ޑީލެއް އަމިއްލަ ހައިސިއްޔަތުން ހެދޭ ވަރުގެ ބައެއް ނޫން ކަަމަށެވެ.

އެޑީލު  ޖަލުން ސަލާމަތް ވުމަށް ހެއްދެވި ހުރިހާ ޑީލެއްގެ ޒިންމާ އުފުލަންޖެހޭނީ އޭރު އެޕާޓީގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް އަޅުގަނޑު މި ދަންނަވަނީ ކެރިހުރެ. މިކަން އޮޅުވާލަން އުޅޭނެ ކަމެއްނެތް. އަޅުގަނޑުމެން ތަނަކަށް ތަހުގީގަށް ގެންދަންވީ. ކަން ހިނގާދިޔަގޮތް ވަރަށް ސާފުކޮށް ބުނެދޭނަން. އޭގެ ހެކި އެބަހުރި. އަނެއްވާހަކައަކީ ވެންޓިލޭޓަރުގެ ވާހަކަ ދައްކާއިރު  ޖުމްހޫރީ ޕާޓީގެ ފަރާތުން ސަރުކާރުގެ މިނިސްޓަރު އަބްދުﷲ އަމީން، ކުރެއްވީމާ ރައީސުލްޖުމްހޫރިއްޔާ އޭ ޒިންމާވާންވީ. އެކަމަކު އަދީބު، ނައިބު ރައީސް އަކަށް ހުންނަވައިގެން ކުރި ވައްކަމުގައި ޔާމީނަކަށް ޒިންމާއަކަށް ވާކަށް ނުޖެހުނު. ޝަރީއަތަށް ސާބިތު ވީމާވެސް އެވަނީ ހަރާމް ހުކުމަކަށް. ދެން ލަދު ކޮބައިތޯ މިމީހުން ކޮރަޕްޝަންގެ ވާހަކަ ދައްކަން. އެންމެ ބާރަށް ފަސްބައި ތާހިރު ކަމަށް ހެދިގެން މަލާއިކަތުންގެ ހުދުހެދުން އަޅައިގެން ތިބޭ މީހުން އެންމެ ބޮޑަށް ކޮރަޕްޝަން ހިންގަނީ.

ޝަރީފް ވިދާޅުވީ އެމްޑީޕީގެ ފަރާތުން އެމްއެމްޕީއާރުސީގެ ފައިސާ ބަލައިގަތުމަށް ދިޔަ އެއް ބޭފުޅެއްގެ ތެރޭގައި މަޖިލީހުގެ ނައިބު ރައީސް އީވާގެ ފިރިކަލުން ސާބެ ހިމެނޭ ކަމަށެވެ. އެއަށްފަހު ހަސަން ލަތީފް އާއި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒްވެސް ހިމެނޭ ކަމަށް ޝަރީފް ތުހުމަތު ކުރެއްވިއެވެ.

މިބޭފުޅުންގެ ވާހަކަ ނެތޭ ލިސްޓެއްގައި. އެހެންވީމަ މިތިބަ ވާހަކަ ދައްކަން ވެއްޖިއްޔާ އަޅުގަނޑަށްވެސް ލައްކަވާހަކަ ދެއްކިދާނެ

ޝަރީފް ވިދާޅުވީ އަނގައިން ނުބުނެތިބެނީ އަނގައިން ބުނާ ހިސާބަށް ދަންދެން ކަމަށާއި އަނގައިން ބުނާ ހިސާބަށް ދިއުމުން ވާހަކަ ދައްކާނެ ކަމަށެވެ.

އެހެންވީމަ ކޮބައިތޯ އަދީބް އާއި ޑީލް ހަދައިގެން ޖަލުން ސަލާމަތްވުމަށް ހެދި ވަގު ލިޔުން ؟  އެކަމު ކަރޮޕްޝަނެއް ނުހިންގަވާ. އެހެންވީމަ މިޒާތަށް އަޅުގަނޑުމެންނާ ދިމާލަށް އިނގިލި ދިއްކުރެވޭކަށް ނޯންނާނެ. އަޅުގަނޑުމެން ކުށެއް ކޮށްފައި އޮވެއްޖިއްޔާ ސާބިތުކުރައްވާ! ކޮންމެ ތަނަކަށް ގެންދިޔަސް މިތިބީ ޖަވާބުދާރީވާން.

ޝަރީފް އިދިކޮޅަށް ވަރަށް ބޮޑަށް ކުރީގެ ރައީސް ޔާމީންގެ ޖަލު ހުކުމާއި ބެހޭ ގޮތުން ފާޑު ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ރިޝްވަތާއި ހިޔާނާތުގެ ކުށް ސާބިތުވެ ޖަލަށް ލުމާއެކުގައިވެސް ބުނީ ހަރާމް ހުކުމެއް ކަމަށާއި އެއީ އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: