ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިވެރިކަން ބަދަލު ކުރުމަށް ޑިމޮކްރެޓްސް އާއި އެކު ތިބީ ތައްޔާރަށް: ޕީޕީއެމް/ޕީއެންސީ

ޗާގޯސް މައްސަލާގައި ސަރުކާރުގެ ސްޓޭންޑާ ދެކޮޅަށް ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ މި ވެރިކަން ބަދަލުކުރުމަށް ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދެވިކަމަށް ބުނާ ދަ ޑިމޮކްރެޓްސް އާއި ގުޅިގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އިދިކޮޅުން ބުނެފިއެވެ.

ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީގެ އެތެރޭގައި އުފެދުނު މައްސަލަތަކާއި އެކު އުފެދުނު ބައިބައިވުންތަކަށް ފަހު ރައީސް ނަޝީދާއި އަރިސް މެމްބަރުން ނިންމެވީ އިތުރު ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެށުމަށެވެ. ދަ ޑިމޮކްރެޓްސްގެ ނަމުގައި އުފައްދާ ޕާޓީއަކީ ރައީސް ނަޝީދު އިސްވެ ހުންނަވައި ކުރިޔަށް ގެންދާ މަސައްކަތެއްކަމަށް ބެލެވުނު ނަމަވެސް އެމަނިކުފާނު އަދިވެސް ހުންނެވީ އެމްޑީޕީގެ ރައީސްކަމުގަ އެވެ. ސަރުކާރާއި ދެކޮޅަށް އިދިކޮޅުން ދައްކަވަމުން ގެންދާ ވާހަކަތަކަށް މިވަގުތު ރައީސް ނަޝީދު ވެސް ތާއީދު ކުރައްވާއިރު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގެ ތެރޭގައި އާއި ސިޔާސީ އެހެނިހެން މަސައްކަތްތަކުގައި އެމަނިކުފާނާއި އަރިސް މެމްބަރުން ދަނީ ޕީޕީއެމް/ޕީއެންސީގެ މަސައްކަތްތަކަށް އެއްބާރުލުން ދެމުންނެވެ. އަދި އިދިކޮޅު ކޮންގްރެސް ކޯލިޝަން ވެސް އޮތީ ޑިމޮކްރެޓްސްގެ ދިފާއުފަ އެވެ.

ގުޅިގެން ކުރާ މަސައްކަތްތަކަށް އެމްޑީޕީގެ ފާޑުކިއުންތައް އަމާޒުވީ ނަމަވެސް ދާދިފަހުން ޑިމޮކްރެޓްސްގެ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދަު ވަހީދު (ވައްޑޭ) ވެސް ވިދާޅުވީ މި ސަރުކާރު ނިމުމަކަށް ގެނައުމަށް ވާހަކަދައްކައި، މަޝްވަރާ ކުރަން ޖެހުނު ކޮންމެ ބަޔަކާއި އެކު މަސައްކަތް ކުރަން ތައްޔާރު ކަމަށެވެ. އަދި އެރޭގެ ހަރުގެ ބައްދަލުވުމަށް ފަހު މި ދެ ދުވަހު އިދިކޮޅުގެ މުޒާހަރާގެ ބައިވެރިން ޑިމޮކްރެޓްސް ހަރުގެ ކުރިމައްޗަށް އެއްވެ އެވެ.

އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެކަން ފާހަގަކޮށް ސުވާލު ކުރުމުން ނައިފަރު ދާއިރާގެ މެމްބަރު، އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތައް ކުރަމުން ގެންދާ ކަމަށެވެ. އަދި އަލަށް އުފެއްދުމަށް މަސައްކަތް ކުރަމުން ގެންދާ ޑިމޮކްރެޓްސްއާއި އެކު ގުޅިގެން މަސައްކަތް ކުރެއްވުމުގައި ވެސް ދެބަސްވުމެއް ނެތްކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކުގައި ކުރެވެން ހުރި މަސައްކަތްތަކާއި އެކު ކުރިޔަށް ދާނެކަމަށް ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ ދަ ޑިމޮކްރެޓްސް އާއި އެކު މަޝްވަރާ ކުރެވި މަސައްކަތް ކުރުމަށް ޕީޕީއެމްގައި ހާއްސަ ޓީމެއް އެލުލަވާލެފައިވާ ކަމަށެވެ.

ޝިޔާމްގެ އިތުރުން މައިނޯރިޓީ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވީ އިދިކޮޅާއި އެހެނިހެން ޕާޓީތައް ގުޅިގެން މި ސަރުކާރު ޖަވާބު ދާރީކޮށް ރައީސް ސާލިހްގެ ހިންގާ ހަޑި މުޑުދާރު އަމަލްތައް ހުއްޓުވުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

އިދިކޮޅުގެ ފަރާތުން ކުރީގެ ރައީސް އަދި އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި ރައީސް އޮފީސް ހުންނަ ސަރަހައްދަށް ގޮސް މުޒާޙަރާ ކުރަމުންދާއިރު އިދިކޮޅުގެ ފަރާތުން ބުނަމުންދަނީ މިވެރިކަން މިއަހަރުގެ ރިޔާސީ އިންތިހާނަށް ފަހުގައި ދެމި ނޯންނާނެ ކަމަށެވެ.

ޑިމޮކްރެޓްސް ވެސް ވަނީ، އެ ޕާޓީ އުފެއްދުމުގެ މަސައްކަތްތައް ވަރުގަދަކޮށް ހަރުގޭގައި ސިލްސިލާ ޖަލްސާތައް ފަށާފަ އެވެ. އަދި އަންނަ ސެޕްޓެމްބަރު 09 ގައި ބާއްވާ ރިޔާސީ އިންތިހާބާއި އެކު ދެން މި ސަރުކާރު ދެމި ނޯންނާނެކަމަށް ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: