ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

20 ވަނަ މަޖިލީހަށް ޑިމޮކްރެޓްސްއިން ވާދަ ކުރަނީ 41 ދާއިރާއަށް

"ދަ ޑިމޮކްރެޓްސް" އުފެއްދުމަށް ބޭއްވި ޖަލްސާގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީޙުގެ އިންތިހާބުގައި ދަ ޑިމޮކްރެޓްސްއިން ކެންޑިޑޭޓުން ނެރުމަށް ހަމަޖެހިފައި ވަނީ 41 ދާއިރާއަށް ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައި ވަނީ މާޗް މަހުގެ 17 ވަނަ ދުވަހުއެވެ.

ޑިމޮކްރެޓްސްއިން އާންމުކުރި ބަޔާނުގައި ބުނެފައިވާ ގޮތުގައި މަޖިލިސް އިންތިހާބުގައި އެ ޕާޓީގެ ޓިކެޓުގައި ވާދަ ކުރުމަށް އެދި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން 41 ދާއިރާއަށް 46 ފަރާތަކުން ވަނީ ކުރިމަތިލާފައެވެ.

ޑިމޮކްރެޓްސްއިން ބުނި ގޮތުގައި ކުރިމަތިލި ދާއިރާތަކުގެ ތެރެއިން ޕްރައިމަރީ ބާއްވަން ޖެހެނީ ހަތަރު ދާއިރާއެއްގައެވެ. ދެން ހުރި ދާއިރާތަކުގެ ތެރެއިން ކޮންމެ ދާއިރާއަކަށް އެންމެ ފަރާތަކުން ކުރިމަތިލާފައި ވާތީ ޕްރައިމަރީއަކާ ނުލައި ޕާޓީގެ ޓިކެޓް ދިނުމަށް ވަނީ ނިންމާފައެވެ.

ޕްރައިމަރީ ބޭއްވުމަށް ނިންމާފައިވާ ދާއިރާތަކަކީ

1 ކެލާ ދާއިރާ

2. ކަނޑިތީމު ދާއިރާ

3   ހުޅުމާލެ ދެކުނު ދާއިރާ

4. ހެންވޭރު ދެކުނު ދާއިރާ

ޕްރައިމަރީއާ ނުލާ ދަ ޑިމޮކްރެޓްސްގެ ޓިކެޓް ކަށްވަރުވެފައިވާ ފަރާތްތަކުގެ ތެރޭގައި މިހާރު ވެސް މަޖިލީހުގައި ޑިމޮކްރެޓްސް ތަމްސީލް ކުރައްވާ މެމްބަރުން ހިމެނެއެވެ. އޭގެ ތެރޭގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ، މެދެހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް އަދި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ހިމެނެއެވެ.

ވަރަށް ގަދަ
14%ވަރަށް ގަދަ 14%ވަރަށް ގަޔާވޭ 71%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: