ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ އަދި ޑިމޮކްރެޓްސްގެ ފަރާތުން ބާއްވާ ޕްރައިމަރީ އެކުއެކީ ފެށައި، ކުރިއަށް ދަނީ!

ފޮޓޯ: ވަގުތު އިމޭޖަސް
ޝެއާރކޮށްލާ ކަހަލަދޯ؟

20 ވަނަ ރައްޔިތުންގެ މަޖިލީހަށް ކެންޑިޑޭޓުން ހޮވުމަށް އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްގެ ފަރާތުން ބާއްވާ މަޖިލީސް ޕްރައިމަރީގެ ވޯޓުލުން ފަށައިފިއެވެ.

އެމްޑީޕީން މައުލޫމާތު ހިއްސާ ކޮށްފައިވާގޮތުން އެ ޕާޓީގެ މަޖިލީސް ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 9:00 އިން ހަވީރު 5:00 ޖެހުމާއި ހަމައަށެވެ.

އެމްޑީޕީ ޕްރައިމަރީގައި މާލޭގައި ވޯޓުލާ ފަރާތްތަކަށް ވޯޓު ފޮށި ހަމަޖައްސާފައިވަނީ ޖަމާލުއްދީން ސްކޫލާއި އަދި މަޖީދިއްޔާ ސްކޫލުގައެވެ. އަދި ހުޅުމާލޭގެ ތިން ދާއިރާއެއްގެ ވޯޓުފޮށި ހުރި އިރު، ހުޅުމާލޭ އުތުރު ދާއިރާގެ ވޯޓު ފޮށި ބަހައްޓާފައިވަނީ ކާމިލް ދީދީ ސްކޫލުގައެވެ. ބާކީ ހުރި ދެ ފޮށި ހުންނާނީ ހުޅުމާލޭގައި ހުންނަ މުހައްމަދު ގާސިމް ޕްރީ ސްކޫލުގައެވެ.

އެ ޕާޓީން ބުނާގޮތުގައި 95 ރަށެއްގައި އިތުރުން މާލޭގައި 27 ވޯޓް ފޮށި ބަހައްޓާފައިވެއެވެ. އަދި އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި ކެންޑިޑޭޓުންގެ ގޮތުގައި 149 ކެންޑިޑޭޓުން ވާދަކުރައްވާއިރު އެމްޑީޕީގެ ވޯޓު ލުން ކުރިއަށް ދަނީ 40 ދާއިރާއެއްގައެވެ. އެމްޑީޕީގެ މަޖިލިސް ޕްރައިމަރީ ވޯޓްދިނުމުގެ ހައްޤު 25،325 މީހުންނަށް ލިބިފައިވާ ކަމަށް އެމްޑީޕީން ވަނީ މައުލޫމާތު ދީފައެވެ. އެމްޑީޕީން ޖުމްލަ 51 ކެންޑިޑޭޓުންނަށް ވަނީ ޕްރައިމަރީއާ ނުލާ ޓިކެޓު ކަށަވަރުވެފައިވެއެވެ. އަދި 2 ދާއިރާއަށް އެމްޑީޕީގެ ކެންޑިޑޭޓުން ކުރިމަތި ނުލާ ކަމަށް އެޕާޓީން ވަނީ މައުލޫމާތު ދީފައެވެ.

އެމްޑީޕީގެ ވޯޓުލުން ހަވީރު 5:00 ޖެހުމާއި ހަމަށް ކުރިއަށް ދިޔަނަމަވެސް ޑިމޮކްރެޓްސްގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު 09:00 އިން ހަވީރު 16:00 ޖެހުމާއި ހަމައަށެވެ. އަދި އެ ޕާޓީގެ ވޯޓު ފޮށި ބަހައްޓާފައި ވަނީ ހެންވޭރު ދެކުނު ދާއިރާ ހައުސް އޮފް ޑިމޮކްރެޓްސް (ހަރުގެ) އާއި މާލެ އާއި ހުޅުމާލެ ދެކުނު ދާއިރާ ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލް ހުޅުމާލެގައެވެ. ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 46 ދާއިރާއަށެވެ. އޭގެތެރެއިން ޕްރައިމަރީގައި ވޯޓު ލުން ކުރިއަށް ދަނީ 4 ދާއިރާއަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: