ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަމީމްއަށް ދިން ހަމަލާގެ ތަހުގީގު ރަނގަޅަށް ކުރިޔަށް ދޭތޯ ބަލަން މައްސަލަ މަޖިލީހަށް!

ންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ކޮމިޓީއެއްގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމްއަށް ދިން ހަމަލާ ތަހުގީގު އެކަށީގެންވާ މުއްދަތެއްގައި ކުރިޔަށް ގެންދާކަން ކަށަވަރުކުރުމަށް މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމަށް ހުށައަޅައިފިއެވެ.

މިއަދުގެ ހެނދުނުގެ ވަގުތެއްގައި ޕީޖީ ޝަމީމްއަށް މާލޭގެ މަގުމަތިން ހަމަލާ ދިން މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރު ނުކުރެ އެވެ.

މީޑިއާތަކަށް ފުލުހުން ބުނީ ހަމަލާ ދީފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ނޫން ކަމަށެވެ. އަދި ސީރިއަސް ޒަހަމްތަކެއް ލިބިފައި ނުވާކަމަށް ވެސް މައުލޫމާތު ދިނެވެ.

ދައުލަތުގެ ޕްރޮސެކިއުޓަރ ޖެނެރަލަށް މިފަދަ ހަމަލާއެއް ދިނުމަކީ، އެއީ ސީރިއަސްކަމެއްކަމަށް ފާހަގަކޮށް އާންމުން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.

މައްސަލަ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީއަށް ހުށަހެޅުއްވީ ޑިމޮކްރެޓްސްގެ ރައީސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ.

މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް އެޑްރައިސް ކުރައްވައި ފޮނުވި ސިޓީގައި ވަނީ ޝަމީމަށް ދީފައި ވަނީ ނުރައްކާތެރި ހަމަލާއެއްކަމަށެވެ. އަދި އެ މައްސަލަ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުރިހަމައަށް ތަހުގީގު ކުރޭތޯ އާއި، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ތަހުގީގި ނިންމާކަން ކަށަވަރު ކުރަން ޖެހޭކަމަށެވެ.

ހަސަންގެ މައްސަލައިގައި އެދިފައި ވަނީ މަޖިލީހުގެ ކޮމިޓީން، އެ ހަމަލާގެ ތަހުގީގު ކުރިޔަށް ދާގޮތް ގާތުން ބެލުމަށެވެ.

މި އަމަލު ގިނަ ފަރާތްތަކަކުން ކުށްވެރި ކުރަމުން އަންނައިރު، މީގެ ތެރޭގައި ކުރީގެ ރައީސުންވެސް ހިމެނިވަޑައިގަންނަވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: