ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް އޮފީހުގެ ތަރުޖަމާނަކަށް މިއުވާން!

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އޮފީހުގެ އާ ތަރުޖަމާނަކަށް ފޮރިން މިނިސްޓްރީގެ ކުރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މުހައްމަދު މިއުވާން މިއަދު ހަމަޖައްސައިފި އެވެ.

މިއުވާން ރައީސް އޮފީހުގެ ތަރުޖަމާނަކަށް އައްޔަނުކޮށްފައި ވަނީ، އެ މަގާމުގައި ހުންނެވި މަބްރޫކް އަޒީޒް އިސްތިއުފާ ދެއްވުމުންނެވެ.

މިއުވާން މީގެ ކުރިން ހުންނެވީ، ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރެއްއްގެ މަގާމުގަ އެވެ. އަދި އޭނާ ވަނީ ރާއްޖޭގެ މެއިންސްޓްރީމް ދެ މީޑިއާ، “ރާއްޖެ ޓީވީ” އާއި “ސަންގު ޓީވީ” ނިއުސްރޫމްގައި ވަރަށް އިސްކޮށް މަސައްކަތްކޮށްފަ އެވެ.

ކޮވިޑު-19 އާއި ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާއި ބެހޭ މައުލޫމާތުތައް ހިއްސާ ކުރުމަށް ބޭއްވި ސިލްސިލާ ޕްރެސް ކޮންފަރެންތަކަށް ހާއްސަ ކުރި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނަކަށް ހުންނެވީ މަބްރޫކެވެ. ޕްރެސްތަކުގެ ތެރެއިން އާއްމުންނާއި މީޑިއާތަކުގައި މަގުބޫލުކަމެއް ހޯދައި ރައީސް އޮފީހުގެ ތަރުޖަމާނަކަށް އައުމުގެ ކުރިން، މަބްރޫކްއަކީ ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިޕާޓްމަންޓުގެ އަންޑަ ސެކްރެޓަރީ އެވެ.

އިސްތިއުފާ ދެއްވައި މީޑިއާތަކާއި، ނޫސްވެރިންނަށް ފޮނުވި މެސެޖެއްގައި މަބްރޫކް ވަނީ އޭނާއަށް ދިން އެއްބާރުލުމަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނަކަށް އައްޔަނު ކުރި މިއުވާން ނޫސްވެރިކަމުގައި ގިނަ ދުވަސްތަކެއް ހޭދަ ކުރެއްވި އެވެ. އަދި އޭނާއާއި، ނޫސްވެއރިންނާއި ގާތް ގުޅުމެއް އޮންނަކަން ފާހަގަ ކުރެވެއެވެ.

 

ވަރަށް ގަދަ
25%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 75%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: