ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް ރިޓަޔާރ ކުރައްވައިފި

އެޗްޑީސީގެ އެމްޑީއަކަށް ހުންނެވި ސުހައިލް/ ފޮޓޯ: އެޗްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރ ސުހެއިލް އަހުމަދު ރިޓަޔާރ ކުރައްވައިފި އެވެ.

ސުހެއިލް އެ މަގާމަށް އައްޔަނު ކުރީ، 2018 ޑިސެމްބަރު 30 ގަ އެވެ. އެޗްޑީސީގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވި ސުހެއިލް ރިޓަޔާރ ކުރެއްވުމަށް ނިންމިއިރު، އޭނާ އެޗްޑީސީގައި މަސައްކަތް ކުރައްވާނެ އެންމެ ފަހު ދުވަހަކީ މާދަމާ އެވެ.

ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2012 އިން 2015 އަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަން އަދާކުރި ސުހެއިލްއަކީ، އެ ކުންފުންޏަށް އެންމެ ގިނަ ދިވަހު ހިދުމަތް ކުރެއްވި ބޭފުޅާ އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުގެ އިތުރުން އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމާއި ޑިރެކްޓަ އޮފް ޕްލޭނިން އެންޑް އެސްޓޭޓްގެ މަގާމުވެސް އޭނާ  އަދާކުރެއްވި އެވެ.

ހުޅުމާލެ ހިއްކައި އާބާދު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި، ސުހެއިލް ކުންފުންޏަށް 20 އަހަރު ހިދުމަތް ކުރެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 69%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 31%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: