ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލިވާތު ކުރާ މީހުންނަށް ހައްގު އަދަބު ދޭން ޖެހޭ، މިއީ އާދައިގެ ވާހަކައެއް ނޫން: ނިހާން

ރައްޔިތުން މަޖިލީހުގެ ވިލިމާލޭ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނިހާން/ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ލިވާތު ކުރުމަކީ ޒިނޭއާ އެއްފަދަ ހުކުމް އިސްލާމްދީނުގައި ކަނޑައެޅިފައިވާ ކަމެއް ކަމަށް ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ.

“ސަންގު” ޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނިހާނު ވިދާޅުވީ ދިވެހިރާއްޖޭގެ ޖިނާއީ އިޖުރާތުގެ ގާނޫނަކީ ވަރަށް މުހިއްމު ގާނޫނެއް ކަމަށެވެ. ދިވެހިން 2008 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 7 ވަނަ ދުވަހު ބަލައިގަތް ފެހި ގާނޫނު އަސާސީގައި ހިމެނޭ ޖިނާއީ އަދުލުގެ މަފްހޫމްތަކާއި ދިވެހި ރައްޔިތުންނަށް ލިބިދޭންޖެހޭ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ތެރެއިން އެންމެ މުހިއްމު ކަމަކީ ޖިނާއީ އިޖުރާތުގެ ގާނޫނު ކަމަށް ނިހާން ވިދާޅުވިއެވެ.

ޖިނާއީ އިޖްރާތުގެ ގާނޫނަކީ ނުވަތަ އެގާނޫނަށް އިސްލާހު ގެނައުމަކީ ޑިމޮކްރަޓިކް މުޖްތަމައުތަކުގައި އެހައްގެއް އުނިކުރަންޖެހޭ މިންވަރަކަށް ނޫންގޮތަކަށް ގާނޫނެއްގައި ބަޔާންކޮށްގެން ނޫންގޮތަކަށް ހަނިވެސް ނުކުރެވޭ ކަމެއް ކަމަށް ނިހާން ވިދާޅުވިއެވެ.

އެހެންކަމުން ޖިނާއީ އިޖްރާތުގެ ގާނޫނަކީ ޖިނާއީ އަދުލުގެ ނިޒާމަށް ވަރަށް މުހިއްމު ގާނޫނެއް ކަމަށެވެ. އެގާނޫނު ވުޖޫދު ވެގެން ގޮސްފައިވަނީ 2016 ވަނަ އަހަރުގައެވެ.

ޖިނާއީ އިޖްރާތަށް ގާސިމް އިބްރާޙިމް ހުށައެޅި އިސްލާހަކީ އެ ގާނޫނުގެ 22 ވަނަ މާއްދާގެ ތ އިތުރުކުރުމަށް ހުށައެޅި އިސްލާހެއް ކަމަށާއި، އެ އިސްލާހަކީ އެ މާއްދާގެ ދ ގެ ތިރިއަށް އަކުރެއް އިތުރުކުރުން ކަމަށް ނިހާން ވިދާޅުވިއެވެ.

ކުށްކުރާ ކުށްވެރިން ދޫވާ މައްސަލައިގައި ދޫވަނީ ކޮން ސަބަބަކާއި ހުރެގެން ކަމާއިމެދު ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ ލިވާތު ކުރުމަކީ އިސްލާމްދީނުގައި ހިމެނޭ ބޮޑެތި ކުށްތަކުގެ ތެރެއިން އިސްލާމީ ޝަރީއަތުގައި ހަމަތައް ބަޔާންކުރާ ހައްދު ކަނޑައަޅާފައިވާ ކުށެއް ކަމަށާއި އެކުށަށް އެއްވެސް މީހަކަށް ބަދަލު ނުގެނެވޭނެ ކަމަށް ނިހާނު ވިދާޅުވިއެވެ.

އެކަމަކީ މައްސަލަ ބަލާ މީހަކު ނިންމާ ނިންމުމެއް ނޫން ކަމާއި އެމީހަކު ބޭނުން ވުމުން ކުޑަ އަދަބެއްތޯ ނުވަތަ ބޮޑު އަދަބެއް ކަމުގައި ނުނިންމޭނެ ކަމަށާއި އިސްލާމީ ޝަރީއަތަށް އެއްވެސް މީހަކަށް ބަދަލު ނުގެނެވޭނެ ކަމަށް ނިހާނު ވިދާޅުވިއެވެ.

ޖިނާއީ އިޖްރާއަތުގެ ގާނޫނަށްޓަކައި ބޮޑެތި ކުށްކަމުގައި ކަނޑައަޅާ 22 ވަނަ މާއްދާއަށް އެގާނޫނަށް ތިން އިސްލާހު ގެނެވިގެން ދިޔައިރުވެސް ލިވާތުކުރުމަކީ ބޮޑު ކުށެއް ގޮތުގައި ނުހިމެނޭތީ ޖިނާއީ އިޖްރާއަތުގެ ގާނޫނުގައި މީހަކު ބަންދުގައި ބަހައްޓާ މުއްދަތުގައި ފަނޑިޔާރު ގޮތެއް ކަނޑައެޅުމުގެ ކުރިން ރިއާޔަތް ކުރަންވީ ކަންތައްތަކުގެ ތެރޭގައި އެކަމުގައި ހުރި ބޮޑުކުޑަ މިނަކާއި އެކަމުގެ ސަބަބުން މުޖުތަމައު އަށް އަންނާނެ އުނދަގުލާއި ތުރާލާއި އެހުރިހާ ކަމަކަށް ބަލަންޖެހޭ ކަމަށް ނިހާން ވިދާޅުވިއެވެ. އެ ހިމަނަން ޖެހޭ ކެޓަގަރީގައި އެކަމަކީ ބޮޑު ކުށެއްތޯ އޮންނަ އޮތުން އޮންނަ ކަމަށާއި އެހެންކަމުން ޖިނާއީ އިޖްރާއަތުގެ ގާނޫނަށް ދާދިފަހުން ބަދަލުތަކެއް ގެނެވުނު ކަމަށް ނިހާނު ވިދާޅުވިއެވެ. ނަމަވެސް އެ އިސްލާހުތައް ގެނައި އިރުގައި ވެސް ލިވާތުކުރުމުގެ މައްސަލައިގެ ވާހަކަ އައިސްފައިނުވާ ކަމަށް ނިހާންވިދާޅުވިއެވެ.

ގާނޫނުލް އުގޫބާތުގައި ދިހައަހަރަށްވުރެ މަތީ ޖަލުހުކުމެއް އަންނަ ކޮންމެ އަދަބަކީ ބޮޑުކުށެއް ކަމުގައި ބަޔާންކޮށްފައިވާ ކަމަށް ނިހާން ވިދާޅުވިއެވެ. ނަމަވެސް ލިވާތު ނުވަތަ ސިހާގު ގެ ކުށަށް ގާނޫނުލް އުގޫބާތުގައި އޮތީ ވަކި ބާވަތެއްގެ ކުށެއްގެ ގޮތުގައި ކަމަށް ނިހާން ވިދާޅުވިއެވެ.

އެކަން އޮތީ ވަކިކަހަލަ އަދަބެއްގެ ބޭންޑެއްގައި ކަމަށް ނިހާން ވިދާޅުވިއެވެ. އޭގެ މާނައަކީ އިސްލާމީ ޝަރީއަތުގައިވާ ގޮތަށް ތަރުތީބުން ހެކީގެ މިންގަނޑުން އުސޫލުން ސާބިތު ނުވެއްޖެ ހާލަތެއްގައި ދެން ދޭންޖެހޭ ތައުޒީރީ އަދަބެއްގެ ގޮތުގައި ދޭންޖެހޭ އަދަބު ބޮޑުވާ ކަމެއްގެ ގޮތުގައި  އެކަން ހިމެނޭ ކަމަށާއި ދިވެހި ރާއްޖޭގެ އެއްވެސް ގާނޫނެއް އިސްލާމީ ޝަރީއަތަކާއި ހިލާފަށް ނެހެދޭނެ ކަމަށް ނިހާނު ވިދާޅުވިއެވެ.

ޒަމާންތަކެއްވަންދެން ދިވެހިން އިންތިޒާރު ކުރަމުންދިޔަ ވަރަށް މުހިއްމު އަސާސްތަކެއް ހުރިކަމަށާއި އޭގެ ތެރޭގައި ހިފާ ހައްޔަރު ކުރުމާއި ތުހުމަތުގައިވާ މީހާ ބަންދުކުރުމާއި އޭނާއާއި ސުވާލުކުރުމާއި ހައްޔަރުގައި ބެހެއްޓުން ފަދަ ކަންކަން ހިމެނޭ ކަމަށް ނިހާނު ވިދާޅުވިއެވެ.

ގައިދުކުރެވެންވާ ހައްގުތައް ކަށަވަރުކުރެވިފައިވާ މާއްދާ ފެށެނީ 16 އިން ކަމަށާއި 16 ވަނަ މާއްދާއިން ފެށިގެން ލިޔެވިފައިހުރި ތަރުތީބަށް ބަލައިފިނަމަ އެފަދަ އެއްވެސް ހައްގެއް އުނިކުރާނެ މިންވަރެއް ބަޔާންކޮށްދީފައިނެތް ކަމަށް ނިހާން ވިދާޅުވިއެވެ.

ލިވާތުކުރުމަކީ ޒިނޭކުރުމާއި އެއްފަދަ ހުކުމް އިސްލާމްދީނުގައި ކަނޑައެޅިފައިވާ ފާހިޝް އަމަލެއް ކަމަށް ނިހާން ވިދާޅުވިއެވެ

 “ޒިނޭކުރުމުގެ ހުކުމަކީ ލިވާތުކުރުމާއި ސިހާގު ކުރުމުން ދެވޭ އަދަބު ކަން ބަޔާން ކޮށް އިލްމުވެރިންގެ އިއްތިފާގުން ކަމާއި ޒިނޭ ސާބިތުވަނީ ހަތަރު ފިރިހެނުންގެ ހެކިބަހުން އެމީހުންނަށް ފެނިގެން ނުވަތަ އިއުތިރާފްވެގެން . އެހެންކަމުން އެދެހާލަތުން ކުރެ ހާލަތެއް ނާންނަ ކަމުގައި ވަނީ ނަމަ ނުބައި އަމަލު ހިންގި މީހާ އަދި ޒިނޭ އަށް ގިޔާސްކޮށްފައި އޮތް ލިވާތާއި ސިހާގުގެ ކުށް ކުރި މީހާ އަށް ދޭނެ އަދަބަކީ ކޮބައިތޯ؟ ނިހާން

އެހެންކަމަށްވާނަމަ އެ ދައުލަތެއްގެ ހާކިމާއަށް ނުވަތަ ބާރުލިބިގެންވާ ފަރާތަށް ނުވަތަ ގާނޫނު ހަދާ ފަރާތްތަކުން އެމައްސަލަ އަށް ހައްލުތަކެއް ގެންނަން ޖެހޭ ކަމަށް ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ ލިވާތުކުރުން ފަދަ މައްސަލަ ސާބިތު ނުވެއްޖެ ނަމަ ތައުޒީރީ ހާލަތުގައި ދެން ދޭނެ އަދަބަކީ ކޮބައިތޯ  ތަރުތީބު ވެގެން އަންނައިރުގައި އޮންނަ ހުކުމް ސާފު ކަމަށާއި އެހުކުމުގެ ފަަހަށް ދެން އަންނަ ކަމެއް ސާބިތު ނުވެއްޖެ ނަމަ ހަދާނެ ގޮތެއް ގާނޫނުގައި ބަޔާންކޮށްފައިނުވާ ކަމަށް ނިހާން ވިދާޅުވިއެވެ

ނިހާން ވިދާޅުވީ ކޮންމެފަހަރަކު އިސްލާމީ ޝަރީއަތާއި އެއްގޮތަށް ސާބިތުނުވާ ކަމުގައިވާ ނަމަ އެމީހަކު ނުކުމެގެން ދިއުމަކީ ހައްލުނޫން ކަމަށާއި ކުށްވެރިޔާ ބަންދުކޮށްފައިހުރި މުއްދަތުގައި ގާނޫނުގައި މީހާ ބަންދުކޮށްފައި ބެހެއްޓުމަށް ހާލަތްތަކެއް އަންނަން ބޭނުންވާ ކަމަށެވެ.

އެއީ އެގާނޫނުގައި ބަޔާންކުރާ ބޮޑެތި ކުށްތަކުގެ ތެރެއިން ކުށެއް ކަމުގައި ވޭތޯ އެއީ އުފެދޭ ސުވާލެއްކަމަށާއި ބޮޑެތި ކުށްތަކުގެ ތެރޭގައި ލިވާތުކުރުމުގެ ވާހަކަ ތަފްސީލުކޮށް ނެތުމުން ލިވާތުކުރުމަކީ ބޮޑު ކުށެއްގެ ގޮތުގައި ގާސިމް އިބްރާހިމް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަކުރެއް އިތުރުކޮށް އެއަކުރުގެ ތެރޭގައި އެކުށް ހިމެނުމަށް ހުށައަޅުއްވާފައި އޮތީ ކަމަށް ނިހާން ވިދާޅުވިއެވެ.

ގައުމުގެ އެތެރެއާއި ބޭރަށް ވިސްނާ ކަމުގައިވާނަމަ، ގައުމުގެ އިގްތިސާދީ ހާލަތަށް ވިސްނާ ކަމަށްވާނަމަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ވަކި އަދަދެއްގައި ހިފެހެއްޓުމަކީ މުހިއްމު ކަމެއްކަމަށް ޔަގީނުންވެސް ރައްޔިތުން ގަބޫލުކުރާނެ ކަމަށް ނިހާނު ވިދާޅުވިއެވެ.

17 ވަނަ މަޖިލީހަކީ އައު ގާނޫނު އަސާސީ އަށް ފަހުގައި އުފެދުނު ފުރަތަމަ މަޖިލިސް ކަމަށާއި އެމަޖިލީހުގެ މެމްބަރުންގެ ޖުމްލަ އަދަދަކަށްވީ 77 މެމްބަރުން ކަމަށް ނިހާން ވިދާޅުވިއެވެ. އޭގެފަހުން ދެން ބޭއްވުނު 18 ވަނަ މަޖިލިސް އިންތިހާބުގައި މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު 85 އަށް ބަދަލުވެގެން ދިޔަ ކަމަށް ނިހާން ވިދާޅުވިއެވެ. ގާނޫނު އަސާސީގައި މަޖިލީހުގެ މެމްބަރުންގެ އަދަދާއި ބެހޭ މާއްދާގައި ބަޔާންކޮށްފައިއޮތްގޮތުން އާބާދީގައި ފަސްހާސް މީހުންނަށްވުރެ އާބާދީ ކުޑަވެއްޖެ ނަމަ ދެ މެމްބަރުންނަށް އޮންނަ އޮތުމާއި ފަސްހާހަށްވުރެ އިތުރުވެއްޖެނަމަ ދެން އޮންނަ ތަރުތީބަކުން އިތުރުކުރަން އޮވެފައި 1/2009 (ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ކަނޑައެޅުމުގެ ގާނޫނޫ) ގައި އެކަން އެހެން އޮތުމުން އިދާރީ ދާއިރާތަކުގެ އިންތިހާބީ ދާއިރާތަކުގައި މެމްބަރުން އެކުލަވާލާ އުސޫލުން މިހާރުވަނީ 87 މެމްބަރުން މަޖިލީހަށް އިތުރުވެފައިކަމަށެވެ.

ނިހާން ވިދާޅުވީ 17 ވަނަ ރައްޔިތުންގެ މަޖިލީހަށް 77 މެމްބަރުން ތިބިއިރު މިވަގުތަށް އޮތް މެމްބަރުންގެ އަދަދު ކަމަށްވާ 87 މެމްބަރުންގެ އަދަދަކީ އެންމެ ރަނގަޅުއަދަދު ކަމަށް ނިންމަވައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެ އިސްލާޙު މަޖިލީހަށް ހުށައެޅުމުން އެ އިސްލާހަށް އެމްޑީޕީގެ އިސް ފަރާތްތަކުން އެ އިސްލާހަށް ތާއީދު ކުރައްވާކަމަށާއި އެކަމަކީ އެމްޑީޕީގެ ވެސް ވައުދެއްކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ނިހާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: