ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިހާދު، ޕީޕީއެމްއަށް: ރިޔާސީ ރޭސް ނޫން، އެހެންކަމަކާ އުޅޭ!

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ފޭދޫ ދާއިރާގެ މެމްބަރު ނިހާދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ކޯލިޝަނަށް ބުއްދިވެރިވާނީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި ނޫޅެ، އެހެން ކަމެއް ކުރަން އުޅުނިއްޔާކަމަށް މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަންގެ އިސް މެމްބަރެއް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ނޭދެވޭ ބަސްތަކަކުން، މުހާތަބުކޮށްފައިވުމުން ކޯލިޝަނުގެ ތެރޭގައި ބައިބައިވުންތަކެއް އުފެދިފައިވާކަމަށް އިޝާރާތްކުރައްވާ ނިހާދު ވިދާޅުވީ، މިހާކު ޓްވީޓެއް ކުރާއިރަށް، ބޯކޮށް ވާރޭ ވެހޭއިރަށް، ގަދަޔަށް ވައިޖެހިލާއިރަށް، ނުވަތަ މީހަކު ބާރަށް އެއްޗެއް ބުނެލާއިރަށް ”ރެންދުލާ“ ޕާޓިއަކަށް ރިޔާސީ އިންތިހާބެއްގައި ވާދައެއް ނުކުރެވޭނެކަމަށެވެ. އަދި އެފަދަ ޕާޓީއަކަށް ބުއްދިވެރިވާނީ އެހެން މަސައްކަތެއް ކުރިއްޔާކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

އިދިކޮޅު ކޯލިޝަނުގެ ތެރޭގައި ބައިބައިވުންތަކެއް އުފެދިފައިވާކަމަށް ނިހާދު އިޝާރާތްކުރެއްވީ ރައީސް ޔާމީންގެ ސަރުކާރުގައި ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނެވި، އަހުމަދު މުސްތަފާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފާޑު ވިދާޅުވާ ފަދަ މޭރުމަކުން ކުރެއްވި ޓުވީޓަކާ ގުޅިގެންނެވެ.

އިދިކޮޅު ކޯލިޝަންގެ އިސް މެމްބަރުންވަނީ މުސްތަފާގެ އެ ޓްވީޓް ކުށްވެރިކުރައްވާފައެވެ. މުސްތަފާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ފަހަރު މިއޮތީ ”އެ އުޅޭ ޓިނު އަދުރޭގެ ހިސާބު ދިމާވެފައި“ ކަމަށެވެ. ކޯލިޝަންގެ އިސް މެމްބަރުންގެ ފަރާތުން ފާޑުކިއުން އަމާޒުވުމުން އޭނާ ވަނީ ޓުވީޓު ޑިލީޓް ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: