ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެމިކަލް ހަތިޔާރު މަނާކުރުމަށް ހުށަހެޅި ބިލް މަޖިލީހުން ބަލަައިގަނެ ކޮމިޓީއަށް

އެމްޑީއެންގެ މެންބަރުން ސަރުކާރުން ވަކިނުކުރުމަށް މަޖިލީހުން ނިންމައިފި. ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ކެމިކަލް ހަތިޔާރު މަނާކުރުމަށް އެދި ސަރުކާރުގެ ފަރާތުން މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ހުށަހަޅާފައިވާ ބިލް މަޖިލީހުން ބަލައިގަތުމަށް ފާސްކޮށްފިއެވެ. އެހެންކަމުން، މި ބިލް އިތުރަށް ދިރާސާކުރުމަށް ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް މިއަދުގެ ޖަލްސާގައި ވަނީ ފޮނުވާފައެވެ.

މި ބިލަށް ގޮތެއް ނިންމުމަށް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ނެގުނު ވޯޓުގައި މަޖިލީހަށް މި ބިލު ބަލައިގަތުމަށް ފާސްވީ ހާޒިރުވެތިއްބެވި 54 މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވި 50 މެންބަރުންގެ ތާއީދާ އެކުގައެވެ.

މި ބިލު ހުށަހެޅުމުގެ މައިގަނޑު މަޤްސަދެއްގެ ގޮތުގައި ބިލްގައި ފާހަގަކޮށްފައިވަނީ، ރާއްޖެއިން ބައިވެރިވެފައިވާ ”ކޮންވެންޝަން އޮންދަ ޕްރޮހިބިޝަން އޮފްދަ ޑިވެލޮޕްމެންޓް، ޕްރޮޑަކްޝަން، ސްޓޮކްފައިލިންގް އެންޑް ޔޫސް އޮފް ކެމިކަލް އެންޑް ދެއާރ ޑިސްޓްރަކްޝަން 2019” ގެ ދަށުން ދިވެހިރާއްޖޭގައި ކެމިކަލް ހަތިޔާރު ތައްޔާރުކުރުމާއި، އުފެއްދުމާއި، ރައްކާކުރުމާއި، ބޭނުންކުރުމާއި، އެތަކެތި ނައްތާލުމުގައި ޢަމަލުކުރަނެޖެހޭނެ އުޞޫލުތަކެއް ކަނޑައެޅުމެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއިއެކު ”ކެމިކަލް ވެޕަންސް ޔުނިޓު”ގެ ނަމުގައި ޚާއްސަ ޔުނިޓެއް އުފެއްދޭނެއެވެ. އަދި މި ޔުނިޓަށް ޚާއްސަ ބާރުތަކެއް ލިބިގެންދާނެއެވެ. އެގޮތުން، މި ގާނޫނާއި ހިލާފަށް އެތެރެކޮށް ބޭނުންކުރަމުންދާ ތަކެތި ބޭނުންކުރުން މަނާކުރުމާއި އެތަކެތި ނައްތާލަން އަމުރު ކުރެވޭނެއެވެ.

ހަަމަ މިއާއެކު، ނުރައްކާތެރި ހަތިޔާރުތަކާއި ކެމިކަލްތައް ބޭނުންކުރާ ފަރާތްތަކުގެ މައުލޫމާތުވެސް ހޯދޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: