ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓޫރިޒަމްގެ ޤާނޫނަށް އިސްލާހުގެނައުމަށް ހުށަހެޅި ބިލު ދިރާސާ ކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް!

ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާގެ ތެރެއިން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޓޫރިޒަމްގެ ޤާނޫނަށް އިސްލާހުގެނައުމަށް  ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ހުށަހެޅި ބިލް މަޖިލީހުން ފާސްކޮށް އެ ބިލް ދިރާސާ ކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

މިއަދުގެ މަޖިލީހުގައި މި ބިލް ފާސްކޮށްފައިވަނީ މަޖިލީހަށް ހާޒިރުވެ ތިއްބެވި 53 މެންބަރުންގެ ތެރެއިން 44 މެނަބަރުންގެ އަޤްލަބިއްޔަތާއެކުގައެވެ.

ބިލުގައި ވަނީ ގާނޫނު ތަސްދީގު ކުރި ފަހުން ގްރީން ޓެކްސް ނުނެގޭނެ ކަމަށް ބުނި މުއްދަތުގައި ގްރީން ޓެކްސްގެ ގޮތުގައި އެއްވެސް ފަރާތަކުން ފައިސާ ނަގާފައިވާނަމަ، އެ ފައިސާ އަނބުރާ ނުދައްކާހާ ހިނދަކު ދައުލަތަށް ދައްކަން ޖެހޭނެ ކަމަށް ބުނާ އަކުރެއް ގާނޫނަށް އިތުރުކުރަން ހުށަހަޅައިފަ އެވެ.

ގްރީން ޓެކްސް ނަގަނީ 50 ކޮޓަރިއަށް ވުރެ ގިނަ ތަންތަނުން އެއިން ތަނެއްގައި ހޭދަ ކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 06 އެމެރިކާ ޑޮލަރުގެ ރޭޓުން އަދި 50 ކޮޓަރިއަށް ވުރެ މަދު ތަންތަނުން ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް ތިން އެމެރިކާ ޑޮލަރު ރޭޓުގަ އެވެ.

ގާނޫނު މިގޮތަށް އިސްލާހު ކުރީ މީހުން ދިރިއުޅޭ ރަށްރަށުގައި ހުރި 50 ކޮޓަރިއަށް ވުރެ ގިނައިން ހުންނަ ހޮޓާތަކާއި ގެސްޓްހައުސްތަކުން ހަ ޑޮލަރު ރޭޓުގައި ގްރީން ޓެކްސް ނެގުމުގެ ބޭނުމުގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: