ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

65 އަހަރު ނުވިޔަސް ފަނޑިޔާރުން ރިޓަޔަރ ކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ހުށައަޅާނަން: އޭޖީ

ބަނޑާރަ ނައިބު އިބްރާހިމް ރިފްއަތު
ޝެއާރކޮށްލާ ކަހަލަދޯ؟

އުމުރުން 65 އަހަރު ނުވާ ފަނޑިޔާރުންނަށްވެސް ރިޓަޔާ ކުރެވޭނެ ގޮތް ހެދުމަށް ގާނޫނުގައި ބަޔާންކޮށްފައިނުވާ ނަމަ އެއިސްލާހު ހުށައަޅައިގެން އެކަން ހަމަޖައްސަވައިދެއްވާނެ ކަމަށް ބަންޑާރަ ނައިބު އިބްރާޙިމް ރިފްއަތު  ވިދާޅުވެއްޖެއެވެ.

ރިފްއަތު އެގޮތަށް ވިދާޅުވެފައިވަނީ ފަނޑިޔާރުން އަމިއްލައަށް އެދިގެން ފަނޑިޔާރުކަމުގެ މަގާމުން ވަކިވެވޭނެ އުމުރަކީ 65 އަހަރުވުމުން ކަމަށް ސަރުކާރުން ފަނޑިޔާރުންގެ ގާނޫނަށް ހުށައެޅި އިސްލާޙާއި ގުޅިގެން އެކަމުގައި ބައެއް ފަނޑިޔާރުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ފަނޑިޔާރުންގެ ގާނޫނުގައި މިހާރު އޮތް ގޮތުން ފަނޑިޔާރު ކަމުން ރިޓަޔާ ކުރުމަށް ހުށައެޅޭނީ އުމުރުން 55 އަހަރުވުމުންނެވެ.

 

ފަނޑިޔާރުން ރިޓަޔަރ ކުރާ އުމުރާއި ގުޅޭގޮތުން ބައެއ ފަނޑިޔާރުންގެ ކަންބޮޑުވުންތައް ހުރުމާއެކު ރިއްފަތު މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ފަނޑިޔާރުންގެ ގާނޫނަށް މިހާރު ހުށައަޅާފައިވާ އިސްލާހުތަކަށް އަމަލުކުރަން ފަށާތާ ވަކި މުއްދަތެއްގެ ތެރޭގައި ރިޓަޔާކުރަން ބޭނުންވާ 65 އަހަރުން ދަށުގެ ކަނޑައެޅޭ ވަކި އުމުރަކަށްވުރެ މަތީ އުމުރުގެ ފަނޑިޔާރުންނަށް ރިޓަޔާކުރުމުގެ ފުރުސަތު ލިބޭ ގޮތަށް ގާނޫނަށް އިސްލާހު ހުށައަޅުއްވާނެ ކަމަށެވެ.

ރިފްއަތު ވިދާޅުވީ ފަނޑިޔާރުންގެ ގާނޫނުގެ އިސްލާހުގައިވާ ދިރިއުޅޭނެ އަމިއްލަތަނެއް ނެތް ފަނޑިޔާރުންނަށް ދިނުމަށް ކަނޑައަޅާފައިވާ ލިވިން އެލަވަންސަކީ މިހާރު ފަނޑިޔާރުންނަށް ލިބެމުންދާ މުސާރައާއި އިނާޔަތްތަކުން އެއްވެސް މިންވަރެއް އުނިނުވާނެ ގޮތަށް ލިބޭ އެއްޗެއްގެ ގޮތުގައި ހުށައަޅާފައިވާ އެލަވަންސެއް ކަމުގައެވެ.

އެގޮތުން ފަނޑިޔާރުން ދިރިއުޅޭ ރަށެއް ނުވަތަ ސިޓީއަކުން ގޯތި ނުވަތަ ފްލެޓަށް ކުރިމަތިލުމުގައި އެ ސްކީމެއް ހިންގޭ ރަށް ނުވަތަ ސިޓީއެއްގައި ފަނޑިޔާރު ދިރިއުޅޭނެ ތަނެއް ނެތްނަމަ ކުރިމަތިލެވޭ ގޮތަށް ހަމަޖެއްސުމަށް ގާނޫނަށް ގެންނަންޖެހޭ އިސްލާހު ހުށައަޅާނެ ކަމަށް ރިފްއަތު ވަނީ ވިދާޅުވެފައެވެ.

ސަރުކާރުގެ ފަރާތުން ފަނޑިޔާރުންގެ ގާނޫނަް މިހާރު ހުށައަޅާފައިވާ ބައެއް އިސްލާހުތަކުގެ ތެރޭގައި ފަނޑިޔާރުކަމުގެ މަސައްކަތްތަކުގެ އިތުރުން ފަނޑިޔާރުކަން ކުރުން ގާނޫނު ހުއްދަ ކުރާ އެހެން މަސައްކަތްތަކަށް އުޖޫރަ ބަލައިގަތުމަކީ ގާނޫނުގައި ކަނޑައަޅާފައިވާ ދާއިރާގެ ތެރޭގައި ހުއްދަ ކަމެއް ކަމުގައި ކަނޑައެޅުން ހިމެނެއެވެ.

ފަނޑިޔާރުންނަށް ލިބޭ މުސާރަ އާއި އިނާޔަތް ތައް ކަނޑައެޅުމުގެ ބާރުވެރި ފަރާތަކީ ރައްޔިތުންގެ މަޖިލީހެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: