ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިސްތޯލައިގެ ފޮރިންސިކް ރިޕޯޓު ސުޕްރީމް ކޯޓުގައި ރިވިއު ކުރެވޭނެ މަގު ބިޝާމަށް ހޯދައި ދިނިން: ރައީސް ޔާމިން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި، ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމް އަދި ކުރީގެ ޕްރޮސެކިއުޓާރ ޖެނެރަލް ބިޝާމް (ނާޒިމް، ބިޝާމް ފޮޓޯ: މިހާރު) --
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްގެ ގެއިން ފިސްތޯލައެއް ފެނުނު މައްސަލައި އޭނާގެ ދިފާއަށް ފޮރެންސިކް ރިޕޯޓު ސުޕްރީމް ކޯޓުގައި ރިވިއު ކުރެވޭނެ މަގު އޭރުގެ ޕްރޮސެކިއުޓާރ ޖެނެރަލް އައިޝަތު ބިޝާމްގެ އެދުމަށް ހޯދައިދީފައިވާނެކަމަށާއި މައްސަލައިގައި ނާޒިމާއި މެދު އަމަލު ކުރެއްވީ ވަރަށް އަދަބުވެރިކަމާއި އެކުކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ނާޒިމް ދިރިއުޅުއްވި ގޭގެ ކޮޓަރީގައި އޮތް ދަބަހެއްގެ ތެރެއިން ޖެނުއަރީ، 2015 ގައި ފިސްތޯލައަކާއި ތިން ވަޒަނާއި ޕެންޑްރައިވެއް ފެނުނު ކަމަށް ބުނާ މައްސަލާގައި ނާޒިމްގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. އޭގެ ފަހުން މި ސަރުކާރުގައި ފޮރެންސިކް ރިޕޯޓުން، ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ފެނިފައި ވާތީ މައްސަލަ އަލުން ބަލައިދޭން އެދި ނާޒިމް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި އެވެ.

ފިސްތޯލަ ފެނުނު ހިސާބުން ފުލުހުން ބޭނުންވީ ނާޒިމް، ހައްޔަރަށް ގެންދިއުމަށް ނަމަވެސް ދައުލަތުގެ ޑިފެންސް މިނިސްޓަރަކާއި މެދު އެގޮތަށް އަމަލު ނުކުރެވޭނެކަމަށް ބުނެފައިވާނެކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ޑިފެންސް މިނިސްޓަރެއް ބަންދުގައި ބަހައްޓައި ނުވަތަ ތަހުގީގަކަށް ފުލުހަށް ހާޒިރުކޮށްގެން ނުވާނެކަމަށް ވެސް އެންގިކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ފުލުހުންނަށް ދެންނެވީ، ޑިފެންސް މިނިސްޓަރުގެ ފަރާތުން ސާފު ކުރުމަށް ބޭނުންވާ މައުލޫމާތެއް ސާފު ކުރުމަށް އެތަނަކަށް ދިއުމަށް ކަމަށެވެ. އަދި މައްސަލައިގައި ނާޒިމާއި މެދު އަމަލު ކުރީ ވަރަށް އަދަބުވެރިކަމާއި އެކުކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

“ފުލުހުން ބޭނުންވިަ ހަމައެހިސާބުން ޏާޒިމް ކަސްޓަޑީއަށް ނަގަން.. ނާޒިމް ހައްޔަރު ކުރުމަށް ބޭނުންވި.. އަޅުގަނޑު ބުނިން ތިކަމެއް ނުކުރެވޭނެ އޭ.. އެއީ ޑިފެންސް މިނިސްޓަރޭ.. އަދި ޑިފެންސް މިނިސްތަރު ތިހެން ބަންދެއް ވެސް ނުކުރެވޭނެ އޭ… އަދި ޑިފެންސް މިނިސްޓަރު ފުލުހުން ތަހުގީގަކަށް ހާޒިރުކޮށްގެން ވެސް ނުވާނޭ… ފުލުހުން ދާށޭ، ޑިފެންސް މިނިސްޓަރާއި ވާހަކަ ދައްކާފައި ޑިފެންސް މިނިސްޓަރު ހުންނެވި ތާކަށް.. އެހެންވީމަ ނާޒިމް އާއި ދޭތެރޭގައި އަޅުގަނޑު ވަރަށް ކާޓެއިސްކޮށް ކަންތައް ކުރީ މި ތަހުގީގު ނިމެން ދެން” ރައީސް ޔާމީން

ނާޒިމް ވަކި ކުރަން ޖެހުނު ސަބަބު ސީދާ ހާމަ ނުކުރައްވައި ރައީސް ޔާމީން ވިދާޅުވީ، އެ ނިންމުން ނިންމަން ޖެހުނީ ނާޒިމް ހިންގި އަމަލެއްގެ ސަބަބުން ކަމަށެވެ. އަދި އޭރު ތަހުގީގުތައް އެއްކޮށް ފުރިހަމަ ކުރެވިފައި ނުވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ފިސްތޯލަ މައްސަލައިގެ ތަހުގީގުތައް ނިމި، ކޯޓާއި ހަމައަށް ދިޔައީ އޭގެ ފަހުންކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

“އެހެން ނަމަވެސް މިކަންތަކުގެ ތެރޭގައި.. ނާޒިމް ހަމަ ކަންތައް ކުރެއްވިލެއް ގޯސްކަމުން ނާޒިމް މަގާމުން ވަކި ކުރީ.. އެ ސިޓީގައި އޮންނާނެ ވަޒީރަކަށް ރައީސުލްޖުމްހޫރިއްޔާ ކުރަން ޖެހޭ އިތުބާރު، ނާޒިމް ކަންތައް ކުރެއްވި ގޮތުން ނެތޭ.. މަގާމުން ވަކި ކުރީއޭ ކިޔައި… އެ ސިޓީ ރައީސް އޮފީހުގައި ވެސް އޮންނާނެ.. އަދި ކޮޕީއެއް ނާޒިމްގެ އަތްޕުޅުގައި ވެސް އޮންނާނެ” ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ މަގާމުން ވަކި ކުރި ސިޓީގައި ނާޒިމްގެ އަމަލުތަކުގެ ވާހަކަތައް ހިމަނާފައި ނުވާނެ ކަމަށެވެ. ނަމަވެސް ނާޒިމަށް އެއީ ކޮން ސަބަބަކާއި ހުރެ ނެންގެވި ފިޔަވަޅެއްކަން އެނގިވަޑައިގަންނަވާނެކަމަށް ވިދާޅުވި އެވެ.

މީގެއިތުރުން މައްސަލައިގައި ނާޒިމްގެ މައްޗަށް ކުރި ހުކުމް ހައިކޯޓުން ވެސް ތާއީދުކޮށްފައި ވަނިކޮށް އޭރުގެ ޕްރޮސެކިއުޓާރ ޖެނެރަލް އައިޝަތު ބިޝާމް ވަޑައިގެން ފުލުހުންގެ ފޮރެންސިކުން ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައިގެ ފޮރެންސިކް ރިޕޯޓު ނިމިފައިވާތީ ރިޕޯޓު ސުޕްރީމް ކޯޓަށް ހުށަހަޅައި މައްސަލަ ރިވިއު ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ދެންނެވިކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. މި މައްސަލަ ޕީޖީން މަސައްކަތް ކުރުމުން ވެސް ސުޕްރީމް ކޯޓަށް ކުރިޔަށް ގެންގޮސްދީފައި ނުވާތީ ރައީސް ޔާމީން ވިދާޅުވި ގޮތުން ބިޝާމް ހުށަހެޅުއްވީ ރައީސް އެ މައްސަލައިގެ ތެރެއަށް ވަދެ އެކަން ހަމަޖެއްސުމަށެވެ.

“ތިމަންނަ މަސައްކަތްކޮށްކޮށް މީތި ސުޕްރީމް ކޯޓުން އެޑްމިޓުކޮށް ނުދިނޭ.. ބަލައެއް ނުގަތޭ… ދެން ރައީސް އިންޓަވީންކޮށްދޭށޭ… ދެން އަޅުގަނޑަކަށް އަންޑަސްޓޭންޑެއް ނުވޭ މިވެސް ހަމަ ލޯޔަރެއް… ޕްރޮސެކިއުޓާރ ޖެނެރަލް މިއީ… ރައީސް އިންޓަވީން ކުރަން ޖެހޭ އެއްވެސް ޖާގައެއް ނެތް… މިއީ ކޯޓުގައި ހިނގާ މައްސަލައެއް” ރައީސް ޔާމީން

ކޯޓުގައި ހިނގާ މައްސަލައެއްގެ ތެރެއަށް ރައީސް ވަންނަން ޖެހޭ އެއްވެސް ސަބަބެއް ނެތްކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ އެކަން އެންމެ ރަނގަޅަށް ވިސްނެން ވާނީ ޕްރޮސެކިއުޓާރ ޖެނެރަލްއަށް ކަމަށެވެ. އެހެންކަމުން ވަރަށް ސާފުކޮށް މިއީ އެމަނިކުފާނަށް އެއްގޮތަކަށް ވެސް އިންޓަވީން ކުރެވޭނެ މައްސަލައެއް ނޫންކަމަށް ދެންނެވިކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ބިޝާމްގެ ޖަވާބަކަށް ވީ މިއީ އާ ހެކިތަކެއްކަމާއި ޝަރީއަތުގެ މަރުހަލާއަށް ދިއުން މުހިންމުކަމެވެ. އެހެންވެ އެމަނިކުފަނު ވެސް އެ ވާހަކަތައް އަޑުއަހައި ނާޒިމްއަށް އޭނާގެ ދިފާއުގައި ކުރެވޭނެ އެއްވެސް މަސައްކަތެއް އޮތް ނަމަ އެ ފުރުސަތު ލިބެންވާނެކަމަށް ގަބޫލު ކުރެއްވިކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

“އެހެންވީމަ ސުޕްރީމް ކޯޓުގެ އަބްދުﷲ ސައީދު ރައީސް އޮފީހަށް ގެނެސްފަ އެ ވާހަކަތައް ދެއްކީމަ، އަބްދުﷲ ސައީދު ބޭނުމެއް ނުވި އެއްގޮތަކަށް ވެސް އެ ބަލައިގަންނާކަށް… ދެން އެތައް ވާހަކައެއް ދައްކައިގެން އަބްދުﷲ ސައީދު އެންމެ ފަހުން ގަބޫލުވީ އެ ވައްދަން ތިމަންނާ ޖާގަ ދޭނަމޭ.. ދެން އެ ވެއްދުނީ އިނގޭތޯ.. އަޅުގަނޑު އިންޓަވީންކޮށްގެން ނާޒިމްގެ ދިފާއުގައި އޭނާއަށް މަސައްކަތް ކުރެވިދާނެކަމަށް ބިޝާމް ވިދާޅުވެގެން އަޅުގަނޑަށް އެކަން ގަބޫލު ކުރެވުނީމައި ބަލައިގަންނާނެ ގޮތް ހަދައިދިނިން” ރައީސް ޔާމީން

މައްސަލައިގައި ދެން ކަންތައް ވެގެން ދިޔަ ގޮތުގެ މައްޗަށް ރައީސް ޔާމީން މާބޮޑު ވާހަކައެއް ނުދައްކަވަ އެވެ. އަދި މައްސަލަ ކުރިޔަށް ނުގެންދެވުނު ސަބަބުގެ ތަފްސީލެއް ވެސް ނުދެއްވަ އެވެ.

މަގާމުން ވަކި ކުރުމުން ނާޒިމް ދެން މަސައްކަތް ކުރެއްވީ ރައީސް ޔާމީންގެ ސަރުކާރު ނިމުމަކަށް ގެނެސް ޔުނައިޓެޑް އޮޕޮޒިޝަނާއި އެކު އެވެ.

ވަރަށް ގަދަ
90%ވަރަށް ގަދަ 7%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 3%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

3 Responses

  1. މީނަމީ ތަޖޫބެ. އަދިނަހުލާ އާއެކު ކުރުވާހަކަލިޔަން ބަހައްޓަން ވެސް ރަގަޅު. މޮޅުކަމަކީ ކުރީގެ އެއްވެސްކަމެއް މީނަހަދާން ނުހުންނަކަން.

  2. އޭނަވެސް ދައުލަތުގެ މާލިއްޔަތު ލޫޓުވީ ނުންތޯ ޑިފެންސު މިނިސްޓާގެ މަޤާމުގައި ހުރެގެން !

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: