ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއަށް މާ ވަރުގަދަ މުޒާހަރާތަކަށް ވެސް ޖާގަ ދިނިން، ރައީސް އޮފީހާއި ވެސް ކައިރި ވެވުނު: ރައީސް ޔާމީން

އެމްޑީޕީގެ ހަރުގެ ކުރިމަތީ ކުރިޔަށް ގެންދިޔަ މުޒާހަރާ ރޫލާލުމަށް ފުލުހުން ހަރުގެ ތެރޭގައި/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ސަރުކާރުގައި އޭރުގެ އިދިކޮޅަށް އެއްވުންތައް ކުރިޔަށް ގެންދިއުމަށާއި، ވަރުގަދަ މުޒާހަރާތައް ކުރުމަށް ފުރުސަތުތައް ދީފައިވާނެކަމަށް އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

އެއްވެ އުޅުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން އެމްޑީޕީން ނުދޭކަމަށް ބުނެ ސަރުކާރަށް އިދިކޮޅުން ފާޑުކިއުންތައް ވެސް އަމާޒު ކުރެ އެވެ. އަދި އެމްޑީޕީއަކީ އިދިކޮޅުގައި އޮތް އިރު، އޮޕޮޒިޝަނަށް އެ ފުރުސަތުތައް ލިބެން ޖެހޭކަމަށް އެންމެ ބޮޑަށް ވަކާލާތު ކުރި ޕާޓީކަން އިދިކޮޅުން ފާހަގަ ކުރެ އެވެ. ނަމަވެސް މުޒާހަރާތަކަށް އެ ޖާގަ ނުދެނީ، ސަރުކާރުން އެކަމަށް ޖެހިލުންވާތީކަމަށް ކޮންގްރެސް ކޯލިޝަނުގެ ލީޑާޝީޕުން ވަނީ ބުނެފަ އެވެ.

ސަންގުޓީވީއަށް ދެއްވި ހާއްސަ އެކްސްކްލޫސިވް އިންޓަވިއުއެއްގައި ރައީސް ޔާމީން ވަނީ މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ.

ރައީސް ޔާމީން ވެރިކަމުގައި ހުންނެވި އިރު، އޭރުގެ އިދިކޮޅަށް ސިޔާސީ ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް އެއްވެސް ފުރުސަތުތަކެއް ނެތްކަމާއި، އަދި އެއްވުންތައް ރޫޅާލުމުގައި ފުލުހުން ބާރުގެ ބޭނުން ކުރާކަމަށް ޕްރެޒެންޓަރު ސުވާލު ކުރުމުން ރައީސް ޔާމީން ވިދާޅުވީ ގާނޫނާއި ހިލާފު ކަންތަކެއް ނުހިނގާނަމަ ފުލުހުން އެކަން ހުއްޓުވުމަށް މަސައްކަތްތަކެއް ނުކުރާނެ ކަމަށެވެ.

ތަނެއްގައި މުޒާހަރާތަކެއް ކުރާނަމަ، އެ ސަރަހައްދެއް ބެލެހެއްޓުމުގައި ފުލުހުންގެ ޒިންމާއެއްކަމަށާއި އަދި ގާނޫނާއި ހިލާފު އަމަލުތަކެއް ފެންނަ ހިސާބުން އެ ބަޔަކު ހުއްޓުވާނެކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ހުރިހާ ސަރުކާރެއްގައި ވެސް ކަން ހިނގަން ޖެހޭ ގޮތަކީ އެއީކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

“ކޮންމެ ސަރުކާރެއްގައި ވެސް ގާނޫނާއި ހިލާފު އަމަލުތަކެއް ހިނގާނަމަ ފުލުހުން އެކަމެއް ހުއްޓުވަން ޖެހޭނެ.. މީހުންނަށް އަނިޔާވާ.. ފުލުހުންގެ އަމުރަކަށް ނުކިޔަމަންތެރިވެ.. އަޅުގަނޑަށް ހީވަނީ ތިބޭފުޅުން ބައްލަވައިފިއްޔާ ފެންނާނެ ކަންނޭނގެ، އަޅުގަނޑުމެން ސަރުކާރުގައި ހިނގާފައި ހުރި މުޒާހަރާތަކާއި… މިހާރު ކުރާ މުޒާހަރާތަކާއި ދޭތެރޭގައި ބަންދު ކުރެވިފައި ހުރި.. ކަސްޓަޑީއަށް ނެގިފައި ހުރި ސްޓެޓިސްޓިކްސް ކޮމްޕެއާކޮށްލަންވީ ކަންނޭނގެ ޖާނަލިސްޓުން” ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ ބޮޑެތި ވަރުގަދަ މުޒާހަރާތައް ކުރުމަށް އެމްޑީޕީއަށް ޖާގަދީފައިވާނެ ކަމަށެވެ. އަދި ގިނަ ފަހަރު އެ މުޒާހަރާތައް ރައީސް އޮފީހާއި ހަމައަށް ވެސް އައިކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނުގެ ވެރިކަމުގައި އޭރުގެ އިދިކޮޅަށް އެ ފުރުސަތު ދިން ނަމަވެސް މި ސަރުކާރަށް ސައިކަލު ބުރެއް ބާއްވާލުމުގެ ހުއްދައެއް ވެސް ނުދެވޭކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

“އެކަމަކު މިއަދު ކެރޭތޯ… އަޅުގަނޑުމެން މިއުޅެނީ މުޒާހަރާ ކުރަމުން ގޮސް… ކާނިވާ ސަރަހައްދާއި ހަމައަށް ވެސް ފުލުހުން ދިޔަކަ ނުދޭ… އަދި ސައިކަލު ބުރެއް ބާއްވަން ބޭނުންވިޔަސް އެހެން ކަމެއް ކުރުމަށް ބޭނުން ވިޔަސް އޭގެއިން އެއްވެސް ކަމަކަށް އެއްވެސް ހުއްދައެއް ނުދޭ” ރައީސް ޔާމީން

ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބިފައި އޮތްގޮތް އަޅާ ކިޔައި ދިރާސާ ކުރުމަށް ރައީސް ޔާމީން ވަނީ ނޫސްވެރިންނާއި މީޑިއާތަކަށް އިލްތިމާސް ކުރައްވާފަ އެވެ. މިއީ ކޮންމެ ސަރުކާރުތަކުން ވެސް ގެންގުޅޭ ލިމިޓޭޝަންތަކެއްކަން އޭރުން ސާފުވާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެއްވެސް ހައްގަކާއި ނުލައި، ސަރުކާރަށް އެފަދަ އަރައިގަނެވިފައި ވާނަމަ ޖަވާބުދާރީވާން ޖެހޭނެކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: