ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޫސްވެރިންނަށް ޗަންދާ ދެނީ މި ސަރުކާރުން، މިދިޔަ ސަރުކާރުގައި މީޑިއާތަކަށް މިނިވަންކަން އޮތް: ރައީސް ޔާމީން

ނޫސްވެރިން ކުރި އިހުތިޖާޖެއްގެ ތެރެއިން/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރާއްޖޭގެ ނޫސްވެރިންނާއި މީޑިއާތަކަށް ފައިސާ ބެހި ނަމަވެސް އެމަނިކުފާނުގެ ސަރުކާރުން އެފަދަ އެއްވެސް ހަރަދެއް މީޑިއާތަކަށް ކުރައްވާފައި ނުވާނެކަމަށް ކުރީގެ ރައީސް އަދި އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ވަކިވަކި މީޑިއާތަކަށް ހަރަދުކޮށް، ވަކި ގޮތަކަށް ހަބަރާއި ރިޕޯޓުތައް ގެނެސްދިނުމަށް އަންގާކަމަށް މީގެ ކުރިން ވެސް ރައީސް ޔާމީން ވަނީ ތުހުމަތުތަކެއް ކުރައްވާފަ އެވެ. އަބުރުގެ ގާނޫނާއި، މި ސަރުކާރުން ނޫސްވެރިންނަށް ފައިސާ ބަހާކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ރައީސް ޔާމީން ވަނީ ސަންގުޓީވީގެ އެކްސްކްލޫސިވްގައި ތަފްސީލުކޮށް ވާހަކަ ދައްކަވާފަ އެވެ.

މީޑިއާތަކަކަށް މިނިވަންކަން ދޭން ޖެހޭކަމަށް ފާހަގަ ކުރައްވައި ރައީސް ޔާމީން ވިދާޅުވީ، އެފަދަ އެއްވެސް ހުރަހެއް އެމަނިކުފާނުގެ ސަރުކާރުގައި ނޫސްވެރިންނަށް ނޯންނާނެ ކަމަށެވެ. އަދި މީޑިއާތަކަށް މިނިވަންކަން ލިބިފައި އޮތީ، އެމަނިކުފާނުގެ ސަރުކާރުގައި ތޯ ނުވަތަ މި ސަރުކާރުގައި ތޯ ނޫސްވެރިން ވިސްނާލުން މުހިންމުކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

“ދެން އެންމެ ކުރުކޮށް ދަންނަވާނަމަ މަސްދަރު ހާމަ ކުރަން ޖެހިގެން މި އުޅެނީ ރައީސް ޔާމީންގެ ސަރުކާރުގައި ތޯ… އެހެނެއް ނޫން ދެއްތޯ… ނޫސްވެރިން އެންމެ އުނދަގޫ ވެގެން މިއުޅެނީ މަސްދަރު ހާމަ ކުރަން ޖެހިގެން” ރައީސް ޔާމީން

މިދިޔަ ސަރުކާރުގައި ވަކި ވާހަކައެއް ލިޔައި، އެކަމެއްގެ ވާހަކަތައް ދެއްކުން އެއްވެސް ނޫސްވެރިއަކަށް މަނާ ކުރެވިފައި ނުވާނެކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

“އަޅުގަނޑުމެން ސަރުކާރުގައި ނޫސްވެރިންނަށް ޗަންދާ ދޭތޯ…؟ ނޫސްވެރިންނާއި ނޫސްތަކަށް ފައިސާ ދޭތޯ..؟ ނޫނިއްޔާ އަޅުގަނޑުމެންގެ ސަރުކާރުގައި ބޭރުގެ އެއްވެސް އެމްބަސީއަކުން ޖާނަލިސްޓުންނަށް ފައިސާ ދޭތޯ..؟ ނޫނީ އަޅުގަނޑުމެން ބޭނުންވެގެން ސަރުކާރުގައި ވަކި އާޓިކަލްއެއް ނޫސްވެރިން ލައްވައި ލިޔުއްވިތޯ..؟ މިއިން އެއްވެސް ކަމެއް އަޅުގަނޑުމެންގެ ސަރުކާރުގައި ހިނގިތޯ” ރައީސް ޔާމީން

ރައީސް ޔާމީންގެ ސަރުކާރުގައި އަބުރުގެ ގާނޫނެއް އެކުލަވާލައި އޭގެ ދަށުން މީޑިއާތަށް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރިކަން ފާހަގަ ކުރުމުން ރައީސް ޔާމީން ވިދާޅުވީ ގާނޫނު އޮތް ގޮތުން އެކަކާއި މެދު ފިޔަވަޅު އަޅައި އަނެކާއާއި މެދު ފިޔަވަޅު ނާޅަން އެ ޖާގަ ނެތް ކަމަށެވެ.

އަބުރުގެ ގާނޫނުގެ ދަށުން ޓީވީތައް ޖޫރިމަނާ ކުރިއިރު އެކަމުގެ ގާނޫނީ ތަރުޖަމާ ރަނގަޅަށް އެނގިވަޑައި ނުގަންނަވާކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

“ރީބްރޯޑްކާސްޓު ކުރާއިރު… މިސާލަކަށް އަޅުގަނޑަކަށް ނޭނގޭ ލައިވް އެއްޗެއްގައި ފިޔަވަޅު އަޅާކަމެއް.. ދެން އޭގެ ފަހުން ވެސް އެ ރީބްރޯޑްކާސްޓު ކުރާއިރު ބަޔާންތަކެއް ނެރެފައި އޮއްވައި ވެސްކޮށްފި ނަމަ ފިޔަވަޅު އަޅާފާނެ ކަންނޭނގެ.. އަޅުގަނޑަކަށް ނޭނގެ އޭގެ ގާނޫނީ ތަރުޖަމާއެއް..” ރައީސް ޔާމީން

މި ގާނޫނު އެކުލަވާލަން ޖެހުނު ސަބަބެއްކަމަށް ރައީސް ޔާމީން ވިދާޅުވީ އެއްވެސް ބަލާލުމެއް ނެތި ބައެއްގެ ވާހަކަތައް ފަތުރަމުން ދިއުމެވެ. އަދި ބޭނުން މީހަކަށް އަމާޒުކޮށް، ބޭނުން ވާހަކަތަކެއް ދައްކަމުން ގެންދިޔަ އިރު އަބުރު ރައްކާތެރި ކުރުމުގެ މުހިންމުކަމަށް އެމަނިކުފާނު އަލިއަޅުއްވާލެއްވި އެވެ.

“ސިވިލައިޒްޑް ސޮސައިޓީތަކުގައި ވެސް މީހުންގެ އަބުރަކަށް އަރައިނުގަންނާނެ” ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ ވާހަކައެއް ދައްކާނަމަ އެ ވާހަކައެއް ދައްކަންވީ ހަގީގަތާއި އެއްގޮތަށް ކަމަށެވެ. އަދި އެ ނޫން ޙާލަތްތައް މެދުވެރިވުމުން ދުނިޔޭގެ ކޮންމެ ގައުމެއްގައި ވެސް ދައުވާ ކުރެވޭކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

“ޖާނަލިސްޓުން ވެސް މީހުންގެ އަބުރަށް އަރައިގަންނަ ފަދަ ވާހަކައެއް، މީހުންގެ ކަރާމާތް ގެއްލޭ ފަދަ ވާހަކައެއް ނޫހެއްގައި ވެސް އަދި އެ ނޫން ގޮތަކަށް ވެސް ބްރޯޑްކާސްޓު ކުރެވިގެންނެއް ނުވާނެ… އޭގައި ކިހާވަރެއްގެ ހަގީގަތެއްތޯ ވެރިފިކޭޝަނެއް ތޯ އޮތީ ބަލާފައި ނޫނީ..” ރައީސް ޔާމީން

ރާއްޖޭގައި ހިންގާ މީޑިއާތަކާއި ނޫސްވެރިންނަށް ސަރުކާރުގެ ދިފާއުގައި ރިޕޯޓުތައް ގެނެސް ދިނުމަށް އިންޑިއާގެ އެމްބަސީން ހަރަދު ކުރާކަމަށް ރައީސް ޔާމީން ތުހުމަތު ކުރައްވަ އެވެ.

މިދިޔަ ސަރުކާރުގައި އެކުލަވާލި އަބުރުގެ ގާނޫނަށް ނޫސްވެރިންގެ ފާޑުކިއުންތައް އަމާޒުވީއިރު، މި ސަރުކާރުން ހެއްކާއި ބެހޭ ގާނޫނަށް މަސްދަރު ހާމަ ކުރަން މަޖުބޫރު ކުރާ މާއްދާއެއް ހިމެނުމުން އެކަމަ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: