ދިރާގުގެ ޕޯސްޓް ޕެއިޑް ހިދުމަތް ބައްލަވައިގަނެގެން، ޔޫއޭއީ އަށް ދަތުރު ކުރެއްވުމަށް ފުރުސަތެއް ހުޅުވާލައިފިއެވެ.
ދިރާގުން އާންމުކޮށްފައިވާގޮތުން، ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ހާއްސަ ޕްރޮމޯޝަންގެ ނަސީބު ވެރިންނަށް ފުރުސަތު ލިބިގެންދަނީ ޑުބާއީ، އަބޫދާބީ އަދި އިސްތަމްބުލްއަށް ވަޑައިގަތުމަށެވެ.
ނަސީބު ވެރިޔަކަށް ލިބޭނީ ދެމީހެއްގެ ދެކޮޅު ޓިކެޓެވެ. އަދި ވިޔަފާރި ކުރުމަށް އެލޮވެންސެއްގެ ގޮތުގައި 1000 ޑޮލަރު ދޭނެކަމަށާއި، އިސްތަމްބުލް އަދި ޑުބާއީގެ ކަންކަން ބެއްލެވުމަށްވެސް ދިރާގުން ފުރުސަތު ފަހިކޮށްދޭނެކަމަށް ބުނެފައިވެއެވެ.
Subscribe to any Dhiraagu Postpaid Plan & Win a Holiday in 3 Cities! ✈️🧡
Apply now & get:
🔹 Upto 20% discount on your Monthly Rental for 3 months
🔹 No deposit required
🔹 Extra FREE DATA for 3 monthsMore info 👉🏽 https://t.co/iOqvMTvEd1#BestValuePostpaid pic.twitter.com/JkBQ3sOLQP
— Dhiraagu (@Dhiraagu) September 3, 2022
މީގެ އިތުރުން 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ދިރާގުން އަލަށް ޕޯސްޓް ޕެއިޑްގެ ހިދުމަތްތައް ބައްލަވައިގަންނަ ކޮންމެ ފަރާތަކަށްވެސް މަހަކަށް ދައްކާ އަދަދުން 20 އިންސައްތައާއި ހަމައަށް ޑިސްކައުންޓެއް ލިބިގެންދާނެކަމަށްވެސް ބުނެފައިވެއެވެ.
މި ވަގުތީ އޮފަރ ކުރިއަށް ގެންދާނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

