ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނީ ބަހަށް ޓެކްސީ ޑްރައިވާސް ޔޫނިއަންގެ ފާޑުކިއުން: ”މާލެއަށް ގެންނަން ވީ ދިހަ ހާސް ކުރޮޅި“!

މަލޭގައި މިނީ ބަހުގެ ހިދުމަތް ދޭން ފެށުން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެހެން މީހުންގެ ހައްގުތަކަށް ދަތިކަމާއި އުނިކަން ލިބޭ ގޮތަށް މާލޭގެ ހަލަބޮލި މާހައުލަށް ނުކަތާ ވަރުގެ ބަސްތަކެއް ފައްތައިގެން ނަމެއްގައި ހިދުމަތް ދިނުން ބުއްދިވެރިއެއް ނޫންކަމަށް ބުނެ، މިނީ ބަހުގެ ހިދުމަތަށް ޓެކްސީ ޑްރައިވަރުންގެ ޔޫނިއަންއިން ފާޑުކިޔައިފި އެވެ.

ރާއްޖޭގައި މިނީ ބަހުގެ ހިދުމަތް މިއަދު ފެށިއިރު، މިއީ ދުނިޔޭގެ އެތައް ގައުމެއްގައި އަމަލު ކުރަމުން އަންނަ އާއްމު ދަތުރުފަތުރުގެ ނިޒާމެކެވެ. އަގުތަކާއި މެދު ހިތްހަމަނުޖެހުން ފާޅުކޮށް، ޓެކްސީތަކަށް ބޭނުން އަގެއް ކަނޑައެޅުމުގެ ފުރުސަތު އޮންނަން ޖެހޭނެކަމަށް ބުނެ މީގެ ކުރިން ވެސް ޑްރައިވަރުން އިހުތިޖާޖު ކުރި އެވެ. އަދި މިނީ ބަހުގެ ހިދުމަތް ތައާރަފު ކުރުމުގެ ވާހަކަތައް ދެކެވެމުން އެއީ ޑްރައިވަރުންގެ އާމްދަނީވެ މަގު ބަންދު ކުރުންކަމަށް ސިފަކޮށް އެކަމާއި ދެކޮޅަށް ވެސް އަޑުއުފުލާފައި ވެއެވެ.

އާއްމުންގެ ބޮޑު ސަމާލުކަމަކާއި، ތަރުހީބު ލިބިގެން ދިޔަ މި ހިދުމަތަށް ބުރޫއަރާ ގޮތަކަށް ނުވަތަ ގަސްތުގައި ޖެއްސުން ކުރާ ބަޔަކާއި މެދު ފިޔަވަޅު އަޅާނެކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި ބަސް ހުއްޓިތަކުގައި ޕާކު ކުރުން ފާހަގަ ކުރެވިއްޖެ ނަމަ އެ އުޅަނދުތައް ޓޯ ކުރަން ޖެހިއްޖެ ހާލަތެއްގައި އެ ފިޔަވަޅު އަޅާނެކަމަށް ވެސް ފުލުހުން ބުންޏެވެ.

ޑްރައިވާސް ޔުނިއަންއިން އާއްމު ކުރި ޕޯސްޓެއްގައި މިނީ ބަހުގެ ހިދުމަތަށް ފާޑުކިޔައި ބުނީ، އެކަށީގެންވާ ރަނގަޅު އިތުބާރެއް ހިފޭ ޕަބްލިކް ޓްރާންސްޕޯޓު ހިދުމަތެއް އާއްމު ރައްޔިތުންނަށް ފޯރުކޮށްދިނުން އެއީ ސަރުކާރުގެ ވަރަށް ރަނގަޅު ފިޔަވަޅެއް ކަމަށެވެ. ނަމަވެސް އެހެން މީހުންގެ ހައްގުތަކަށް ދަތިކަމާއި އުނިކަން ލިބޭ ގޮތަށް މާލޭގެ ހަލަބޮލި މާހައުލަށް ނުކަތާ ވަރުގެ ބަސްތަކެއް ފައްތައިގެން ނަމެއްގައި ހިދުމަތް ދިނުން އެއީ ބުއްދިވެރި ވިސްނުމެއް ނޫންކަށް ބުންޏެވެ.

ޔޫނިއަންއިން ބުނެފައި ވަނީ އަމިއްލަ ވަކިވަކި ފަރުދުންތަކެއް، ބޮޑު ހޭދައެއްކޮށް ކާރުތަކެއް ގަނެގެން ހިދުމަތް ފޯރުކޮށްދީގެން އާމްދަނީ ހޯދާ ޓެކްސީގެ ހިދުމަތް އެއީ ސަރުކާރުގެ ޕަބްލިކް ޓްރާންސްޕޯޓުކަމަށް ރައްޔިތުންނަށް ވިސްނޭ ގޮތަށް، ކަމާއި ގުޅުން ހުރި ވުޒާރާ ޓްރާންސްޕޯޓު މިނިސްޓްރީގެ އަމަލުތައް ބެހެއްޓުން ރަނގަޅެއް ނޫން ކަމަށެވެ.

”އެހެންމީހުންގެ ހައްގުތަކަށް ދަތިކަމާއި އުނިކަމެއް ލިބޭގޮތަށް، މާލޭގެ ހަލަބޮލި މާހައުލަށް މަގުތަކަށް ނުކަތާ ވަރުގެ ބަސްތަކެއް ގަދަކަމުން ފައްތައިގެން ނަމެއްގަ ރަގަޅު ޚިދުމަތެއް ދޭން އުޅުން ބުއްދިވެރި އެއް ނޫން.. އަމިއްލަ ވަކިވަކި ފަރުދުން ތަކެއް އަމިއްލަ އަށް ބޮޑު ހޭދަކޮށްގެން އަމިއްލައަށް ކާރު ގަނެގެން ޚިދުމަތް ފޯރުކޮށްދީގެން އާމްދަނީ ހޯދާޓެކްސީ ޚިދުމަތަކީ ސަރުކާރުން ފޯރުކޮށްދޭ ޕަބްލިކް ޓްރާންސްޕޯޓް ކަމަށް ރައްޔިތުންނަށް ވިސްނޭ ގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީގެ އަމަލުތައް ބެހެއްޓުން ވެސް ބުއްދިވެރި އެއް ނޫން“ ޓެކްސީ ޔޫނިއަން

ޓެކްސީގެ ހިދުމަތް ދިނުމުގައި އެހެން ދަތުރުފަތުރުތަކާއި ބެހޭ ނިޒާމުތަކާއި އެއްގޮތަށް އަމިއްލަ އަގުތައް ކަނޑައެޅުމުގެ ފުރުސަތު ދޭން މީގެ ކުރިން ޑްރައިވަރުން ގޮވާލި އެވެ. އަދި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި ރާއްޖޭގެ މާކެޓަށް އޭގެ އަސަރު ކުރުމުން ކުރި އިހުތިޖާޖުތަކަށް ފަހު މިނިސްޓްރީން ވަނީ ޓެކްސީތަކުގެ އަގަށް ބަދަލު ގެނެސްފަ އެވެ. ނަމަވެސް އެ އަގުތަކާއި މެދު ޑްރައިވަރުން ނުރުހުންފާޅު ކުރި އެވެ.

ބަހުގެ ހިދުމަތުގެ އަގު އެމްޓީސީސީން ކަނޑައެޅުމާއި، ފްލައިޓުތަކުގެ ދަތުރު މޯލްޑިވިއަން އަދި ރަށްތަކުގެ ފެރީ ލޯންޗުތަކުގެ އަގު އެ އޮޕަރޭޓު ކުރާ ބަޔަކު ކަނޑައަޅާނަމަ އެ ފުރުސަތު ޓެކްސީތަކަށް އޮންނަން ޖެހޭކަމަށް ބަޔާނުގައި ވެއެވެ. ބަޔާނުގައި ވަނީ މަސްދަތުރުތަކުގެ ލޯންޗުތަކުން ވެސް އަގު ކަނޑައަޅަނީ އެވަގުތަކު ކެޕްޓަނުގެ ހިތަށް އަންނަ އަގެއްކަމަށެވެ. އަދި ރެސްޓޯރަންޓު ކެފޭތަކުގައި ހިދުމަތުގެ އަގު ކަނޑައަޅަނީ އިކޮނޮމިކް މިނިސްޓްރީން ޏޫންކަމަށް ވެއެވެ. އަދި ކްލިނިކްތަކުން ވެސް އެ މީހުންގެ އަގުތައް ކަނޑައަޅައި، އަމިއްލަ ފަރުދުންވެސް އެ މީހުންގެ ވިޔަފާރީގެ ހިދުމަތްތަކުގެ އަގު އަމިއްލައިން ކަނޑައަޅާކަމަށް ބަޔާނުގައި ވެއެވެ.

”ބަހުގެ ޚިދުމަތުގެ އަގު އެމް.ޓީ.ސީ.ސީން ކަނޑަ އަޅަނީ.. ފްލައިޓް ތަކުގެ ޓިކެޓް އަގު މޯލްޑިވިއަން އިން ކަނޑައަޅަނީ.. ރައްރަށަށް ދަތުރު ކުރާ ލޯންޗް ފެރީ ތަކުގެ ޓިކެޓް އަގު ލޯންޗް އޮޕަރޭޓް ކުރާ ފަރާތުން ކަނޑަ އަޅަނީ.. މަސްދަތުރު ދާން ލޯންޗް އަށް ގުޅާލީމަ ކެޕްޓަން ވިސްނާލާފަ އަގެއް ކަނޑައަޅަނީ.. ރެސްޓޯރަންޓް ތަކުން ދޭ ޚިދުމަތުގެ އަގު ކަނޑަ އަޅަނީ އިކޮނޮމިކް މިމިސްޓްރީ އަކުން ނޫން.. ރެސްޓޯރެންޓް އިން ކަނޑައަޅަނީ. ކްލިިނިކް ތަކާ ހޮސްޕިޓަލް ތަކުމް ދޭ ޚިދުމަތް ތަކުގެ އަގު ކަނޑައަޅަނީ ހެލްތް މިނިސްޓްރީ އަކުން ނޫން.. ހޮސްޕިޓަލް އާ ކްލިނިކް އިން އަގު ކަނޑައަޅަނީ.. އަމިއްލަ ފަރުދުންގެ ޓެކްސީ ވިޔަފާރި ޚިދުމަތް އަގު ކަނޑައަޅަނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އިން.. އެވެސް ޤާނޫނުތަކާ ފުށުއަރާގޮތަށް ހަދާފަ އޮތް ދޯހަޅި ގަވައިދަކުން..” ޓެކްސީ ޔުނިއަން
ބަހުގެ ހިދުމަތަށް ފާޑުކިޔައި ޓެކްސީ ޑްރައިވަރުންގެ ޔޫނިއަންއިން ބުނެފައި ވަނީ އެމްޓީސީސީއަށް ގެންނަން ވީ 10،000 ކުރޮޅިކަމަށެވެ. އަދި އެ 24 ގަޑިއިރު ކުންފުނީގެ މުވައްޒަފުން މެދުވެރިކޮށް އޮޕަރޭޓު ކުރުމަށް ގޮވާލި އެވެ.
“ޚިޔާލު: އެމް. ޓީ. ސީ. ސީ އަށް ގެންނަން ވީ 10,000 ވަރަކަށް ކުރޮޅި… ގެނެއްސަ އެމް.ޓީ.ސީ.ސީ މުއައްޒަފުން ލައިގެން 24 ގަޑިއިރު އޮޕަރޭޓް ކުރަންވީ.. އޭރުން ހަނި ގޯޅި ތަކަށްވެސް ޗޫސް ޗޫސް ލާފަ ވަދެލެވޭނެ..“ ޓެކްސީ ޔޫނިއަން
މާލޭގައި މިނީ ބަހުގެ ހިދުމަތް ދޭން ފަށާފައި މިވަނީ، އެކަމަށް ގިނަ ރައްޔިތުން ގޮވާލަމުން ދިޔަ ވަގުތެއްގަ އެވެ. ބައެއް ޓެކްސީތަކުން ފަސިންޖަރުން ދަތުރުތަކުގެ މެދުތެރެއިން ޓެކްސީތަކުން ފައިބަން އެންގުމާއި، ވާރޭ ވެހޭ ދުވަސްތަކުގައި ދަތުރުތައް ނުކުރުމާއި ބަލި މީހުންނާއި ކުޑަކުދިން ޓެކްސީތަކަށް ނާރުވާ މައްސަލަތައް ދޭތެރެއަކުން ސޯޝަލް މީޑިއާގައި ފެންމަތި ވެއެވެ.
ވަރަށް ގަދަ
49%ވަރަށް ގަދަ 2%ވަރަށް ގަޔާވޭ 40%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 9%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

7 Responses

  1. ހަޖަމް ނުވީ ދޯ؟ސަރުކާރުން ބަލަންވާނީ ވަކިމީހެއްގެ ޖީބަށް ބަރުވާ ގޮތަކަށްނުން. ގައުމުގެ ހުރިހާ ރައްޔިތުންގެ ޖީބަށް ލުއިވާ ގޮތަށް.ބަރާބަރު ކަމެއް އެއީ.އެކަށީގެންވާއަގެއްގަ ޓެކުސީ މީހުންވެސް ދަތުރު ކުރޭ.އެއިރުން ރައްޔިތުންވެސް ދަތުރު ކުރާނެ.ތެޔޮ އަގުބޮޑުވެއްޖެއްޔާ ހީވަނީ މޮޔަވެގެން އުޅޭހެން .ވަގުތުން ދަތުރުގެ އަގު ބޮޑުކުރީ.އެކަމަކު ހެޔޮވެއްޖެއްޔާ އިނގޭ ކަމަކަށްވެސް ނެހެދޭ. ނަހޫ ބަރާބަރު.ދޫނުދޭތި.

  2. ޓެކްސީ ޑުރައިވަރުން ހިތުހުރި އަގެއްނަގާން ދޫކޮށްގެންނުވާނެ ބަސްދަތުރަށް ރަށްޔިތުން ސާބަސްދެން އަދިވެސް އިތުރުބަސް ގެނެގެންވެސް 5 ރުފިޔާ އަށްވެސް ދަތުރުކުރަންވީ ޓެކުސީ ދުއްވާމީހުން ދެމަހުން ކާރެއްގެ އަގުހޯދާ ވަރަށް ވަރަށްސާފް

  3. މާލޭ ގަ ޓެކްސީއެއް ހޯދާގެން ގަޑި އަކަށް ތާކަށް ދިއުން އެއީ ފަސޭހަ ކަމެއް ނޫން. ފަހަރަކު ސެންޓަރަކަށް ގުޅާގެން ވެސް ގިނަ ފަހަރަށް އިންނާނީ ޓެކްސީ އެއް ނުލިބިފަ. މާލެއިން ހުޅުމާލެ އައް ނޫނީ ދަތުރު ނުކޮށްދޭ ޑްރައިވަރުން ވެސް މަދެއް ނޫން. ދަތުރު ކޮށްދޭ އަގުތައް ވެސް އުޅެނީ އަތް ނުފޯރާ ފަށުގަ. މާލެގަ ޓެކްސީ ހިދުމަތަށް ބަރޯސާ ވެވޭކަށް ނީދޭ. ބަހުގެ ހިދުމަތް ފެށީމަ އެއީ ވަރަށް ބޮޑު ލުއި ފަސޭހައެއް އާންމު ރައްޔިތުންނަށް ލިބިގެން ދިޔަ. ޓެކްސީ ޑްރައިވަރުން ހިތަށް އެރި އަގެއް ނަގަމުން ރައްޔިތުން ގެ ލޭބޮމުން ދިޔައީ. މަޖުބޫރު ވެގެން އެނޫން ގޮތެއް އޭރު ނެތިގެން އަގު ބޮޑުކޮށް ވެސް ދަތުރު ކުރީ. ދެން ސަރުކާރުން ވީ އިތުރު ޓެކްސީތަކަށް ހުއްދަ ދިނުން މަޑުޖައްސާލާ ފަ، ޓެކްސީތައް ލިމިޓު ކުރަން. އޭރުން މަގުތަކު ގެ ތޮއްޖެހުން ވެސް ހައްލު ކުރެވޭނެ. ރައްޔިތުން ގެ ޖީބުތަކަށް ވެސް ލިބުނު ވަރަށް ބޮޑު ލުޔެއްމީ. ޓެކްސީ ޑްރައިވަރުން ހިތްހަމަ ނުޖެހޭނެ، އެއީ މީގެކުރިން އެންމެ އާދާގެ ރައްޔިތުން ގެ ވެސް ލޭ ބޮމުން ދިޔަ ބަޔަކަށް އެކަން ނުވާ ގޮތް ވީމަ. ބަހުގެ ހިދުމަތް ފެށީމަ ޓެކްސީ ޑްރައިވަރުން ހިތްހަމަ ނުޖެހެންވީ ސަބަބެއް ނޫން އެއީ. ޓެކްސީގަ ދަތުރު ކުރާނެހާ ފޯރުންތެރި ކަން ވެސް ހުރި މީހުން ވެސް މަދެއް ނުވާނެ. ނިކަމެތި މީހާގެ އަތުން ވެސް ލާރި ކޮޅު ހޯދަން މިޑްރައިވަރުން ބޭނުން ވަނީ އަދިވެސް.

  4. ތިކުރަނީ ކަމަކަށްކަމެއް މާލެއަށް މިނީ ބަހެއް ބޭނުމެއްނުވޭ ތިބަސްތަކުގެ ސަބަބުން ސައިކަލް ބަހައްޓާލާނެ ތަންކޮޅެއް މިހާރު ނެތެވެ. މުޅިންވެސް އަޅަނީ ޅަ އެއްޗެހި ހަރުއެއްޗެއް ނައަޅައެވެ.

  5. ޓެކްސީތައް ތީ މާ މަތީގަ އުޅޭ ބައެއް. ވާ ފަސޭހައަށް ވުރެ އުނދަނގޫ ބޮޑު ތިޔަ މީހުންގެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: