ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަސްރޫޓަށް އުނދަގޫވާ ގޮތަށް ޕާކު ކުރާނަމަ ސްޓިކާ ޖަހާނެކަމުގެ އިންޒާރު

ޤަވައިދާއި ހިލާފަށް ޕާކް ކޮށްފައި ހުރި 481 ވެހިކަލެއްގައި ފުލުހުން ސްޓިކާ ޖަހައިފި. ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި އަލަށް ފަށާފައިވާ ބަސް ރޫޓަށް އުނދަގޫވާ ގޮތަށް ނުގަވައިދުން ޕާކުކުރާ ނަމަ ސްޓިކާ ޖަހާނެ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ގަވާއިދާއި ހިލާފަށް ޕާކު ކުރާ ނަމަ ސްޓިކާ ޖަހާނެ ކަމުގެ އިންޒާރު ފުލުހުން ދިން އިރު، އެ އިދާރާއިން ވަނީ އެފަދަ ވެހިކަލްތައް ޓޯކުރަން ޖެހިއްޖެ ހާލަތެއްގައި ޓޯ ކުރާނެ ކަމަށް ވެސް ބުނެފައެވެ. އަދި ފުލުހުން މިހާރު ވަނީ ނުގަވައިދުން ޕާކު ކުރާ ވެހިކަލްތަކުގައި ޕާކިން ވަޔަލޭޝަން ސްޓިކާ ޖަހަން ވެސް ފަށާފައެވެ.

މިނީ ބަހުގެ ހިދުމަތް ފެށީ މާލޭގެ ބައެއް މަގުތަކުގައި އުޅަނދު ޕާކު ކުރުން މަނާކޮށް، ޕާކު ކުރުމުގެ އިންތިޒާމްތަކަށް ބަދަލުތަކެއް ގެނައުމަށްފަހުއެވެ. އެގޮތުން މާލޭގެ މައި މަގު މަޖީދީ މަގުގައި ވަނީ ޕާކުކުރުން މަނާކޮށްފައެވެ.

މިކަމާއި ގުޅިގެން ގިނަ ބަޔަކު ނުރުހުންވުން ފާޅުކުރިއިރު، މިނީ ބަހުގެ ހިދުމަތަށް ބައެއް ފަރާތްތަކުން ވަނީ ފާޑުކިޔުންވެސް އަމާޒުކޮށްފައެވެ.

އެގޮތުން ޑްރައިވާސް ޔުނިއަންއިން އާއްމު ކުރި ޕޯސްޓެއްގައި މިނީ ބަހުގެ ހިދުމަތަށް ފާޑުކިޔައި ބުނީ، އެކަށީގެންވާ ރަނގަޅު އިތުބާރެއް ހިފޭ ޕަބްލިކް ޓްރާންސްޕޯޓު ހިދުމަތެއް އާއްމު ރައްޔިތުންނަށް ފޯރުކޮށްދިނުން އެއީ ސަރުކާރުގެ ވަރަށް ރަނގަޅު ފިޔަވަޅެއް ކަމަށެވެ. ނަމަވެސް އެހެން މީހުންގެ ހައްގުތަކަށް ދަތިކަމާއި އުނިކަން ލިބޭ ގޮތަށް މާލޭގެ ހަލަބޮލި މާހައުލަށް ނުކަތާ ވަރުގެ ބަސްތަކެއް ފައްތައިގެން ނަމެއްގައި ހިދުމަތް ދިނުން އެއީ ބުއްދިވެރި ވިސްނުމެއް ނޫންކަށް ބުންޏެވެ.

ޔޫނިއަންއިން ބުނެފައި ވަނީ އަމިއްލަ ވަކިވަކި ފަރުދުންތަކެއް، ބޮޑު ހޭދައެއްކޮށް ކާރުތަކެއް ގަނެގެން ހިދުމަތް ފޯރުކޮށްދީގެން އާމްދަނީ ހޯދާ ޓެކްސީގެ ހިދުމަތް އެއީ ސަރުކާރުގެ ޕަބްލިކް ޓްރާންސްޕޯޓުކަމަށް ރައްޔިތުންނަށް ވިސްނޭ ގޮތަށް، ކަމާއި ގުޅުން ހުރި ވުޒާރާ ޓްރާންސްޕޯޓު މިނިސްޓްރީގެ އަމަލުތައް ބެހެއްޓުން ރަނގަޅެއް ނޫން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: