ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެދެނީ ވެހިކަލް ޕާކް ކުރަން ހަމަޖެހިފައިވާ ތަންތާ ޕާކް ކުރެއްވުމަށް: އާދަމް އާޒިމް

ސީއީއޯ އާދަމް އާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެހިކަލް ޕާކް ކުރަން ހަމަޖެހިފައި ހުންނަ ތަންތަނުގައި ޕާކް ކުރެއްވުމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އެދިވަޑައިގެންފިއެވެ.

އޭނާ މިފަދައިން ފާހަގަކުރައްވާފައިވަނީ މާލޭގައި 11 އަހަރަށްފަހު މިނީ ބަހުގެ ހިދުމަތް ފެށުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

އާދަމް އާޒިމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލޭގައި ބަސް ދަތުރުތައް ފެށުމުން ވަރަށް ބޮޑު ތަރުހީބެއް ލިބިގެންދާ ކަން އުފަލާ އެކުގައި ފާހަގަ ކުރައްވާ ކަމަށެވެ. އާޒިމް ވަނީ މިކަމުގައި ރަތްޔިތުންދެއްވާ އެއްބާރުލުން ފާހަގަކުރައްވާ ޝުކުރު އަދާކޮށްފައެވެ. އަދި އާޒިމް އެދިލައްވާފައިވަނީ ވެހިކަލްތައް ޕާކްކުރުމަށްޓަކައި ކަނޑައެޅިފައިޥާ ސަރަހައްދުތަކުގައި ޕާތިކުކުރުމަށެވެ. މިފަދައިން އޭނާ ފާހަގަކުރެއްވިއިރު، މި ހިދުމަތް މާލޭގައި ފެށުމަށްޓަކައި މަޖީދީ މަގުގައި ޕާކްކުރުން ވަނީ މަނާ ކޮށްފައެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ ދަށުން މާލޭގައި އެމްޓީސީސީން މިނީ ބަހުގެ ހިދުމަތް ދޭން ފެށުމާއެކު އިއްޔެ އެކަނި ވެސް 2،257 މީހުން ބަސްތަކުގައި ދަތުރުކޮށްފައިވާކަމަށް އާދަމް އާޒިމްގެ ޓުވީޓުގައި ފާހަގަކޮށްފައިވެއެވެ.

ބަހުގެ ދަތުރުތައް އޮންނާނީ ކޮންމެ ދުވަހެއްގެ ވެސް ފަތިހު 5:45 އިން ދަންވަރު 12:15 އަށެވެ. ބަސް ދަތުރުކުރުމަށް ތިން ރޫޓެއް ކަނޑައަޅާފައިވާއިރު، 40 ބަސް ހުއްޓި ވަނީ ހަދައިފައެވެ. އެ އިން ކޮންމެ ސަރަހައްދަކަށް ވެސް 10 މިނެޓާއި 15 މިނެޓާ ދެމެދު ބަސް ދަތުރުކުރާނެއެވެ.

އާރްޓީއެލްގެ 18 މިނީ ބަސް ހިމެނޭ އިރު، އޭގެ ތެރެއިން 8 ބަހަކީ 20 ސީޓާއެކު ފުރޮޅުލީ ގޮނޑީގައި އުޅޭ މީހުންނަށް ފަސޭހައިން އަރައިފޭބޭނެ ގޮތަށް ރޭމްޕް ހުންނަ ބަސްތަކެކެވެ. ބާކީ ބަސްތަކުގައި 22 ސީޓު ހުންނާނެއެވެ. ހުރިހާ ބަހެއްގައި ވެސް އިތުރު 10 މީހުންނަށް ކޮއްޅަށް ތިބެވޭނެހެން ހޭންޑްލް ހުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: