ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ވިސްނުމަކީ އިއްޒަތްތެރި ގަދަރުވެރި ރައްޔިތަކު ހޯދައިދިނުން: އާޒިމް

ފޮޓޯ: ވަގުތު އިމޭޖަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ވިސްނުމަކީ އިއްޒަތްތެރި ގަދަރުވެރި ރައްޔިތަކު ހޯދައިދިނުން ކަމަށާއި އަދި އެ ޕާޓީއަކީ މިނިވަންކަން ހޯދައިދިން ޕާޓީ ކަމަށް މާލެ ސިޓީގެ އިންތިހާބީ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ މޭޔަރު އިންތިހާބުގެ ގޮނޑި އާޒިމް ކާމިޔާބު ކުރެއްވުމުން އެ ކާމިޔާބީ ފާހަގަކުރެއްވުމަށް “ޝުކުރިއްޔާ ރައްޔިތުން”ގެ ނަމުގައި އެމްޑީޕީން ވަނީ ސަލްޓަން ޕާކުގައި ހަރަކާތެއް ބާއްވާފައެވެ. މި ހަރަކާތުގައި އާޒިމް ވިދާޅުވީ އެމްޑީޕީން މީގެ ކުރިންވެސް ރައްޔިތުން ސަލާން ޖެހުން ހުއްޓުމުކަށް ގެނެސްފައިވާ ކަމަށެވެ. އެގޮތުން ބޭސްސިޓީ އަށް ސަލާން ޖެހުން ހުއްޓުމަކަށް ގެނެސްފައި ވާކަމާއި، އެކަނިވެރި މައިންނަށް އެލެވެންސް ދިނުމާއި، އަދި ދުވަސްވީ މީހުންނަށް ދޭ އިނާޔަތްވެސް ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު ދިމާވެފައިވާ އެންމެ ބޮޑު އެއްމަސަލަ އަކީ ގެދޮރުވެރި ކަމުގެ މައްސަލަ ކަމަށާއި އެގޮތުން ގެދޮރު ބޭނުންވެފައިވާ ކޮންމެ ރައްޔިތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވަނީ ގެދޮރުގެ ކަންކަން ހަމަޖައްސައިދެއްވާފައި ކަމަށް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ މިއަދު މޭޔަރު ކަމަށް ވަޑައިގެން ކުރައްވާނެ ކަމަކީ ގިރާވަރު ފަޅާއި، ގުޅީފަޅާއި އަދި ފުށިދިއްގަރު ފަޅަށް ރައްޔިތުން ގެންދިއުން ކަމަށެވެ. އަދި މީގެ އިތުރުންވެސް ހުޅުމާލެ ތިންވަނަ ފިޔަވަހީގައި ހުރި ތަންތަން ރައްޔޮތުންނަށް ކަށަވަރުކޮށްދޭން ކަމަށެވެ.

މޭޔަރު ކަމަށް ވަޑައިގަންނަނީ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދެއްވަން ކަމަށާއި އަދި މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލުގެނެސް ދިނުމަށް ކަމަށް އާޒިމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: