ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕެޓް ކެއާ ފެސިލިޓީ ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ޕެޓް ކެއަރ ޝެލްޓާގެ އަމަލީ މަސައްކަތް ފެށުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ޕެޓް ކެއާ ފެސިލިޓީ ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ޕެޓް ކެއަރ ޝެލްޓާ ގާއިމް ކުރަނީ ހުޅުމާލެ ފަރުކޮޅު ފުށީގައެވެ. ފަރުކޮޅުފުށީ ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް އިފްތިތާހުކޮށްދެއްވީ، މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް އާއި، މިނިސްޓްރީ އޮފް އެގްރިިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ ސްޓޭޓް މިނިސްޓަރ މަރިޔަމް ވިޝާމް އަހުމަދެވެ.

މި ބައްދަލުވުމުގެ ތެރެއިން އާޒިމް ނޫސްވެރިންނަށް މައުލޫމާތު ދެއްވިއެވެ. އެގޮތުން ވިދާޅުވީ މިއަދު ފަށަނީ މި ޝެލްޓާގެ ފެންސްގެ މަސައްކަތްކަމަށެވެ. 20 ދުވަސް ތެރޭގައި މި މަސައްކަތް ނިންމާލާނެކަމަށާއި، މުޅި މަސައްކަތް ފުރިހަމަ ކުރާނީ 2 މަސްކަމަށް ވިދާޅުވިއެވެ. ކައުންސިލްގެ އަމާޒު ހުރީ ވިހާވެސް އަވަހަކަށް މި މަސައްކަތް ނިންމާލުމަށްކަމަށައި، މިއީ ސަރުކާރުންވެސް ވަރަށް ބޮޑަށް ބާރުއަޅާ މަސައްކަތެއްކަމަށް އާޒިމް ވިދާޅުވިއެވެ.

ބުޅަލުގެ މައްސަލައަކީ މާލޭގެ ރައްޔިތުންނަށް ދަތިވެފައިވާ މައްސަލައެއްކަމަށް ފާހަގަކޮށް އާޒިމް ވިދާޅުވީ މުޖުތަމައުއެއް އުފެދި ކުރިއަށްދާނީ ލޯތްބާއި އޯގާތެރިކަމާއިއެކުކަމަށެވެ. ޖަނަވާރު ދެކެ ލޯބިވާ މުޖުތަމައު އަކީ ވަރަށް އޯގާތެރި މުޖުތަމައުއަކަށްވާނެކަމަށް އާޒިމް ވިދާޅުވިއެވެ. މި ޝެލްޓާގައި ބުޅާތައް ނިއުޓަރ ކޮށް، ގެންގުޅޭނެކަމަށްވެސް ފާހަގަކުރެއްވިއެވެ.

ސަރުކާރުންވެސް ވަރަށް ބޮޑަށް ބާރު އެބަ އަޅާ މި މަސައްކަތް އަވަހަށް ކުރުމަށް، ކައުންސިލުން ވެސް މަސައްކަތް ކުރަމުން ގެންދަނީ އެ އަމާޒަށް.

އާޒިމް ވިދާޅުވިއެވެ.

ބުޅާތައް ބެލެހެއްޓުމަށް ގާއިމްކުރާ ޝެލްޓާގައި 500 އަކަފޫޓު ހުންނައިރު، މިތަނުގެ މަސައްކަތް ނިމޭއިރު، ބުޅަލަށް ހާއްސަ ހޮޓަލެއްގެ އިތުރުން، ފާކަކާއި ފިހާރައެއްވެސް ހުންނާނެކަމަށް ވިދާޅުވިއެވެ. އަދި ފަރުވާދެވޭ އިންތިޒާމުވެސް ހަމަޖައްސަވާނެކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: