ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަގީ ހިދުމަތް އޮތީ 3.1 މިލިއަން ގެއްލުންވާ ގޮތަށް: މޭޔަރ

މާލޭގެ އާ މޭޔަރު އާދަމް އާޒިމް/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީ ކައުންސިލުން ބަގީގެ ހިދުމަތްތައް ދެމުން އައިސްފައިވަނީ ހޯދުމުގެ ފުރުސަތު އޮތް އެތައް މިލިއަން ރުފިޔާއެއްގެ އާމްދަނީ ނުލިބިދާ ގޮތަށްކަން މޭޔަރު އާދަމް އާޒިމް ހާމަކުރައްވައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މޭޔަރ އާޒިމްވަނީ ކައުންސިލުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. އާޒިމް ވިދާޅުވީ، ބަގީގެ ހިދުމަތްތައް އައުޓް ސޯސްކޮށްގެން ކުރިއަށް ގެންދިއުމުން މާލެ ސިޓީ ކައުންސިލުން އަހަރެއްގެ މައްޗަށް 4.7 މިލިއަން ރުފިޔާ ހޭދަކުރަންޖެހޭކަމަށެވެ.

އެހެންނަމަވެސް އެކަށީގެންވާ އަދަދަކަށް މުއައްޒަފުން ނަގައިގެން ކައުންސިލުން އެ މަސައްކަތްތައް އަމިއްލައަށް ކުރުމުން ހަރަދުވަނީ އަހަރެއްގެ މައްޗަށް 1.5 މިލިއަން ރުފިހާކަމަށް ފާހަގަކުރެއްވިއެވެ.

އެނާ ވިދާޅުވީ، އަމިއްލައަށް އެ މަސައްކަތްތައް ކުރުމުން ފައިދާގެ ގޮތުގައި ކައުންސިލަށް 3.1 މިލިއަން ރުފިޔާ ލިބިގެންދާކަމަށެވެ.  އޭނާ ވިދާޅުވީ އެއީވެސް ހިދުމަތް ރަނގަޅުކުރުމުގެ އިތުރުން ކުރެވިދާނެ ކަމެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: