ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި އިތުރު 3 މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރު ކުރި އަލަމްގިރި އަލަމްގިރި
ޝެއާރކޮށްލާ ކަހަލަދޯ؟

ބަނގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި 3 މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި އިތުރު 3 މޫހަކު ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 6 ވަނަ ދުވަހުއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 45 އަހަރުގެ ފިރިހެނަކާއި 47 އަހަރުގެ ފިރިހެނެއްގެ އިތުރުން 49 އަހަރުގެ ފިރިހެނެކެވެ.

މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 45 އަހަރުގެ ފިރިހެނާގެ ބަންދަށް 5 ދުވަސް ޖަހާފައިވެއެވެ. އަދި 47 އަހަރުގެ ފިރިހެނާގެ ބަންދަށް 14 ދުވަސް ޖަހާފައިވާއިރު، 49 އަހަރުގެ ފިރިހެނާގެ ބަންދަށަވެސް ޖަހާފައިވަނީ 14 ދުވަހެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ 3 މީހުންގެ ވަނަވަރާއި، އިތުރު މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: