ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދުރޭ އިމްރާންއަށް: މަގާމުގެ ދަހިވެތިކަމުގައި ދީނުން ބޭރުވެ މުރުތައްދުވާއިރުވެސް ނޭގެނީތޯ؟

ހޯމް މިނިސްޓާ އިމްރާން އަބްދުﷲ އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ.
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރު ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް، ހޯމް މިނިސްޓާ އިމްރާން އަބްދުﷲ ގެ އަރިހުން މަގާމުގެ ދަހިވެތިކަމުގައި ދީނުން ބޭރުވެ މުރުތައްދުވާއިރުވެސް ނޭގެނީތޯ އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ސުވާލުކުރައްވައިފިއެވެ.

އަބްދުއްރަހީމް މިފަދައިން އައްސަވާ ޓުވީޓެއް ކުރެއްވީ މިއަދު ލ ގަމުގައި ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް، ސަރުކާރުން ކުރަމުންދާ މަސައްކަތަކާއި ގުޅޭގޮތުން ފެށި “ވިއަވަތި” ރާއްޖެ ކޮންފަރެންސްގެ ފެށުމުގެ ރަސްމިއްޔާތުގައި އިމްރާން ދެއްކެވި ވާހަކައިގެ މައްޗަށް އޮންލައިން މީޑިއާއެއްގައި ޝާއިއުކޮށްފައިވާ ހަބަރެއް ހިއްސާކުރައްވައެވެ.

އިމްރާން ވިދާޅުވެފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރައްވަނީ ކީރިތި ގުރުއާނުގައި އަންގަވާފައިވާ ފަދަ، އަދި ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ ކުރެއްވި ފަދަ ހެޔޮ ވެރިކަމެއްކަމަށެވެ. އޭނާ ވިދާޅުވީ ހެޔޮ ވެރިކަމެއްގަ ހުންނަންޖެހޭ އެންމެ މާތް, އެންމެ މަތިވެރި, އެންމެ މޮޅު, އެންމެ ވިދާ ބަބުޅާ ސިފައަކީ ފުރިހަމަ ސިފައިގަ އެންމެން އެކުގައި މަޝްވަރާކުރުން ކަމަށެވެ. އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަކީ ރައީސް ސާލިހު އީމާންވެލައްވާ ގޮތްކަމަށް ވިދާޅުވެ ވާހަކަދައްކަވަމުން އިމްރާން ވަނީ ރައީސް ސާލިހަށް ތައުރީފުކުރައްވާފައެވެ.

އަބްދުއްރަހީމްގެ ޓުވީޓުގައި މި ވާހަކަތަކައް ރައްދުދެއްވާ އިތުރަށް ވިދާޅުވެފައިވަނީ އަމިއްލަ އެދުން ބޮޑު ވިއަސް މިއީ ބޮޑުވަރުކަމަށެވެ. އަދި އޭނާ ސުވާލުކުރައްވާފައިވަނީ ރަސޫލާ އާއި ރައީސް ސާލިހާއި އެއްފަދަކުރުން ހެޔޮވާނީ ކިހިނެއްކަމާއިމެދުއެވެ. އިމްރާން މިފަދަ މޭރުމަކުން ވާހަކަދެއްކެވުމުން މިކަންތައް އަބްދުއްރަހީމް ސިފަކުރައްވާފައިވަނީ ޖާލިހުކަންކަމުގައެވެ.

އިމްރާންއަކީ މަގާމުގެ ދިފާއުގައި ނުވަތަ ސިޔާސީ މަންފާއަށްޓަކައި މަސައްކަތްކުރައްވާކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވާ ބޭފުޅެކެވެ.

ވަރަށް ގަދަ
36%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 64%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: