ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖިންސީ އެދުންވެރިކަން އިތުރުކުރުމަށް ބޭނުންކުރާ ދެ މާމުޔެއް ވިއްކުން މަނާކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ސެކްޝްއަލް އެންހޭންސްމެންޓް އަދި އިރެކްޓިކަލް ޑިސްފަންކްޝަނަށް (ޖިންސީ އެދުންވެރިކަން އިތުރު ކުރުމަށް) ބޭނުން ކުރާ ޑޮކްޓަރީ ބޭހެއް ކަމަށްވާ Tadalafil އަދި Sildenafil ހިމެނޭ މާމުއި ރާއްޖެ އެތެރެކޮށް ވިއްކަމުންދާތީ ސަމާލުވާން މޯލްޑިވްސް ފުޑް އެންޑް ޑަރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އަންގައިފިއެވެ.

އެމްއެފްޑީއޭ އިން ބުނީ، މި އުފެއްދުންތަކަކީ ފުރޯޑުކޮށްގެން އުފައްދާފައިވާ އުފެއްދުންތަކެއް ކަމުގައި ޔުނައިޓެޑް ސްޓޭޓްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (ޔޫއެސް އެފްޑީއޭ) އިން އެލާރޓް ކޮށްފައިވާ ކަަމަށެވެ.

އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި އުފެއްދުންތައް ބޭނުންކުރުމާއި ވިއްކުމަކީ މަނާކަމެއް ކަމަށް އެމްއެފްޑީއޭ އިން ބުނެފައި ވެއެވެ.

މި ބޭސް އެކުލެވޭ ކަމަށް ޔޫއެސް އެފްޑީއޭ އިން އެލާރޓް ކޮށްފައިވާ މާމުއިގެ ތެރެއިން ރާއްޖެއަށް އެތެެރެކޮށް ބޭނުން ކުރަމުންދާ އުފެއްދުންތަކުގެ ލިސްޓު:

 

މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް ހޮޓްލައިން ނަންބަރު 7200321 ފޯނަށް ގުޅުމަށް ވަނީ އެދިފައެވެ.

ވަރަށް ގަދަ
32%ވަރަށް ގަދަ 9%ވަރަށް ގަޔާވޭ 51%ބޮޑު ޖޯކެއް 3%ހައިރާންވެއްޖެ 0%ވަރަށް ދެރަ 6%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ފިރިހެނުން ބޭނުން ކުރާ އެއްޗެއްނަމަ ހާދަ އަވަހޭ މަނާކިރާގޮތް.
    ޢަންހެނުން ކުޑަކޮށްފަ އަދި ބޮޑުކުރަން ބޭނުންކުރާ ބޭހެއްވިއްޔާ އޯކޭ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: