ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ވަށައިގެންވާ ކަނޑުގެ މާހައުލީ ނިޒާމަކީ މުއްސަނދި މާހައުލީ ނިޒާމްތަކެއް: ޝައުނާ

އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ރަށްތަކަކީ ބިންތިރި ނަމަވެސް ވަށައިގެންވާ ކަނޑުގެ މާހައުލީ ނިޒާމްކަކީ މުއްސަނދި މާހައުލީ ނިޒާމްތަކެއް ކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

އޯއީސީއެމް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޝައުނާ ވިދާޅުވީ ރިސާޗްތަކާއި ސަރުކާރުން ގާނޫނީ ގޮތުން ބާރުލިބިގެން ހިމާޔަތް ކުރާ ސަރަހައްދުތަކާއި، ޓުއަރިޒަމް އިންޑަސްޓްރީ އާއި އެނޫން އިންޑަސްޓްރީތަކާއި އެކު އޯއީސީއެމްގެ ގައިޑްލައިންސްގެ އެހީތެރިކަމާއި އެކު ކޮންޒަރވޭޝަން އަށް ކުރެވޭ މަސައްކަތްތަކަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ލިބިދޭ ގެއްލުން ކުޑަކުރުމަށާއި ރާއްޖޭގެ ރަށްތައް ވިލުންވެރިކަން އިތުރުކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށެވެ.

އެގޮތުން އޯއީސީއެމް ގައިޑްލައިންސް ތަކަކީ އެކަމުގައި ރާއްޖޭގައި ޝާމިލްވާ ހުރިހާ ފަރާތްތަކަށް ކޮންޒަރވޭޝަންގައާއި ތިމާވެށި ހިމާޔަތްކުރުމުގައި އަމަލީ ގޮތުން ބައިވެރިވެވޭނެ މުހިއްމު ވަސީލަތެއްކަމަށެވެ.

ރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާ އެއް ގައުމު ކަމަށް ޝައުނާ ވިދާޅުވިއެވެ.

1995 ވަނަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖޭގައި ތިމާވެށި ހިމާޔަތް ކުރުމަށް ކުރަމުން އައި މަސައްކަތުގެ ސަބަބުން ޖުމްލަ 79 ސަރަހައްދު ވަނީ ގާނޫނީ ގޮތުން ހިމާޔަތްކުރެވި ތިން އަތޮޅަކަށް ވަނީ ޔުނެސްކޯގެ ބައޮސްފިޔަރ ރިޒާވް ސްޓޭޓް ލިބިފައިކަމަށް ޝައުނާ ވިދާޅުވިއެވެ.

ޔުނެސްކޯ ބައޮސްފިޔަރ ރިޒާވްގެ ސްޓޭޓަސް އެންމެފުރަތަމަ ލިބުނީ ބ އަތޮޅަށް ކަމަށާއި އެއީ މީގެ ދިހަ އަހަރު ކުރިން ކަމަށާއި އެއަށް ފަހު ޔުނެސްކޯއިން ވަނީ ބ އަތޮޅަށް ދީފައިވާ ސްޓޭޓަސް އިތުރު ދިހަ އަހަރަށް އިތުރުކުރުމަށް ހުއްދަ ދެއްވާފައި ކަމަށް ޝައުނާ ވިދާޅުވިއެވެ. އޭގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ޔުނެސްކޯއިން ފާހަގަކުރައްވާފައިވަނީ ބ އަތޮޅުގައި ކުރާ މަސައްކަތްތައް ކާމިޔާބު ކަމާއެކު ބަލައިގަނެވޭތީ ކަމަށާއި ބައޮސްފިޔަރ ރިޒާވް ސްޓޭޓެއް ދިނުމަށް އެ އަތޮޅުގައި ކުރެވިފައިހުރި މަސައްކަތްތައް ހިމެނޭތީ ކަމަށެވެ.

ޝައުނާ ވިދާޅުވީ އައްޑޫ އާއި ފުވައްމުލައްވެސް މިހާރު ވަނީ ޔުނެސްކޯ ބައޮސްފިޔަރ ރިޒާވްގެ ލަގަބު ލިބިފައިކަމަށާއި އެސަރަހައްދުތަކަށް މެނޭޖްމެންޓް ޕްލޭން ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޝައުނާ ވިދާޅުވީ ހިމާޔަތްކުރެވިފައިވާ 79 ސަރަހައްދުތަކުގެ ތެރެއިން މެނޭޖްމެންޓް ޕްލޭން ހެދިފައިވަނީ އެންމެ ފަސް ސަރަހައްދަށްކަމަށެވެ.

ޝައުނާ ވިދާޅުވީ ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކަށް އެކަށީގެންވާ ފެންވަރުގައި ރަނގަޅު މެނޭޖްމަންޓް ޕްލޭންތަކެއް ހަދަންޖެހޭ ކަމަށާއި އެސަރަހައްދު  ތައް އެންމެ ރަނގަޅު ގޮތުގައި ހިމާޔަތް ކުރުމަށް އެ ސަރަހައްދު ތަކެއްގައި ދިރިއުޅޭ ރައްޔިތުންނާއި ކައުންސިލްތަކާއި ރިސޯޓްތަކާއެކު މެނޭޖްމެންޓް ޕްލޭން ތަންފީޒު ކުރަންޖެހޭކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: