ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގިނަ ގެތަކުން ވަރަށް ފުރިހަމަ އަށް ކުނި ވަކި ކުރޭ: ޝައުނާ

އެންވާރްމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ތިލަފުށި ކުނިގޮނޑު ސަރަހައްދުގައި މީޑިއާއަށް މައުލޫމާތު ދެއްވަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ކުނި ވަކިކުރަން ޖެހޭ ގަވާއިދަށް އަމަލުކުރަން ފެށި ފަހުން ގިނަ ގެތަކުން ވަރަށް ފުރިހަމަ އަށް ކުނި ވަކިކުރާ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މާލެ އާއި ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ކުނީގެ ބާވަތްތައް ވަކިކޮށްގެން ނެރޭ މިންވަރު ފެންނަ ޗާޓެއް އެންވަޔަރްމެންޓް މިނިސްޓްރީ އާއި ވެމްކޯ އިން އާންމުކޮށްފައެވެ. މި ޗާޓަކީ މާލެ ސަރަހައްދުގެ ގޭބިސީތަކާއި އެކިއެކި ތަންތަނާ ގުޅޭ ގޮތުން ވޭތުވެދިޔަ ދެ ހަފްތާގެ ނަތީޖާ އަށް ބެލުމަށް ފަހު ނެރުނު ޗާޓެކެވެ.

މިނިސްޓާ ޝައުނާ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ މާލެ އާއި ހުޅުމާލޭގައި ބައިކޮށްގެން ކުނި ނެރޭ މިންވަރު މި ޗާޓުން އެގެން އެބަ އޮތްކަމަށާއި އެގޮތުން ގިނަ ގޭބިސީތަކުން ވަރަށް ފުރިހަމަ އަށް ކުނި ވަކިކުރާކަމަަށާއި ނަމަވެސް ކޮންމެވެސް މިންވަރަކަށް ކުނި ބައި ކުރާ ގެބިސީތަށްވެސް މީގެ ތެރޭގައި ހިމެނޭކަމަށެވެ.

 

ވެމްކޯގެ ޗާޓުން ފެންނަ ގޮތުގައި މާލެ އާއި ހުޅުމާލޭ ފޭސް އެކެއްގެ ގިނަ ގޭބިސީތަކުން ކޮންމެވެސް ވަރަކަށް ކުނި ވަކިކޮށްފައިވީ ނަމަވެސް ފޭސް އެކެއްގެ ބީޗް ފްރަންޓުގެ އެއްވެސް ތަނަކުން ކުނި ވަކިކޮށްފައެއް ނުވެއެވެ. ފޭސް އެކެއްގެ ބީޗް ފްރަންޓުގައި ގިނަ ވާނީ އާންމުން ދިރިއުޅޭ ގެތަކަށް ވުރެ ބޮޑަށް ކެފޭ، ރެސްޓޯރަންޓް، ހޮޓާ، ގެސްޓް ހައުސް ފަދަ ތަންތަނެވެ. މާލޭގައި ކުނި ވަކި ނުކުރާ ތަންތަނުގެ ތެރެއިން ގިނައީ މާފަންނާއި މައްޗަންގޯޅީގައެވެ.

މާލޭގެ ގޭބިސީތަކުންނާއި ވިޔަފާރިތަކުން މި މަހުން ފެށިގެން ކުނި ވަކިކުރަން ޖެހޭ ގޮތަށް ގަވާއިދަށް ގެނައި އިސްލާހުގެ ދަށުން ތިން ބަޔަކަށް ކުނި ވަކިކުރަން ޖެހެއެވެ. އޭގެ ތެރޭގައި ކުނިވާ ޒާތުގެ ކުންޏާއި އަމިއްލައަށް ފަނާވާ ޒާތުގެ ކުނި އަދި ޕްލާސްޓިކް ފުޅީގެ އިތުރުން އެ ދެ ކެޓްގަރީގައި ހިމެނޭ ބާވަތުގެ ކުނި ފިޔަވައި އެހެނިހެން ހުރިހާ ބާވަތެއްގެ ކުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: