ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭ ފަޅަށް ކުނި އެޅޭ މައްސަލަ: ވެމްކޯގެ އެމްޑީ ވިދާޅުވީ ސަފާރީތަކުން ކުންޏަށް ހަދާ ގޮތް ބަލަންޖެހޭ ކަމަށް!

ވެމްކޯގެ އެމްޑީ މުޖްތަބާ ޖަލީލް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގެ ފަޅަށް އެޅޭ ކުންޏަކީ ވެމްކޯއާ ގުޅުމެއް އޮތް ކުންޏެއް ނޫން ކަމަށާއި ހުޅުމާލޭ ފަޅުތެރޭގައި އަޅާފައި އޮންނަ ސަފާރީ ބޯޓުތަކުގެ ކުނިތައް ދަނީ ކޮން ތަނަކަށް ބަލަންޖެހޭ ކަމަށް ވެމްކޯގެ އެމްޑީ މުޖުތަބާ ޖަލީލް ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ފަޅުތެރެއަށް ކުނި އެޅި ތަޣައްޔަރުވާ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވަނީ ވެމްކޯގެ އެމްޑީ މުޖުތަބާއަށް ފޮނުއްވި ސިޓީއެއްގައި އެކަން ދިމާވާ ސަބަބުތައް ސާފުކޮށްދެއްވަން އެދިވަޑައިގެންފައެވެ.

އެކަމާ ގުޅިގެން މުޖުތަބާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހުޅުމާލޭ ފަޅުތެރެއަށް ކުނި އެޅުމާ ވެމްކޯއާ މާ ބޮޑު ގުޅުމެއް ނެތްކަން ހުޅުމާލޭ ފަޅުތެރޭގައި ސަފާރީ އަޅައިގެން އުޅޭ ބޭފުޅުންނަށް އެނގޭނެ ކަމަށެވެ.

މައިގަނޑު ގޮތެއްގައި ފަޅުތެރެއަށް އުކާލާފައި ހުންނަނީ ޕްލާސްޓިކް ފުޅި ކަމަށާއި، ޕްލާސްޓިކް ފުޅިއަކީ އެކަމަށް ހާއްސަ ދެ ޖަމިއްޔާ ކަމަށްވާ ޕާލޭ މޯލްޑިވްސް އާއި މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސްއިން ވަރަށް ޒިންމާދާރުކަމާއެކު ނެޓް ބޭގް އަދި ޖަމްބޯ ބޭގުގައި ބަހައްޓާ އެއްޗެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެ ފުޅިތައް ހުންނަނީ ފިތާފައި ކަމަށާއި ނަމަވެސް، ހުޅުމާލޭ ފަޅުތެރެއިން ފެންނަ ފުޅިތައް ހުންނަނީ ހުރި ގޮތަށް އުކާލާފައި ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން އެއްވެސް ސަފާރީ ބޯޓަކުން ސީދާ ވެމްކޯއަށް ކުނި ނުގެންނަ ކަމަށާއި އެހެންކަމުން އެ ކުނިތައް ދަނީ ކޮންތަނަކަށްތޯ ބަލަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފަޅުތެރެ ސާފުކޮށް ބެހެއްޓުމުގައި ފަޅު ބޭނުންކުރާ ފަރާތްތަކުގެ ޒިންމާ ބޮޑުކަމަށާއި ސުވާލުކުރާ ފަރާތްތަކުން އެކަމަށް ވިސްނާލުން ރަނގަޅު ކަމަށް މުޖުތަބާ ވިދާޅުވިއެވެ.

”ފަޅު ބޭނުންކުރާ ފަރާތްތަކުގެ ޒިންމާ މިކަމުގައި ބޮޑު، ސުވާލު އުފައްދާ ފަރާތްތަކުން ވިސްނާލުން ރަނގަޅު ކަމެއް މިކަމަކީ،“ މުޖުތަބާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ހުޅުމާލޭ ފަޅުތެރެ ސާފުކޮށް ބެލެހެއްޓުމަކީ ވެމްކޯގެ ޒިންމާއެއް ނޫން ކަމަށާއި ނަމަވެސް ހަފްތާއަކު ތިން ދުވަހު ފަޅުތެރެއިން ކުނި ނަގައި ސާފުކުރުމަށް ވަކި ޑިންގީއެއް ބާއްވައިގެން ރައްޔިތުންނަށް ޓަކައި އެކަން ކުރާ ކަމަށެވެ. އަދި އެކަމުގައި އެޗްޑީސީން ވެމްކޯއަށް ފުރިހަމަ އެއްބާރުލުންދޭ ކަމަށާއި މިހާރު ވެސް ގުޅިގެން ހުޅުމާލޭ ފަޅުތެރެ ސާފުކުރުމަށް މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: