ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“މަމެން އިންޓަރ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕް” ހުޅުމާލޭގައި ފަށައިފި

ދިރާގާއި ބައިކް މޯލްޑިވްސް ގުޅިގެން ބާއްވާ "މަމެން" އިންޓަ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕް/ ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގާއި ބައިކް މޯލްޑިވްސް ގުޅިގެން ބާއްވާ “މަމެން އިންޓަ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕް” ހުޅުމާލޭ ސައިކްލިން ޓްރެކުގައި ފަށައިފި އެވެ.

މި ހަރަކާތާއި ބެހޭ މައުލޫމާތުތައް ހިއްސާކޮށް ދިރާގުން ބުނީ އެހެން އަހަރުތަކާއި ހިލާފަށް، މި އަހަރުގެ މުބާރާތަށް ސްކޫލުތަކުން ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ. އެގޮތުން މި އަހަރު 32 ސްކޫލަކުން 900 އަށް ވުރެ ގިނަ ދަރިވަރުން މުބާރާތުގައި ބައިވެރިވާކަން ވަނީ ފާހަގަކޮށްފަ އެވެ.

  • 11 އަހަރުން ދަށުގެ އުމުރުފުރާ – 1000 މީޓަރުގެ ފަން ރައިޑް
  • 13 އަހަރުން ދަށުގެ އުމުރުފުރާ – 200 މީޓަރު ސްޕްރިންޓް (އަންހެން / ފިރިހެން)
  • 13 އަހަރުން ދަށުގެ އުމުރުފުރާ – 1000 މީޓަރުގެ ރައިޑް (އަންހެން / ފިރިހެން)
  • 15 އަހަރުން ދަށުގެ އުމުރުފުރާ – 200 މީޓަރު ސްޕްރިންޓް (އަންހެން / ފިރިހެން)
  • 15 އަހަރުން ދަށުގެ އުމުރުފުރާ – 1000 މީޓަރުގެ ރައިޑް (އަންހެން / ފިރިހެން)
  • 17 އަހަރުން ދަށުގެ އުމުރުފުރާ – 200 މީޓަރު ސްޕްރިންޓް (އަންހެން / ފިރިހެން)
  • 17 އަހަރުން ދަށުގެ އުމުރުފުރާ – 3000 މީޓަރުގެ ރައިޑް (އަންހެން / ފިރިހެން)
  • 19 އަހަރުން ދަށުގެ އުމުރުފުރާ – 200 މީޓަރު ސްޕްރިންޓް (އަންހެން / ފިރިހެން)
  • 19 އަހަރުން ދަށުގެ އުމުރުފުރާ – 3000 މީޓަރުގެ ރައިޑް (އަންހެން / ފިރިހެން)
  • 3000 މީޓަރުގެ ޓީމް ޕާރސޫޓް – 13 އަހަރުންދަށް، 15 އަހަރުންދަށް، 17 އަހަރުންދަށް އަދި 19 އަހަރުންދަށުގެ އުމުރުފުރާތަކުން ވަކިވަކިން

1000 މީޓަރުގެ ފަން ރައިޑް ފިޔަވައި ވާދަވެރި ކޮންމެ ކެޓަގަރީއަކުން ތިން އަންހެން އަދި ފިރިހެން ވަނަ ލިބޭ ކުދިން ހޮވާނެއެވެ. އަދި މީގެ އިތުރުން ކޮންމެ އުމުރުފުރާއަކުންވެސް ޗެމްޕިއަން ސްކޫލް ހޮވުމަށްވަނީ ހަމަޖެހިފައެވެ.

ދިރާގާއި ބައިކް މޯލްޑިވްސްގެ އުންމީދަކީ މި މުބާރާތުގެ ޒަރިއްޔާއިން ސްކޫލް ކުދިންގެ މެދުގައި ބައިކް ކުރުމުގެ ޝައުގުވެރިކަން އިތުރުކޮށް، ޒުވާން އުމުރުގައި ދުޅަހެޔޮ، ދެމެހެއްޓެނިވި ދިރިއުޅުމެއް ގެ މުހިންމުކަން ޕްރޮމޯޓްކުރުމަށެވެ. ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ތިމާވެއްޓަށް އީޖާބީ ގޮތެއްގައި އެހީތެރިވެދޭ އިވެންޓްތަކަށް އެއްބާރުލުންދީ، އިވެންޓްތައް ރާވައި، މުޖުތަމައުގެ ބައިވެރިވުން އިތުރުކޮށް، ސްކޫލް ކުދިންގެ ތަޖުރިބާތައް އިތުރުކުރުމަށެވެ.

މިއީ މަމެން ސައިކްލިން ބާއްވާ ތިން ވަނަ އަހަރު ނަމަވެސް، 2018 އާއި 2019 އަށް ފަހު ހަރަކާތް ކުރިޔަށް ނުގެންދެވުނީ ކޮވިޑުގެ ސަބަބުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: