ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްލާމީ މަރުކަޒު ތެރެއަށް ބޮޑުކަމުދިޔަ އިންޑިއާ މީހަކު ހައްޔަރުކޮށްފި

އިސްލާމީ މަރުކަޒު. ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމީ މަރުކަޒުގެ ގޯތިތެރެއަށް ބޮޑުކަމުދިޔަ އިންޑިއާ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ”ސަންގު” އަށް ވިދާޅުވީ ރޭގެ ވަގުތެއްގައި މި މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައިވާކަމަށެވެ.

މީގެ އިތުރުން، ފުލުހުން ބުނެފައިވަނީ މި މައްސަލާގައި ހައްޔަރުކޯށްފައިވަނީ އުމުރުން 40 އަހަރުގެ އިންޑިއާއަށް ނިސްބަތްވާ ފިރިހެނެއްކަމަށެވެ.

”ރޭގަ އަޅުގަނޑުމެންނަށް ތި މައްސަލަ ރިޕޯޓުކޮށްފައިވަނީ. އަދި މިހާރު 40 އަހަރުގެ  އިންޑިއާ ފިރިހެނެއްވަނީ ހައްޔަރުވެސްކޮށްފަ” މި މައްސަލައާއި ގުޅިގެން ވާޙަކަދައްކަވަމުން ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވިއެވެ.

މީގެ ކުރިންވެސް މިފަދަ މައްސަލަތަކެއްވަނީ ފެންމަތިވެފައެވެ. މިސްކިތުގެ ހުރުމަތް ކަނޑާލުމަށް ކުޑަކަމުދިޔުމާއި މިސްކިތައް ކުޅުޖެހުންފަދަ މައްސަލަތަކިުގައިވެސް މީގެ ކުރިން މީހުން ވަނީ ހައްޔަރުވެސް ކުރެވިފައެވެ.

މިފަދަ މައްސަލަތަކުގައި އެދެވޭ ފަދަ ފިޔަވަޅެއް ނޭޅި، ހައްޔަރުކުރާ މީހުންނަކީ ނަފުސާނީ ބަލި މީހުންކަމަށް ބުނެ އެ މީހުން އަނބުރާ މުޖުތަމައަށް ދޫކޮށްލާތީ އެކަމާމެދު އާންމުންގެ ފާޑުކިޔުން ފުލުހުންގެ އިދާރާއަށް އަންނަނީ އަމާޒުވަމުންނެވެ.

މި މައްސަލައާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ކުރެއްވި ޓުވީޓުގައި މާލޭގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކޮންމެ ފަހަރަކު މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކަކީ ކޮންމެވެސް ނަފްސާނީ ކަމެއް ނުވަތަ ސިކުނޑިހަމަނުޖެހޭ މީހެއްކަމަށް ބުނެ ދޫކޮށްލުމުން ބަލައިނުގަނެވޭ ކަމަށާއި، މިފަދަ މީހުންނާއިމެދު ފަސްނުޖެހި ހަރުކަށި ފިޔަވަޅު އެޅުމަށްވެސް ޑރ. މުއިއްޒުވަނީ ގޮވާލައިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: