ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްލާމީ މަރުކަޒަށް ބޮޑު ކަމުދިޔަ އިންޑިއާ މީހާ ދޫކޮށްލައިފި

އިސްލާމީ މަރުކަޒު. ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމީ މަރުކަޒުގެ ގޯތިތެރެއަށް ބޮޑު ކަމުދިޔަ އިންޑިއާ މީހާ ބަންދުން ދޫކޮށްލައިފިއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި އިސްލާމީ މަރުކަޒުގެ ގޯތިތެރެއަށް ބޮޑުކަމު ދިޔުމުގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރުމާއި އެކު ފުލުހުން އެމީހާ ހައްޔަރުކުރިއެވެ. މި މައްސަލާގައި ހައްޔަރުކުރީ އުމުރުން 40 އަހަރުގެ އިންޑިއާ ފިރިހެނެއްކަމަށްވެސް ފުލުހުންވަނީ ހާމަކޮށްފައެވެ.

މީގެ ކުރިންވެސް މިފަދަ މައްސަލަތަކެއްވަނީ ފެންމަތިވެފައެވެ. މިސްކިތުގެ ހުރުމަތް ކަނޑާލުމަށް ކުޑަކަމުދިޔުމާއި މިސްކިތައް ކުޅުޖެހުންފަދަ މައްސަލަތަކިުގައިވެސް މީގެ ކުރިން މީހުން ވަނީ ހައްޔަރުވެސް ކުރެވިފައެވެ.

މިފަދަ މައްސަލަތަކުގައި އެދެވޭ ފަދަ ފިޔަވަޅެއް ނޭޅި، ހައްޔަރުކުރާ މީހުންނަކީ ނަފުސާނީ ބަލި މީހުންކަމަށް ބުނެ އެ މީހުން އަނބުރާ މުޖުތަމައަށް ދޫކޮށްލާތީ އެކަމާމެދު އާންމުންގެ ފާޑުކިޔުން ފުލުހުންގެ އިދާރާއަށް އަންނަނީ އަމާޒުވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: