ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްޖިންސުން ގުޅުން ހިންގި މައްސަލަ: ފުލުސް އޮފިސަރަށް އިއްވީ އެއް އަހަރުގެ ޖަލު ހުކުމެއް!

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ އަބްދުއްރަހްމާން ރަފީއު
ޝެއާރކޮށްލާ ކަހަލަދޯ؟

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ކުށް ސާބިތުވެ، މ.ރަތްމަންދޫ, ޖަވާހިރުވާދީ، އަބްދުއްރަހްމާނު ރަފީއު އެއް އަހަރާއި ދެ މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ޑްރަގް އެންފޯސްމެންޓު ޑިޕާޓްމެންޓުގައި މަސައްކަތް ކުރި ފުލުސް އަބްދުއްރަހްމާނު ރަފީއު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.

މި މައްސަލާގައި ގިނަ ބަޔަކަށް ތުހުމަތަށް ގިނަ ބަޔަކު ހައްޔަރުކުރެވި ހުކުމްކޯށްފައިވާއިރު، އަބްދުއްރަހްމާނު ރަފީއު މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ އޭނާ އެއް އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށްލުމަށެވެ. މީގެ ކުރިން ރަފީއު ބަންދުގައި ހުރެފައިވާތީ އޭނާ ޖަލުގައި ތަންފީޒު ކުރަން ޖެހޭނީ އެއް އަހަރާއި އެއް މަހާއި 28 ދުވަހުގެ ޖަލު ހުކުމެކެވެ.

މީގެ ދުވަސްތަކެއް ކުރިން، ދިވެހިންތަކަކާއި އެކު ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރި އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް އާއްމުވި މައްސަލައިގައި ފުލުހުން ވަނީ ބައެއް މީހުން ހައްޔަރުކޮށްފަ އެވެ. އަދި އެ މީހުންގެ ތަހުގީގުތައް ކުރިޔަށް ދާއިރު މައްސަލައިގައި މިހާތަނަށް ހުކުމެއް އައީ އަލަމްގިރި އާއި، އޭނާއާއި އެކު ގުޅުން ހިންގަނިކޮށް ވީޑިއޯއެއް ލީކުވި ގާނޫނީ ވަކީލު ނާޒިމް ސައްތާރުގެ މައްޗަށެވެ. ދެ މީހުން ވެސް ކުށަށް އިއުތިރާފުވެފައި ވާތީ އަދަބު ވަނީ ލުއިވެފަ އެވެ.

އަލަމްގިރިގެ މައްޗަށް 07 މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވިއިރު ނާޒިމްގެ މައްޗަށް އިއްވާފައި ވަނީ 03 މަސް ދުވަހުގެ ގޭބަންދެކެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ބައެއް މީހުން ހައްޔަރު ކުރި ނަމަވެސް މިހާތަނަށް އެފަދަ އެއްވެސް މީހެއްގެ ވަނަވަރެއް ފުލުހުން އާއްމެއް ނުކުރެ އެވެ. ނަމަވެސް ޖިނާއީ އެހެން ކުށްތަކުގައި ހައްޔަރު ކުރާ މީހުންގެ ވަނަވަރާއި، ފޮޓޯ ފުލުހުން އާއްމު ކުރެ އެވެ. މި މައްސަލައިގައި އެ މައުލޫމާތުތައް ހިއްސާ ނުކުރާ ސަބަބާއި މެދު ނޫސްވެރިން ސުވާލު ވެސް ކުރި އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: