ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްޖިންސުން ގުޅުން ހިންގި އަބްދުއްރަހްމާން ރަފީއު ގެ އަދަބު ލުއިކޮށްދީފި

ޝެއާރކޮށްލާ ކަހަލަދޯ؟

ބަންގްލަދޭޝްގެ އަލަމްގިރިއާ އެކުގައި އެއްޖިންސުން ގުޅުން ހިންގި ކަމުގެ ކުށް ސާބިތުވެ އެއް އަހަރާއި ދެމަހާއި 12 ދުވަހަށް ޖަލަށްލުމަށް ހުކުމް ކުރި ފުލުސް އޮފިސަރު، އަބްދުއްރަހްމާން ރަފީއު (ދޮންދިގު)ގެ މައްޗަށް ކުރި ހުކުމުން ދެމަހާއި ބާރަ ދުވަސް ހައިކޯޓުން މިއަދު އުނިކޮށްފިއެވެ.

އަބްދުއްރަހްމާން ރަފީއު ހުކުމް އޭނާގެ ފަރާތުން ހައިކޯޓްގައި އިސްތިއުނާފްކޮށް އޭނާގެ ފަރާތުން ކޯޓްގައި އެދުނީ އަދަބު ލުއިކޮށްދިނުމަށެވެ.

އެ މައްސަލައިގައި ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން މިއަދުވަނީ އެއް އަހަރާއި ދެމަހާއި 12 ދުވަހުގެ ޖަހު ހުކުމުން، ދެ މަހާއި 12 ދުވަހުގެ ބައި އުނިކޮށްފައެވެ. އެހެންކަމުން އޭނާ ޖަލުގައި ހޭދަކުރަންޖެހޭނީ އެއް އަހަރުގެ މުއްދަތެއްގައެވެ.

މި މައްސަލައިގައި ގާނޫނުލް އުގޫބާތުގެ ދަށުން އަބްދުއްރަހްމާން ރަފީއު ގެ މައްޗަށް އެއްޖިންސުން ޖިންސީ ގުޅުން ހިންގި ކަމުގެ ދައުވާކޮށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ދައުވާކޮށް ކްރިމިނަލް ކޯޓްގައި އެދިފައިވަނީ ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އިއްވައިދިނުމަށެވެ. ނަމަވެސް ކްރިމިނަލް ކޯޓްގައި މައްސަލަ ބެއްލެވި ގާޒީ ނިންމެވީ ގާޒީއަށް ލިބިދެވޭ އިހްތިޔާރުގެ ދަށުން އެ ކުށުގެ އަދަބު ދެ ދަރަޖަ މަތިކޮށް އެއް އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރުމަށެވެ.

ހައިކޯޓުންވަނީ  ކްރިމިނަލް ކޯޓްގެ އެ ނިންމުމުގައި މައްސަލައެއ ނެތް ކަމަށް ކަނޑައަޅާފައެވެ. އެހެންނަމަވެސް އަދަބުގެ މުއްދަތު ގުނުމުގެ ހިސާބު ހެދުމުގައި ދަށު ކޯޓުން ހިސާބު ހަދާފައިވަނީ ރަނގަޅަށް ނޫން ކަމަށް ވަނީ ނިންމާފައެވެ.

ދަށު ކޯޓުގެ ފަނޑިޔާރު އަދަބު ކަނޑައެޅީ ސުޕްރީމް ކޯޓްގެ އުސޫލުގައި އޭރު އޮތް ގޮތަށް އަދަބު ގުނަކޮށްގެން ކަމަށްވާތީ ފަނޑިޔާރު އަމަލު ކުރި ގޮތް އޭގެ ޒާތުގައި ގޯހެއް ނޫނެވެ. ނަމަވެސް ސުޕްރީމް ކޯޓްގެ އުސޫލުވެސް ކިޔަންވާނީ ގާނޫނުލް އުގޫބާތުގައި ބަޔާންކުރާ އަދަބު ކަނޑައެޅުމުގެ ހަމަތަކާ ހިލާފްނުވާ ގޮތަށެވެ. ސަބަބަކީ އުސޫލަކާ ގާނޫނެއް ފުށުއަރާ ހާލަތުގައި އަބަދުވެސް ދެމި އޮންނާނީ ގާނޫނެވެ. އުސޫލެއް ނޫނެވެ. އެއީ ކޮންމެ ތަނަކުން ހެދި އެއްޗެއް ކަމަށްވިޔަސް މެއެވެ.

ގާނޫނުލް އުގޫބާތުގެ ދަށޫން އަބްދުއްރަހްމާން ރަފީއުގެ މައްޗަށް އެއް އަހަރު ދުވަހުގެ ޖަލު ހުކުމް އިއްވިި އިރުގައި މި މަައްސަލައިގައި މީގެ ކުރިން ހުކުމް އިއްވި ދެމީހުންނަށް ވެސް އިއްވާފައިވަނީ ކުޑަ ހުކުމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. 250 މީހުނަގެ ތެރެއިން 5 މީހަކަށް ދައުވާކުރުން އިންސާފެއް ނޫން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: