ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ރާއްޖޭގެ އެކި ރަށްތަކަށް އެކި ދާއިރާތަކުން ގެނެސްފައިވާފަދަ ތަރައްގީއެއް ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައިވެސް ގެނެވިފައިނުވާކަމަށް މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެއަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ތަރައްގީ ކުރުމަށް ނިންމާފައިވާ ހަނިމާދޫ އެއަރޕޯޓުގެ މަޝްރޫޢުއަށް އަލި އަޅުވައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ، ދުނިޔޭގެ އިގްތިސާދަށްވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިކަމަށެވެ. އެހެން ނަމަވެސް އެ ހުރިހާ ގޮންޖެހުންތަކަކާއި އެކުވެސް ރައީސް ސާލިހުގެ ސަރުކާރުންވަނީ ރާއްޖޭގެ އެކި ރަށްތަކަށް ބޮޑެތި ތަރައްގީތަކެއް ގެނެސްދެއްވާފައިކަމަށް ސިފަކުރައްވާ އަމީރުވަނީ އެނާ ދެންނެވި ވާހަކަތަކަކީ ފެންނަން އޮތް ހަގީގަތެއް ކަމަށް ފާހަގަކުރައްވާފައެވެ.
ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައިވެސް ރައީސް ސާލިހު ގެނެސްދެއްވާފައިވާފަދަ ތަރައްގީގެއް މަޝްރޫޢުތަކެއް ރާއްޖޭގެ އަތޮޅު ތެރޭގެ ރަށްތަކަށް އެއްވެސް ސަރުކާރަކުން ގެނެސްފައިނުވާކަމަށާއި، ރައޯސް ސާލިހުގެ ގެނެސްދެއްވި ތަރައްގީތައް ވަށައިޖެހޭކަމަށް ސިފަކުރައްވާ އަމީރު ވިދާޅުވީ، ހަނިމާދޫ އެއަރޕޯޓުގެ މަޝްރޫޢުއަކީ ބޮޑު ތިލަދުންމަތީގެ އިތުރުން މުޅި ރާއްޖޭގެ އިގްތިސާދަށްވެސް އިންގިލާބީ ބަދަލުތަކެއް ގެންނާނެ ކަމެއް ކަމަށެވެ. އަދި ހަނިމާދޫ އެއަރޕޯޓަކީ މާލެ ނޫން އެހެން ސަރަހައްދެއްގައި ރާއްޖޭގެ ތާރީހުގައިވެސް ކުރެވޭ އެންމެ ބޮޑު އިންވެސްޓްމެންޓުކަމަށް އެނާ ވަނީ ވިދާޅުވެފައެވެ.
ފެންނަން ހުރި ހަޤީޤަތަކީ, ދުނިޔޭގެ އިޤްތިސާދަށް ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާއެކުވެސް, މި ސަރުކާރުން ރާއްޖޭގެ އެކި ރަށްތަކުގައ އެކި ދާއިރާތަކުން ގެންނަމުންދާ ތަރައްޤީއަކީ, މީގެ ކުރީގެ އެއްވެސް އަހަރުތަކަކަށް ވުރެ ބޮޑު އަދި ވަށާޖެހޭ ތަރައްޤީއެއް.
— Ibrahim Ameer (@iameeru) September 24, 2022
ރައީސް ސާލިހު ރާއްޖޭގެ ރަށްތަކަށް ގެނެސްދެއްވާފައިވާ ތަރައްގީ އަކީ އަޅާ ނުކިޔޭނެ ވަރުގެ ތަރައްގީތަކެއް ކަަމަށް އަމީރު ސިފަކުރެއްވިއިރު، އިންޑިއާ ކުންފުންނަކާއި ހަވާލުކޮށްގެން ރާއްޖޭގައި އެޅުމަށް ނިންމާފައިވާ ބުރިޖުގެ އަމަލީ މަސައްކަތްތައް އެކަށީގެންވާ ބާރު މިނެއްގައި ކުރިއަށް ނުދާކަމަށް ފާހަގަކޮށް އިދިކޮޅު ކޮންގްރެސް ކޯލިޝަނާއި އަމިއްލަ ފަރުދުންވެސް ދަނީ އެމަނިކުފާނާއި ސަރުކާރަށްވެސް ގިނަ ފާޑުކިޔުންތަކެއް އާމާޒު ކުރަމުންނެވެ.

