ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ ނާގާބިލުކަމުން އުފެދުނު މައްސަލައެއް ރައްޔިތުން ބޮލަށް އަންނާކަށް ނުޖެހޭ: އަމީރު

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުގެ ސަބަބުން ގައުމަށް ދިމާވެފައިވާ މާލީ ހާލަތުގެ ޒިންމާ ދިވެހި ރައްޔިތުންނަށް ބޮލަށް އަންނަން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާ އެންމެ ފުރަތަމަ އިސްލާހު ކުރަންވީ ސަރުކާރުގެ މައްސަލަތައް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީރު ވިދާޅުވީ މިހާރު ރާއްޖެއަށް ދިމާވެފައިވާ މާލީ ދަތި ކަމަކީ މި ސަރުކާރުގެ އަމަލުތަކުގެ ނަތީޖާ ކަމަށެވެ. ގައުމު މިހާލަތަށް ދާންޖެހުނީ މި ސަރުކާރުން ބޮޑާވެ ކިބުރުވެރިވުމުން ކަމަށް ތުހުމަތު ކުރައްވާ އަމީރު ވިދާޅުވީ މިކަމުން ދައްކުވައިދެނީ މި ސަރުކާރުގެ ނާގާބިލުކަން ކަމަށެވެ.

ރާއްޖެއަށް ކިހާ ބޮޑު ގެއްލުމެއްތޯ އެ ދެވުނީ އެ ބޭފުޅުންނާ ހެދި. އިންޑިއާގެ ޕްރައިމް މިނިސްޓަރަށް ކުޑައިމީސްކޮށް، އެގޮތަށް ވާހަކަ ދެއްްކީމަ. މުޅި އިންޑިއާ އަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު މާކެޓެއް. އެކަމުގެ ސަބަބުން 47،000 ފަތުރުވެރިން މަދުވެއްޖެ ފާއިތުވި އަހަރާ އަޅާބަލާއިރު. ދައުލަތުގެ ޓެކްސް ރެވެނއިުއިން ގާތްގަނޑަކަށް 600 މިލިއަން ރުފިޔާ ގެއްލިއްޖެ. ފަތުރުވެރިކަމުން 2.3 ބިލިއަން ރުފިޔާ ގެއްލިއްޖެ.

އޭނާ ވިދާޅުވީ ސިޔާސީ މަގާމުތައް ގިނަ ކޮށް، ޚަރަދު ބޮޑުކުރުމަކީ މި ސަރުކާރަށް ވެރިކަން ކުރަން ނޭންގޭކަން ދައްކުވައިދޭ ކަމެއް ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ކުރިން ދިއަ ޓްރާންސިޝަން މުއްދަތުގައި މިނިސްޓްރީއަށް ގެނަސްގެން މައުލޫމާތު ދީ ގައުމުގެ މާލީ ހާލަތު ވަރަށް ރަނގަޅަށް ކިޔައިދިން ކަމަށެވެ.

ޕްރެޒެންޓޭޝަންތައް ދައްކައި، މިހާރު ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް އަދަދުތަކާ ތަފާސްހިސާބުތައް ދައްކާ އެކަންކަމުގެ ތަފްސީލު ދީފައިވާނެ ކަމަށް ވެސް އަމީރު ވިދާޅުވިއެވެ. ނަމަވެސް ފެނިގެން ދިޔައީ ވެރިކަމާ ހަވާލު ވުމަށްފަހު އެއިން އެއްވެސް ކަމަކަށް ރިއާޔަތް ކުރުމެއްނެތި ގަސްތުގައި ޚަރަދު ބޮޑުކޮށް އެކިއެކި މުނާސަބާތުތައް ފާހަގަކުރުމާ ރައްޔިތުންނަށް އަދަދު ނޭންގޭ މިންވަރަށް ސިޔާސީ މަގާމުތައް އިތުރުކޮށް، ޚަރަދު އިންތިހާއަށް ބޮޑުވެގެން ދިޔަ މަންޒަރު ކަމަށެވެ.

އެހެންކަމުން ސަރުކާރުގެ ޚަރަދުތައް ކުޑަކުރެއްމެތި، ނުވަތަ ސަރުކާރުގެ ކަންކަން އިސްލާހު ކުރުމެއްނެތި ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑު ކޮށްގެން ނުވާނެ ކަމަށް އަމީރު ވިދާޅުވިއެވެ. އަދި ޓެކުހާ މެދު ގޮތެއް ނިންމުމުގެ ކުރިން، ސިޔާސީ މަގާމުތައް މަދުކޮށް، ސަރުކާރުން ކުރަންޖެހޭ ކަންކަން ކުރުމަށް އަމީރު ގޮވާލެއްވިއެވެ.

އެބޭފުޅުންގެ ނާގާބިލުކަމުން އުފެދުނު ޕްރޮބްލަމެއް [މައްސަލައެއް] ހައްލުކުރަން އަނެއްކާ މުޅި އެތި ކީއްކުރަންހޭ ދިވެހިރައްޔިތުންގެ ބޮލަށް އަންނަން ވީ.

މި ބައްދަލުވުމުގައި ޕްރެޒެންޓޭޝަނެއް ހުށަހަޅައިދެއްވައި، އަމީރު އާންމު ކުރެއްވި މައުލޫމާތުތަކުގައި ވިދާޅުވީ މާލީ ހާލަތު މިހާ ދަށްވީ ސަރުކާރުގެ އިހުމާލުގެ ސަބަބުން ކަމަށެވެ. އަމީރު ވަނީ، އިގްތިސާދީ ބޮޑެތި ގޮންޖެހުންތަކަށް ކުރީ ސަރުކާރުން އެޅި ފިޔަވަޅުތައް ފާހަގަކޮށް މި ސަރުކާރުން ގެންގުޅޭ ސްޓެރެޓެޖީއާއި ސިޔާސަތުތައް ގޯސްކަމަށް ވެސް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: