ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލަމްގިރިގެ މައްޗަށް އުފުލި 40 ދައުވާއަށް ވެސް އޭނާ އިއުތިރާފުވެއްޖެ

އެއް ޖިންސުން ގުޅުން ހިންގިކަމަށް ބެލެވޭ އަލަމްގިރި.
ޝެއާރކޮށްލާ ކަހަލަދޯ؟

އެއްޖިންސުން ގުޅުންހިންގި ކަމުގެ ކުށް ސާބިތުވެ ހުކުމްތަންފީޒް ކުރަމުންދާ އެމްޑީ އަލަމްގިރީގެ މައްޗަށް އޮރިޔާން ކާޑް ހެދުމުގެ ކުށުގެ 40 ދައުވާ އަށް އިއުތިރާފްވެއްޖެއެވެ.

މިއަދު ކްރިމިނަލް ކޯޓްގައި ކުރިއަށްދިޔަ ޝަރީއަތުގައި އަލަމްގިރި އަމިއްލައަށް އިއުތިރާފް ވެފައިވާތީ ދެން އޮންނާނީ އޭނާގެ މައްޗަށް ހުކުމް އިއްވުމުގު ޝަރީއަތުގެ މަޖިލީހެވެ.

ކްރިމިނަލް ކޯޓްގެ މިއަދުގެ އަޑުއެހުން ވަނީ ސިއްރުކޮށްފައެެވެ.

އަލަމްގިރީގެ މައްޗަށް ގާނޫނުލް އުގޫބާތުގެ 622 ވަނަ މާއްދާގެ (ހ) ގެ ދެވަނަ ނަމްބަރާއި ހަވާލާދީ އެމާއްދާގެ (ބ) ގެ 2 ވަނަ ނަމްބަރުގެ ދަށުން އޮރިޔާން ކާޑު ހެދުމުގެ ކުށުގެ 40 ދައުވާ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށައަޅާފައިވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ.

އަލަމްގިރިއާ އެކު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ގާނޫނީ ވަކީލު ނާޒިމް ސައްތާރު އާއި ފުލުސް އޮފިސަރެއް ކަމަށްވާ އަބްދުއްރަހްމާން ރަފީއު ގެ މައްޗަށް ވަނީ ހުކުމް ކޮށްފައެވެ.

ނާޒިމް ސައްތާރުގެ މައްޗަށް ކުރެވުނު ހުކުމަކީ 3 މަސް ދުވަހު ގޭބަންދު ކުރުމެވެ. އަދި އަބްދުއްރަހްމާން ރަފީއު ގެ މައްޗަށް ވަނީ 1 އަހަރުގެ ޖަލުހުކުމެއް ކޮށްފައެވެ. ނަމަވެސް ޕޮލިސް އޮފިސަރުގެ މައްޗަށް މާބޮޑު ހުކުމެއް އިއްވާފައިވާކަމަށް ދެކޭތީ ދައުލަތުން ދަނީ އެ މައްސަލަ އިސްތިއުނާފު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: